މޯލްޑިވިންގެ ދަތުރުތައް ޗައިނާގެ ހަތަރު ސިޓީއަކަށް ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --ފޮޓޯ: މޯލްޑިވިއަން
10 ޑިސެމްބަރ 2024 - 19:09
ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް އަންނަ ޖެނުއަރީ މަހު، ޗައިނާގެ ވެރިރަށް ބެއިޖިން ހިމެނޭ ގޮތަށް އެ ގައުމުގެ ޖުމްލް ހަތަރު ސިޓީއަކަށް ދަތުރުތައް ފަށާނެ ކަމަށް، ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަނުން ރާއްޖެ އާއި ބެއިޖިން އާ ދެމެދު ދަތުރުތައް ފެށުން ފާހަގަކުރަން ބޭއްވި ހަފްލާގައި، އަމީން ވަނީ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ކުރުމުގެ ގާބިލުކަން ގައުމީ އެއާލައިންގައި ގާއިމުކޮށްދިނުމުގެ ވައުދު ފުއްދަވައި ދެއްވާފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބެއިޖިން، ޝަންހާއީ، ޗެންގްޑޫ، އަދި ޝިއާން އަށް ކުރާ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ދަތުރުފަތުރު ކުރުން ފުޅާވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ވައިޑް ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ.
ޗައިނާގެ އިތުރުން، ޔޫރަޕުގެ މަންޒިލްތަކަށް ވެސް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
މޯލްޑިވިންގެ ދަތުރުތައް ޗައިނާގެ ހަތަރު ސިޓީއަކަށް ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: މޯލްޑިވިއަން
އޭގެ ފަހުން އަމީން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް ދަތުރުތައް ކުރަން ވަނީ ބަލައިފަ އެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
މޯލްޑިވިއަން އިން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 December 2024
މަތީގައިދެންނެވިގޮތަށް ކަންކުރުމަށްޓަކާ ކޮންމެ ހަފުތާއަކު 4 ދުވަހު (ބްރާސްފަތި، ހުކުރު، ހޮނިހިރު ފިޔަވާ އަނެއް 4 ދުވަސް) ތިމަރަފުއްޓާއި އައްޑުއާއިދެމެދުހުރި ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް (ފުވައްމުލައް ފިޔަވާ) މާލެއިން ދެކުނުގެ ރަށްތަކަށް އެދުވަސްތަކުގައި ދަތުރުކުރާންބޭނުން ފަސިންޖަރުންނަށް ޝެޑިއުލް ދަތުރުކުރެވޭނީ މާލެއިން އައްޑުއަށް ދަތުރުކުރާ މޯލްޑިވިއަންގެ A-320 ބޯޓްގައި އައްޑުއަށް ގޮސް އައްޑޫގައި ޓްރާންސިޓް ވުމަށްފަހުގައިކަމަށް ނިންމިދާނެ.
އޮނަރަބްލް އަފީފު ދީދީ
11 December 2024
ޗައިނާއަށް ޗައިނާ އޭ ނުކިޔާ އެޢައުމުގެ ސިޓީތަކުގެ ވާހަކަ ލިޔަމުން ބެއިޖިން، ޝަންހާއީ، ޗެންގްޑޫ ލިއުނު ފަދައިން ދިވެހިރާއްޖޭގެ ކ.އަތޮޅު މާލެ ނުވަތަ އެއަތޮޅު ހުޅުލެއޭ ނުލިއުނީ ކީއްވެ!؟ ދިވެހިރާއްޖެ އަކީ ކ.އަތޮަޅު މާލެ އެއްނޫން. ތިވެހި ރާއްޖެކިޔަނީ ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްތަކަށް. ކ.އަތޮޅު މާލެ އަކީ ދިވެހިރާއްޖެ އެއްނޫން. އެއީ ރާއްޖޭގެ މެދުގައިއޮތް ރާއްޖޭގެ އެހެންރަށްތައް ފަދަ ރަށެއް. މީހުން އޮޅުވާލަން "ރާއްޖެ" އޭ ކިޔާނެ ކަމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
11 December 2024
މާލެއިން ދެކުނުގެ މަންޒިލްތަކަށްކުރާ ޝެޑިއުލް ދަތުރުތަކަށް މަތީގައިދެންނެވި ބަދަލުގެނައުމުން މިދެންނެވި މަންޒިލްތަކަށާއި އައްޑުއަށް ދުވާލަކު އެތަކެއް ބޯޓް ބޭއްވުމަށްޓަކާ ކުރާޙަރަދުތައް (އޮޕަރޭޝަނަލް ކޮސްޓްގެއިތުރުން ކެޕްޓަނުންނާއި ކުރޫ އެލަވަންސް އަދި އެހެނިހެން އިތުރު އެތައްޙަރަދުތައް) ސަލާމަތްކުރެވޭނެ. އަދި ޑޮމެސްޓިކް މަންޒިލްތަކަށް ދަތުރުކުރާންބޭނުން ފަތުރުވެރިންނަށް (ޗައިނާއާއި މާލެއިންއަންނަ ފަތުރުވެރިންނަށް) ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
11 December 2024
މިދެންނެވިފަދަ ދެމެހެއްޓެނިވި ޕްލޭނެއްގެދަށުން ކުންފުނީގެކަންކަން ތަރުތީބުކޮށްގެންމެނުވީ ރާއްޖެއާއި ސަރަޙައްދުގެ ލީޑިންގ އެއަރލައިންތަކާއި އަރާހަމަކުރަން މޯލްޑިވިއަން އަކަށް ފުރުސަތެއްނުލިބޭނެ. އަދި ސީޕްލޭން ފުލީޓް ބޮޑުކުރެވޭނީވެސް ގޭންއެއަރޕޯޓް ފަދަ އެއަރޕޯޓަކުން ބޭރުގެ މަންޒިލްތަކަށް ދަތުރުކޮށް ކުންފުނީގެ ބާރުއޮތް މާކެޓް ވިޔަފާރިއެއް އާލާކޮށްގެން. މާލެސަރަޙައްދު އޮތީ ބާރުގަދަ އެހެންކުންފިނިތަކުގެ އަތުގައި މޯލްޑިވިއަނަށް އަތްނުފޯރާ ހިސާބުގައި.
ދިވެސް
11 December 2024
ފުރަތަމަ އެތެރޭގެ އުދުހުން ހަރުދަނާކޮށްބަލަ
ޢާޢޤޑު
11 December 2024
އައްޑުއިން މާލެއަށް ފްލައިޓްބާއްވަދީބަ. މިއުޅެނީ ޖާގައެއްނުލިބިގެން ކުރިއަށްއޮތް 3 ހަފްތާއަށްވެސް.
އަލީބޯ
11 December 2024
ފުރަތަމަ ކަމަކަށް ޑޮމެސްޓިކްއަގުތައްކުޑަކޮށްބަލަ ޗައިނާއޭ ނުކިޔާ ވިޔަފާރިވެސްކުރަންވާނެ އެކަމަކުއެއީ ތިމާމެން ކޮޅަށްތިބެގެން އެތެރޭގެ އުދުހުންތަކުން ފުލައިޓަކުން ދެޓިކެޓް އަގުހެޔޮކޮށްފަ ހަފްތާދެހަފްތާކުރިންނަގަން ބުނީމަ އެނުކިޔާނެ ރައްޔިތުންނަށް އަގުހެޔޮ ހިދުމަތެއް ދިނީކަމަކަށް
ސަފިއްޔާ މޫސާ
11 December 2024
އަހަރެމެންނަށް ކިއްތަ؟ ޑޮމެސްޓިކް ދަތުރުތަކުގެ އަގު މިހާ ބޮޑު ގައުމެއް ނޯންނާނެ. އެކަމަށް ހައްލެއް ނެތިއްޔާ އެމީހުންގެ ފޮނި ކެނޑުން ކޮންމެހެން މުހިއްމެއް ނޫން އަޑު އަހާކަށް
އޮނަރަބްލް އަފީފު ދީދީ
11 December 2024
މިސަރުކާރުގައި ލާމަރުކަޒީކޮށް ދައުލަތް ހިންގުމުގެ އެއްވެސް ވަރެއްގެވިސްނުމެއް ހުރިނަމަ މޯލްޑިވިއަންގެ ޗައިނާ ދަތުރުތައް ޝެޑިއުލް ކުރާއިރު ހަފުތާއަކު ދެދުވަހު ނަމަވެސް މާލެ-ގޭން-ޗައިނާ އަދި ރިޓާން ޗައިނާ-ގޭން-މާލެ ހަމަޖައްސާނެ. މިގޮތަށް މިދަތުރުތައް ޝެޑިއުލްކޮށްފިނަމަ ޗައިނާ ފަތުރުވެރިންނަށް އައްޑޫ، މުލައް އަދި ހުވަދޫގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް އައުމަށް މަގުހުޅުވިގެން ދާނެ. އަދި މިރޫޓަކީ ޑޮމެސްޓިކް އިންޓަރނޭޝަނަލް ފައިދާހުރި ރޫޓަކަށް ވާނެ.
އޮނަރަބްލް އަފީފު ދީދީ
11 December 2024
ގެސްޓްހައުސް، ސިޓީހޮޓާތައް ހެދުމަށްބޭނުންވާ ފައިސާ، ބިން، ތަޢުލީމާއި ކަމުގެ ފަންނުވެރިކަންފަދަ މުހިންމުހުރިހާކަމެއް ފުރިހަމަވެ އަދި މިސިޓީއިން މިކަމަށްބޭނުންވާ އިންސާނީވަސީލަތް ރާއްޖޭގެ އެހެންއެއްވެސްތާކުން ނުލިބޭނެފެންވަރަށް ލިބެންހުރިކަމުގައިވިޔަސް ފަތުރުވެރިކަމުގެސިނާއަތަށް އައްޑޫގައި އިންވެސްޓްކުރާން ޖެހިލުންވަނީ، މާލޭސަރުކާރުން މިކަންކުރާން ފުރުސަތުދޭނެކަމާއިމެދު ޔަޤީންކަންނެތީމަ. މިކަމަށްޓަކާވެސް މިފަދަ ޝެޑިއުލްފްލައިޓެއް ފައްޓަންޖެހޭ.