އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 ޑިސެމްބަރ 2024 - 13:34
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ހިލޭ ދޫކުރި 1،351 ގޯތީގެ އަގު 5.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާ ހިސާބަށް އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށެވެ.
"5.4 ބިލިއަން ރުފިޔާ އަކީ ބިންވެރިޔާ ސްކީމުގެ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އުޅޭ އަގެއް. ސަރުކާރުން އެ [ގޯތި] ދެއްވާފައި ހުރި އިރު ހުޅުމާލެއިން 5.4 ބިލިއަންގެ އިތުން ތިން ވަނަ ފިޔަވަހި ހިއްކާ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހިލޭ ދޫކުރި ގޯތީގެ ތެރެއިން އެޗްޑީސީގެ އިހުތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ދެ ފަޅު ދޭން ވެސް ކުރިން އެއްބަސްވެފައިވެ އެވެ. އެ ދެ ފަޅުގެ އިތުރުން ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދޭން އޭރު އޮތީ އެއްބަސްވެފަ އެވެ.
މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމަށް 18،955 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޭއިރު ހުޅުމާލެ އިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރަތަމަ
06 December 2024
އެންމެ ކުރިން ގޯތިތައް ދޫކުރަން އުޅުނީ މާލޭގެ ތަންކޮޅު ދޫކޮށްލާ ގޮތަށް. އެކަން އެގޮތަށް ކުރިނަމަ ދައުލަތަށް ލިބޭނެ އެއްޗެއްވެސް އޮންނާނެނޫންބާ. އެކަމު ދެން އެރި ވެރިއާވެސް ދީލަތިކަމުން އެތަންކޮޅު އަތުލާ ގޮތަކަށް ނޫން ނިންމީކީ. މާލޭން މީހުން ދޫކޮށްލާ ތަންތަންކޮޅުގަ ސަރުކާރުން ކުރެވޭނެ ކަންކަން ހުންނާނެ. ޕާކިންގ މައްސަލަ އެހާ ބޮޑު މާލޭގަ. ގަސް އިންދާނެތަނާ މައިޒާންތައްވެސް ހުންނަންވާނެ. ދޫކޮށްލާ ތަންތަން އެއީ ހަމަ ސަރުކާރަށް ލިބޭ ތަންތަންކޮޅު.
ސަމީމާ
06 December 2024
އަތައް ނާރާ ލާރިއަކުން ވަޒަންކުރާނަމަ އަހަރެމެންގެ ކޮންމެ އަތޮޅަކީވެސް ޓްރިލިޔަން ޑިލަރު ދޯ. ދެން ކީއްވެ އަތޮޅުގެ ކޮންމެ ރައްޔިތަކު މިލިޔަނަރެއްހެން ނޫޅެވި މި ބިކަ ހާލުގަ އުޅެނީ.
މައޭރުވެސްބުނިން
05 December 2024
ރާއްޖެ އުފެދިފަ އޮތީ އަތޮޅު ތަކެއް ރައްތަކެއް ގޮތައް ބެހިފަ، މާލެ އަކީވެސް ރަށެއް، މާލޭގެ ރައްޔިތަކަށްވުން ނުވަތަ ރައްވެހިކަން ލިބުމަކީ މައްސަލަ އެއްނޫން، އެކިމީހުންނަކީ އެކި ރައްރަށު މީހުން، އެކި ރަށްތަކަށް އުފަންވީ، އޭގަ މާލޭގެ ރައްޔިތުން ކުރާނެ ކަމެއްނެއް. މާލޭގެ ރައްޔިތުންގެ ހައްގުވެސް އޮއްނަންވާނެ.
ކޮވިޑް ހަަސަން
05 December 2024
މާލެ ނޫން ރަށްރަށުން ހިއްކާފަ ދިވެހިންނަށް ދީފައިވާ ގޯތި ތަކުގެ އަގުވެސް ބުނެލަ ދީބަލަ. ހަމަ އެކަނި މާލެ މީހުންނަށް ދިން ގޯތީގެ އަގު ބުނެދިނީމަ މާލެ މީހުންނަށް ބުލީ ކުރެވެނީ
ޢިދްރީސް
05 December 2024
މާލެ ނޫން ރަށް ރަށުގެ ގޯތިތަކަށް ގޯއްޗަކަށް ލައްކަ އެއްވެސް ނާރާނެ ބަލަ މާލޭގެ ބިމުގެ ވާހަކަ އެ ދައްކަނީ މާލޭގެ ބިމުގެ އަގު އިންތިހާ އަށް ބޮޑުވީމާ
ގުދުގުދާބެއްޔާ
06 December 2024
ޢިދްރީސް އަށް ބުނެލަން އޮތީ އަގުބަޮޑުވުން އެއީ މާލޭ މީހުން ކުރިކަމެއްތަ؟ ގާނޫނުގައި ހުރިހާރައްޔިތުން ހަމަހަމަ ވާނެ އެމީހެއްގެ ރަށުން އެމީހުންނަށް ހިލޭ ބިންދޭނަމަ މާލޭ މީހުންނަށް ވެސް ހުޅުމާލެއިން ބިން ލިބެންޖެހޭނީ ހިލޭ! އެއުސޫލުން އެދިނީ! ހުޅުމާލެއަކީ މާލޭ މީހުންނަށް ބިމުގެ ދަތިކަން ފިލުވަން ވައުމޫނު ހިއްކިބިމެއް!
ޓިނު
05 December 2024
އެހެން ރައްރަށުންވެސް ބިންހިއްކާ ހިލޭނޫންތަ ގޯތިދެނީ . ދެންކޮން ވާހަކައެއްތަ މިދައްކަނީ
ައަލީބަޑު
05 December 2024
އެހެން ރަށެއްގަ އެބަ އޮތްތަ ގައުމު ދަރުވާފަ ބުރިޖް އަޅާފަ ، 25ބުރީގެ ހޮސްޕިޓަލެއް އަޅާފަ ، ގައުމު ދަރުވާފަ ، ރައިސް އޮފީހެއް ހަދާފަ ، 50 ސްކޫލް އަޅާފަ ؟
ހަނދުސް
05 December 2024
ރޭސިސްޓު ގުރޫޕު ފަހަތުން 10 ގައި ނިކުންނާތި
ކުކުޅާފާ މަފާ
05 December 2024
ބިންތައް ދިނީ މިސަރުކާރުންދޯ، ހަމަ ފުލެޓް ހިފަހެއްޓިގޮތަށް އެވެސް ނުދީ ހިފަހެއްޓޭނެ.
ގުދުގުދާބެއްޔާ
05 December 2024
ގާނޫނުގައިވާ ގޮތުން ދެން ނުހިފެއްޓޭނެ! ސަބަބަކީ ގޯތީގެ ރަޖިސްޓްރީ ދީފަ އޮތީމަ! ދެން ކެންޝަލްވެސް ނުކުރެވޭނެ! އަތުލާނަމަ ހަމަ ބަދަލު ދޭންޖެހޭނީ އެއަތުލި ރަށުން!
ހުސްގުދު.
05 December 2024
ގުދުގުދާބެއްޔާ ކަލޭ ކިޔެވި ޤާނޫނުގައި ކަޑާއި އެއްގަމާއި ފަޅުފަޅާއި ރަށްތަކެއްގެ ވާހަކަ ނޯވޭދޯ ؟ ރަށާއި ކަނޑު ފަޅަކީ މުޅިން ދޭއްޗެއްކަން ކަލެއްށް ނޭގުނީ އެހެންވެ. ކަނޑު ފަޅުން ދޯތި ދެވޭނެ ވާހަކައެއް ދިވެހިރާއްޖޭގެ ޤާނޫނަކު ނޯވޭ.
ގުދުގުދާބެއްޔާ
06 December 2024
ހުސްގުދު. ނަމުގައި ކޮމެންޓްކުރި މަރާތައް! މާލޭ ގެ ފަޅުގަ ދަނޑިޖަހާ ރޯނުދާމާ އިން ވަކިކޮއް ގޯތިދިނީ ކީޢްވެގެންތަ؟ އެތަން ތައް މިހާރު ރަށުތެރޭގަ އޮތަސް އެއީ ކުރިން މޫދު.
ކަހެރުވައް
05 December 2024
މާލޭ ރައްޔިތުންނަށޭ ކިޔާ މާލެ ސަރަހައްދުގެ ބިންތައް ހިއްކާ ހިލޭ ގޯތި ދޭއިރު ރާއްޖޭގެ އެތަންމިތަނުން މާލެއަށް މީހުން ތޮއްޖައްސައިގެން ކޮންކަމެއްތަ ހާސިލްވާނީ؟ މުޅި މާލެއަތޮޅު އެތެރެވަރިއާއެކު ހިއްކާފަ ތިބުނާ މާލޭ މީހުންނަށް ގޯތިދިނަސް މާލޭމީހުން ހުހެއް ނުވާނެ. މިކަން މިހެން އޮއްވަ ދޫކުރި ގޯތިތަކުގަ ކޮންމެމީހަކު އަޅާނީ ދިހަބާރަ ބުރީގެ ގެ. އެއިން ކޮންމެ ގެއެއްގަ ދިރިއުޅޭނެ 50 60 މީހުން. އެކަމަކު އެއީ އެންމެ އާއިލާއެއް ދިރިއުޅެން ދިން ގޯތި.
ގެދޮރުވެރި ވުމަކީ ހަމައެކަނި މުއްސަނދިންގެ ހައްގެއް ނޫން
05 December 2024
ގެއްލިގެން ދިޔަ ގެދޮރުވެރިކަމުގެ ހައްގު ދެ ޖެނެރޭޝަނަށް އަގު ކޮށްލީމަ ކިހާވަރެއް ވާނެބާ، އަދި އިޖްތިމާއީ އެތަށް ގުނަ މައްސަލަތަކަކަށް ހުށަހެޅިގެން ދިޔުން މިވެސް އަގު ކޮށްލަމާ.
ޒާލިމް
05 December 2024
އިބޫމެން ނުވަތަ އެމްޑިޕީގެ ވެރިކަމުގަ މާލޭގެ ރައްޔިތުންނަށް ގޯތި ދީފިތާ މޫދުންވިޔަސް ފަޅުންވިޔަސް، މާލޭގެ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއް ބޭނުންވެފަ އޮތް ޒަރޫރީކަމެއް މިވެގެންދިޔައީ، އެއީ އެމްޑީޕީ ސަރުކާރުންދިނަސް އެއޮތީދީފަތާ، ދެންވެސް އެހަވާލު ކޮއްނިންމަބަލަ ހުސްވާހަކަ ނުދައްކާ، ސަރުކާރެއްގެއްނަނީ ރައްޔިތުންނަށް ހިދުމަތްކޮއްދޭން، ބަހަނާ ދައްކާ ކަަންކަމުންް ބޯދަމައިގައްނާކަށްނޫންނޫން.