ހުޅުމާލޭގައި ހިންގާ ކްރިމިނަލް ކޯޓު: މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: މިހާރު
25 ޑިސެމްބަރ 2024 - 09:38
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް 30 ދުވަހަށް ބަންދު ކޮށްފި އެވެ.
އެ ދެ ފިރިހެނުން ހައްޔަރުކުރީ އެ މީހުންނާ މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެ މީހުންގެ ލަގެޖުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ފެނިފައިވެ އެވެ. އެހެންވެ، އެއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން ކަމަށް ނިންމައި، އެ މީހުން ހައްޔަރުކޮށް ބަންދު ޖަހަން ކޯޓަށް ގެންދިޔަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ދޭށެވެ.
އެކަމަކު، މަސްތުވާތަކެއްޗަކީ އެ މީހުންގެ އެއްޗެއް ނޫން ކަމަށާއި އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ތަހުގީގުގައި މިހާތަނަށް ވަނީ ބުނެފަ އެވެ. ނަމަވެސް، މައްސަލައިގެ ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި، ކޯޓުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
25 December 2024
އާން # ! ތިވާނީ ބޮޑު! ކީއްކުރަން ގައުމީ ސަލާމަތަށްސް ހުރި ނުރައްކަލަކަށެވެ! ޓަނުން ގޮސް އެތަށް ކިލޯއެތެރެ ކުރާއިރު ، މީހުންގެ ކުށް ސާބިތެއްނުވާނެތާއެވެ!؟ ބައިވަރު ގަނޑުން ނޫނީ ބަޔެއް އެޅިގެން ނުދާނެ ތީއެވެ!