ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޑިސެމްބަރ 2024 - 10:38
ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، އެ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވުމާ ގުޅިގެން، އެ ދަތުރު ކުރުކޮށްލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ހައިދަރު މި ވަގުތު ހުންނެވީ ތައިލެންޑުގަ އެވެ. އޭނާ ތައިލެންޑަށް ވަޑައިގަތީ އދ. އިން ބާއްވާ ސެޝަން އޮފް ދަ ކޮމިޓީ އޮން ސްޓެޓިސްޓިކްސްގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހައުސިން މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ބަލަހައްޓާ ހައުސިން ސްކީމްތަކުގެ ލިޔެކިޔުންތައް ނުވަތަ ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ލިޔުމެއް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ، މި އަލިފާނުގެ ހާދިސާގައި އެ ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
Hon. Minister Dr. Ali Haidar Ahmed participated in the Opening of the 9th Session of the Committee on Statistics.@UNESCAP pic.twitter.com/KPRZzmRdmd
— Ministry of Housing, Land and Urban Development (@MHLUDmv) December 11, 2024
"މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ހިންގާ މ. ގްރީން ބިލްޑިންގަ އެވެ. އެ އަލިފާންގަނޑު ވަނީ މުޅި އިމާރާތަށް ފެތުރިފަ އެވެ. ސިފައިން އަދިވެސް އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެ ކަޓު މިނިސްޓަރު
13 December 2024
ހަމަ ހުވާ މި ލިސްޓްގަ ތިބި މިނިސްޓަރުން މުއިއްޒު ބޭރުކުރަންއެބަ ޖެހޭ - ހައިދަރު - ނަސީރު - އަޝްވާޑު
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 December 2024
ހައިދަރު މިކޮޅަށް އަންނަގޮތަށްއައިސް ފުރަތަމައަށްވެސް ޢިމާރާތް ކައިރިއަށް އައިސް ކީރިތިކުރައްވާ މާބޮނޑިއެއް ބާއްވާނީތޯ؟ ސުވާލަކީ ދަތުރު ކުރުކޮށްގެން އެހިނގައިދިޔަ ކަންތައް ނުވާކަމަކަށްވާނީތޯ؟ ތިޔަ ގެއްލުނު ދަތުރުގެ ދެދަތުރު އަދި ކުރާނެ. ބަލަން ތިބޭ.
ކޮން
14 December 2024
ހުވާ މިބުނީ ހެޔޮ އެއްގޮތެއްވެސް ނޯނަނާނެ. އޭނަ ނައިސް ހުރިނަމަ؟؟؟
ހަމާސް އަބުޅޯ
12 December 2024
ޙައިދަރު އަންނާނެކަމެއްނެތް. ސަރުކާރު ހުޅުވޭނީ ބުދަދުވަހާޖެހިގެން އިންނަ ހުކުރު ދުވަސް ދޫކޮށް ޖެހިގެން އަންނަ މަހުގެ 7 ގައި
ފްލެޓްދޮންބެ
12 December 2024
ދެން ތިޔަ މިނިސްޓްރީ ހިންގާނީ ވޯރކް ފްރޮމް ހޯމުން. އޭރުން އިހުތިޖާޖު ކުރަންދާނެތަނެއް ނޯންނާނެ
އޮނަރަބްލް އަފީފު ދީދީ
12 December 2024
މަތީގައިދެންނެވި ބަދަލުގެނައުމަށް ތިރަށު ބައެއްމީހުން ދެކޮޅު ހެދިކަމަށްވިޔަސް (ސަރުކާރު އޮފީސްތައް ހިންގުމަށް ބޮޑުއަގުގައި އަމިއްލަގެދޮރު ކުއްޔަށްދީގެންތިބި މީހުނާއި، ވަންނާނެތަނެއް ނެތްކަމަށްބުނެ ދޮގުމައުލޫމާތު ދީގެން ސޯޝަލް ހައުސިންގ ފްލެޓްހޯދައި އެތަންތަނަށް މަހުންމަހަށް ދައްކާންޖެހޭ ފައިސާނުދައްކާ ބޮޑުއަގުގައި އެތަންތަން ކުއްޔަށްދީގެން ތިބި ތިރަށުމީހުން) ދިވެހިދައުލަތާއި ޤައުމުގެ ޙައްޤުގައިވެސް ސަރުކާރުން ކޮންމެހެންވެސް މިކަންކުރާން އެބަޖެހޭ.
ފިޔާޒް
12 December 2024
އޮނަރަބަލް އަފީފު ދީދީ ވިދާޅުވިޔަސް މިއީ ހަމަރަގަޅުވާހަކައެއް..ބޮޑުކުލި ލިބޭބަޔަކުވެސް ތިބޭނެ...މިކަން ހުއްޓާލައްވާ ސަރުކާރުގެ އޮފީސް އިމާރާތެއް އަދިވެސް ވ މުހިންމުކަމުގައި ދަންނަވަން..@އޮނަރަބަލް ހައިދަރު
އޮނަރަބްލް އަފީފު ދީދީ
12 December 2024
މިނިސްޓްރީ ހިންގުމަށް ވަގުތީގޮތުން ދަރުބާރުގެއާއި ހުޅުމާލޭގައިހުރި އެސްޓީއޯ ހޮޓަލަށް ބަދަލުކުރުމަށްފަހު މަތީގައިދެނެނެވި 3 ޓަވަރު، އޮފީސް އިމާރާތްތަކަށް ހަދާފައި ސަރުކާރު އޮފީސްތައް ހިންގުމަށް ސްޓަރ ކްލައުޑް، ސީޓްރެކް، ކަނީރުވިލާ، ބުޗާގެ، އޯކިޑްމާގެ، ޒޮނޭރިއާ، ސަކީނާމަންޒިލް، ހިތިގަސްދޮށުގެ، މައިޒާންދޮށުގެ އަދި ސިކަންދަރު ފަދަ ކ.މާލޭމީހުންގެ ގެދޮރުދޫކޮށްލުމުން އަހަރަކު ދައުލަތަށް އެތައް ބިލިޔަން ރުފިޔާ ސަލާމަތްވާނެ. ކީއްވެ މިކަން ނުކުރާންވީ!؟
އ
12 December 2024
މީ ހަފްތާ ނިމޭ ދުވަސް
އަސްލު.....
12 December 2024
ބޮސް ގައުމުގައި ވަޑައިގެން ނެއްވަގުތެއްގައި ދޯ މިހާދިސާ ހިގީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަސަރެއްގެ ބޮޑުކަމުން ދަތުރު ކުރުކޮށްލެއްވުމަށްފަހު ވަޑައިގަންނަވަނީ، ހުރިހާވެސް ގެއްލުމެއް ރައްޔަތުންނަށް............
އަލިބެ....
12 December 2024
އެބޭފުޅާ ރާއްޖޭގަ އުޅުއްވާ ދުވެހެއް ނާންނާތީ ދިމާވި ގޮތެއް. އޮފީހަށްވެސް ވަޑައިގަންނަވަނީ ހަމައެކަނި ހަފްތާ ނިމޭދުވަހުގެ ކުރީދުވަހު އެކަނި!
އަލީި
12 December 2024
ދެންވެސް ތިޔަތަނުގައި ވަރުހުރި ރަގަޅު އޮފީސް އިމާރާތެއް އަޅާބަލަ. އޭރުން ކުއްޔަށް އެކި އެކި އޮފީސްތަށް ތަން ތަން ނުނަގާ ދައުލަތުގެ ބަޖެޓުން އެތަށް މިލިޔަން ރުފިޔާއެއް ސަލާމަތްވާނެ. ކުލިން ވައްކަންކުރަން ލިބޭ ފުރުސަތު ބޮޑުތަނުން ކުޑަވެގެންދާނެ. ތަން ތަން ކުއްޔަށް ހިފުމަށް ދެވޭރިޝަވަތުގެ އެއްކޮށް ހުއްޓޭނެ. މިކަން ކުރަންކެރޭނެތަ؟
ބުރުކީ
12 December 2024
ފެނޭތަ ރައްޔިތުންދެކެ ލޯބިވާ މިނިސްޓަރުން..ރަސްމީދަތުރު ކުރުކޮށްލާފަ އަންނަނީ..
ކާނިއެއްކޮ
12 December 2024
މީތަ އެބުނާ ހަފްތާގެ ފަހުދުވަސް ނޫނީ ފެށޭ ދުވަސް ދުވަހުގެނަމުން ބުނަން ނޭނގޭ މީހާއަކީ. އަދިވެސް އެދުވަހެއް ނާދޭ އަހަރު ނިމެނީ. ކޮންމެހެން ރާއްޖެއަންނާނެ ކަމެއް ނެތް. ބޭކާރު މީހެއް.