އެމްޑީޕީގެ ޕީޖީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެން ވަނީ ނިންމައިފައި
16 ޑިސެމްބަރ 2024 - 12:45
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގާއި އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން އެދެން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އިއްތިފާގުން އަލިފާނުގެ ހާދިސާ ހިނގީ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ބޭއްވި ދުވަހު ކަމަށާއި އެހެންވެ އެ ހާދިސާއާ ގުޅިގެން މަޖިލިހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރަން ފުރުސަތު ނުލިބޭ ކަމަށެވެ.
އެ މަސައްކަތްތައް ކުރަން ދައުރުން ބޭރުގައި ކުއްލި ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީން މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދަންނަވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވެނީ މަދުވެގެން 31 މެންބަރުންގެ ސޮޔާ އެކު އެކަމަށް އެދުމުންނެވެ.
އެހެންކަމުން އެފަދަ ޖަލްސާއެއް ހަމައެކަނި އެމްޑީޕީގެ 12 މެންބަރުން އެދިގެން ނުބޭއްވޭނެ ކަމަށާއި އަލިފާނުގެ މި ހާދިސާއަކީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ މައްސަލައަކަށް ވާތީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާ ކަން ނާޒިލް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ކުއްލި ޖަލްސާއެއްގެ އިތުރުން އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް މަޖިލީހުގެ 241 ކޮމިޓީން ކުރަން ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީއާ ޖެހިގެން ހުރި ގްރީން ބިލްޑިންގަށް އަލިފާންގަނޑު ފެތުރި، އެ އިމާރާތް އެއްކޮށް އަނދައިގެން ދިޔުމުގައި އެމްއެންޑީއެފްގެ އިހުމާލު ވަރަށް ބޮޑަށް އެބަ އޮތެވެ. އެހެންވެ އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ، ރައްޔިތުންގެ އެތައް މުދަލަކާއި ލިޔުންތައް ހުރި މުހިންމު ތިން މިނިސްޓްރީއެއް އަނދައިގެން ދިޔުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި ނަމަވެސް، އެކަމުގައި ސަރުކާރުގެ ސީރިއަސް ކަމެއް ނުފެންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
17 December 2024
ޗުއްޓީން އައިސްވެސް ކުރެވޭނު
11 މ
16 December 2024
އަދުގެ ދިވެހިން ދެކިފައިވާ 5 އަހަރުގެ ވެރިކަމެއްގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުގައި އެންމެ ގިނަ މީހުންގެ (11 މީހުންގެ) ފުރާނަ ގެއްލުނީ އެމްޑީޕީ ގެ ނިމުނު ދައުރުގައި. ހަމައެހެން، މުޅިގައުމުގައި އަލިފާން ރޯކޮށް، ދައުލަތުގެ އެތައް މުދަލެއް ނެތިކޮށްލި ހަމައެކަނި ސިޔާސީ ހަރަކާތަކީވެސް އެމްޑީޕީ. ދެން އެމްޑީޕީ ނިކުމެ އަލިފާނޭ ފަޅޮލޭ ކީމާ އެއަށް ހެއްލޭނީ ރީނދޫ ހުމުން ފޯވެ، ބުއްދި ގެއްލިފަހުރި މީހެއް.
ރަދީފު ބިން ރަފައިދާ
16 December 2024
ނާޒިލު ކީއްވެގެންތަ މިހާރަކަށްއައިސް މާބޮޑަށް ގަޔަށް ހިނިއަރައިގެންއުޅޭ ފާޑަށް އުޅެނީ. މައިތިރިވެބަލަ. ބެލެމުންދާވަރަކުންތާ ކަންކަންވެސް ފެންނާނީ. ފެންނަވަރަކުންތާ ހާމަވެސްކުރެވޭނީ. އަދީބު ދޫކޮށްލި ގޮތް ބަލާން އިބުރޭ މަޖުލީހަށް ހާޒިރުކުރިއްޔާ މާތާހިރުވާނެ.
އަފުން
16 December 2024
ކޮންމެ ކަމެއް ސިޔާސީ ޑްރާމާއަކަށް ނުހަދާށެވެ. އިންސާނުންނަށް ނިސްބަތްކޮށް ބަހުލޫލަށް، ސައިތާނަށް ގޮވުންފަދަ ނުބާ އަމަލުތައް ފެތުރުމަކީ ހާދަހާވާ ނުބާ ކަމެކެވެ.
ކައުންސެލަރު...
16 December 2024
އިއްތިފާގުން ވާކަންތައް މިހުންނނީވެސް ދެއްތޯ؟ 10/12/2024 ކޮންމެވެސް އެއްޗެއް ދިފާއުކުރާށޭ ކިޔާފައި ބަޔަކު ޖަލްސާއެއް ބޭއްވި 11/12/2024 ގައި ބަޔަކު މަގުބަންދުކޮށްގެން އެއްޗެހިތަކެއް ޓޯކުރަން ޖެހުނު 12/12/2024 ގައި ގްރީން ބިލްޑިންގް އަޅިއަށް..... އިއްތިފާގެއް؟
ޟާމިރޫ
16 December 2024
އެމްޑީޕީގެ ކޮންމެ ރެލީއަކުން ކުރިމިނަލްސް ތައް ޗާޖްކޮށްގެން އަލިފާން ޖަހާފައިވޭ ކުރިން ގެސް. މާޒީ އަށް ގިސް ޚަބަރުތައް ބަލާ
ދިއްދޫމީހާ
16 December 2024
ކަލޭމެން ކޮންމެހެން މަޖިލިސްގެ ކަރަންޓް ބިލް ބޮޑްކުރަން ޖަލްސާ ބާއްވަން އުޅޭނިކަމެއްނެތް ޖަލްސާ ނުބޭއްވިޔަސް ކަލޭމެން ކިޔާނެ އެއްޗެހި އަހަރެމެންއަ އިންގޭ އެހެންކަމުން ތިޔަ ޖަލްސާއެ ނުބޭއްވިއްޔާ ރަނގަޅުވާނީ އަނެއްކޮޅުން ޔާމީންގެ ވެރިކަން ބަދަލްކުރަން ކަލޭމެން ބޭނުން ކުރި 12މެމްބަރުން މިފަހަރު ރައްޔިތުން ކަލޭމެންއަ ދީފަ އެތިބީ 12 މެމްބަރުން..
ބާބް
16 December 2024
ކޮން ޑްރާމާއެއް ތިކުޅެނީ. ތި ޖަލްސާއެއް ނުބޭއްވޭނެކަން އެނގޭނެ. ރައްޔަތުން އެމްޑީޕީއަށް އެބާރު ދީފައެއް ނެތް.
ބަބްސް
16 December 2024
މިއަދު މ.ޑ.ޕ އަށް އޮތީ އެދިއެދި ތިބުން .... ތިޕާޓީ އަކީ ރަށްޔިތުން ބޮދުތަނުން ނޫނެކޭ ބުނެފައޮތް ޕާޓީއެއް.
އިބޫ123
16 December 2024
ޔަގީން ބޭރުމީހުންގެނެސްގެން ތަހުގީގު ކުރަން އުޅޭތީ ބިރުގަތީ...އަތެއް އޮތީބާ؟