އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް: އައްޑޫން މާލެއަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިގެން އަންނަނީ ހޯދަމުން.-- ފޮޓޯ: އެމްއެންޑީއެފް
19 ޑިސެމްބަރ 2024 - 11:44
އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
"ސީމެކްސް" ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ މީހެއް ކަމަށްވާ ރާޖު ކުމާރު ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑާއި ވައިގެމަގުން އެ މީހާ ހޯދުމަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ރާޖު ކުމާރު ބޯޓުގައި ނެތް ކަން އެނގުނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
އެ ބޯޓު އައްޑޫން ފުރީ އެރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯ ބޯއި
19 December 2024
އައްޑުއާ ހުވަދުއާ ދޭތެރޭ އޮންނަ ކަންޑަކީ ވަރަށް ބޮޑު އަބަދުވެސް ގަދަ ކަނޑެއް އެކަނޑު ހުރަސްކޮށް ދަތުރުކުރާ މީޙަކަށް އެގޭނެ އެވަގުތު މީހުން އުޅޭ ހާލު. ބައެއްފަހަރު ހުންގާނު ހުންނަގޮލާވެސް ހުންނަނީ ހަތަރެސްކަން ހަމަވެފައި. ވީމަ ތިކަނޑަށް ވެއްޓޭމީހަކު ފުރަތަމަ ދެތިންގަޑި އިރުތެރޭ ނުފެނިއްޖެއްޔާ ފެންނާނެބާ!