ބަނގުރާ ވިއްކާ މައްސަލާގައި ހައްޔަރުކުރި ލަންކާގެ ދެމީހުން.-- ފޮޓޯ: ޕޮލިސް
08 ޑިސެމްބަރ 2024 - 11:54
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ސްރީ ލަންކާގެ ދެ މީހުން ޑިޕޯޓްކުރަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގެ ގެއެއް ބަލައިފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ލަންކާގެ ދެ މީހުން ކަމަށްވާ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ، 27، އާއި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ، 21، އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ގެއިން ވަނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 116 ފުޅި އާއި ފަސް ލީޓަރުގެ ހަ ފުޅި ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ވެސް ވަނީ ބަނގުރާ ވިއްކުމުގެ މައްސަލަތަކުގައި މާލެއިން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީބެ
08 December 2024
ޕައްޓި ދެނީ ބަރާބަރު ރަނގަޅު ވައްތަރު
ބޮޑު ޖޯކެއްދޯ
08 December 2024
ސަޅި ނިޒާމެއްދޯ މީ. މިތަނަށް ޖަރީމާ ހިންގަން އަންނަން ޕްރޮމޯޓް ކިރަނީމިދެން. ކުރާނެކަނެއްކޮށްފަ ހަބޭހަށް ފައުސާ ހޯދާފަ އުޅެނިކޮށް ފަހަރެއްގައި ފަޅާ އަރައިފިއްޔާ ސަރުކާރުން މި ބުނަނީ އެެވްރިތިންގ އޯކޭ. އެ ސެނޑް ޔޫ ހޯމް. ޔޫ އާ ފްރީ. މި މީހުންނަށް އަދަބު ނުދީ ރަށަށް ފޮނުވާލާފަ ދިވެހިން އެތަކެއް އަހަރު ޖަލުގަ. މި ކޮންކަހަލަ ނިޒާމެއް
އަބްޑޫޅް +
08 December 2024
1- ޕައްޓި ވިތަނަލަގޭ މުޑިޔަންސެލާގެ ވިމޯޝާ. 2- ނުރުކުޝަން ސިންގަޕޫރުގޭ މުޑިޔަންސެލާގެ ކަވިންދަ. ސިންގަޅައިންނަކީ ނަންކިޔުމުގެ ވަރަށް ރިވެތި ގަވައިދެއް ގެންގުޅޭ ބައެއް. ތަންކޮޅެއް ކުރިން މާލޭގަ ކެމިސްޓްރީ ކިޔަވައިދޭން އުޅުނު ޓީޗަރަކަށް ކިޔާ އުޅުނީ، ހޭމަޗަންދުރަ ކަޅުހަންދިލަގޭ މުޑިޔަންސެލާގެ ސިލްވާ.
ކައްޒާބު
08 December 2024
ގޭގެ ނަމާ އެއްކޮށްތަ ނަން ދީފަ އެހެރީ އެމީހުނަށް؟
ޖައިސަާ
08 December 2024
ކޮބާހޭ ހުކުރުދުވަހު މާރާމާރީ ހިންގި އިނޑީޔާ މީހުންތަށް މާފު ކޮށްފަ، އެމީހުންގެ މުސާރަ ސަރުކާރުން ހަމަޖައްސައިދިނީތަ. މިހާރު އޭގެ ހަބަރެއް ނުވަނީ.