އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު.
25 ޑިސެމްބަރ 2024 - 19:26
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވެ، ހުޅުމާލެ ބިން ލިބުނު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެ މައްސަލާގައި ހިމެނޭ އިތުރު ބައެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
ފަޒީލްއަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
ފުލުހުން މިރޭ ބުނީ އެ އިދާރާ އިން ތަހުގީގުކުރަމުން އަންނަ ބިންވެރިޔާ ސްކީމްގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ އިތުރު އެހެން ބައެއްގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
ފަޒީލްގެ އިތުރުން ދެން ގޯތީގެ ފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ފަޒީލް އެ ހުއްދަ އަށް އެދުނީ ޖޫން 30، 2024 ގަ އެވެ. އެހެންވެ، އެޗްޑީސީން އަމަލުކުރާ އުސޫލުން އެ ގޯތީގެ ރެޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އަބްދުލްމަޖީދު މާހިރު ކިޔާ މީހަކު ވެސް ގޯތީގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ހައުސިން މިނިސްޓްރީން މި އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
ފަޒުލް އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ ބޭބެ، ފަަޒީލް އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ.
މި މައްސަލަތައް ތަހުގީގު ކުރާތީ ފަޒުލް އާއި ފަޒީލް ހިމެނޭހެނ 20 މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ އާއި އެޗްޑީީސީގެ މުވައްޒަފުންތަކެއް ހިމެނޭ ކަމަށް ވެ އެވެ.
ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތިތައް ދޫކުރި މައްސަލަ ފެންމަތިވުމުން އެމްޑަބްލިއުއެސްސީން ވަނީ ފަޒީލް ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީން ފަޒުލް ވެސް ސަސްޕެންޑުކުރި އެވެ. ފަޒުލް ސަސްޕެންޝަންގައި ހުންނަވައި ވަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ، އެޗްޑީސީގެ އެމްޑީ ކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫހް އިބްރާހިމް
26 December 2024
މިކަންވެސް ފަޒުލްގެ ކަމެއް ވީމަ ސަރުކާރަށް ބަލަން ނުކުރޭނެޔޭ ބުނި ގައިމު ބަޔަކު. އެކަމަކު 6 ގިޔަރުގައި ބަލަމުންދާތަން މި ފެންނަނީ.
ނާޑުވާ
27 December 2024
ގިއަރު ތަކުގެ ސޯބުތައް ފުނޑިއްޖެ. ތަހުޤީޤް މިސްރާބު ކުރީ ސަރުކާރަށް ބަދަލު ކޮށްލައިފި. ޕީއެންސީ ޕޮލިސް ގޮފީގެ ރައީސް ސުޖާޢު ފިސާރި ރަނގަޅަށް ގިއަރު އަނބުރާ އެބަ.
ޖީހާން އަލީ
26 December 2024
ސަރުކާރުން ވައްކަން ބަލަން މިކުރާ މަސައްކަތަށް ފުރިހަމަޔަށް ތާއިދު.
ހާޝިމްް
26 December 2024
ވައްކަމާއި ކޮރަޕްޝަންގެ ހާއްޔަކަށް މި ގައުމު ބަދަލުވެގެންދިޔައީ އިބޫގެ ޒަމާނުގައި މިފަދަ ކަންކަމަށް އަޅާނުލެވުނީމަ. އެމީހުނަށް ހީވާކަހަލަ އެމީހުން ވައްކަންކޮށްގެން އުމުރުދުވަހު އުޅެވޭނެއޭ. މިއީ އެމްޑީޕީގެ ސިޔާސަތަކީ.
އަމްޝާދު އަޒިޒް
26 December 2024
ވަރަށް ރަނގަޅު ނިންމުމެއް. އެއްވެސް މީހަކަށް ހެކި ފޮރުވިދީގެން ނުވާނެ
އަޝްމަލް މުހައްމަދު
26 December 2024
ރައީސް މުއިއްޒްގެ ސަރުކާރަށް ވޯޓް ނުދެން. ސަބަބަކީ ވައްކަމަށް ފުރުސަތު ދޭނެ ކަމަށް ހީކޮށް. އެކަމަކު މާ ރަނގަޅު. ގާތް މީހުން ވައްކަން ކުރާއިރުވެސް މިދަނީ ފިޔަވަޅު އަޅަމުން.
ފާރިހަތު ޖަލީލު
26 December 2024
ފާރިދެކޭގޮތުގައި ފަޒީލްއަށް އެއްވެސް އަދަބެއް ލިބިގެން ނުވާނެ. ނުހައްގުން ގޯތި ދިނުމުގައި ބައިވެރިވީ ފަޒުލްއާއި އެޗްޑީސީގެ ވެރިން. އެމީހުންނަށް އަދަބު ދިނުން އޯކޭ. ފަޒީލްގެ ކުށަކީ ކޮބާ؟ އޭނާ ކުރީ ކޮންކަމެއް؟ އޭނާއަކީ ލޯ ޕްރޮފައިލްއެއްގައި ސަރުކާރުގެ އެސްއޯއީއެއްގައި މަސައްކަތްކުރާ މީހެއް. ފަޒީލްގެ ފޮޓޯ ނޫސްތަކުގައި ޖަހާ ފަޟީހަތްކުރުމަކީ ގޯހެއްކަމުގައި ފާރިދެކެން.
ތެދެ
26 December 2024
އޭނައަށް އޮޅުވާލައިގެން ބަޔަކު އިންފާރު ރާނާފަ ހުއަްދަހޯދަން އެޗްޑީސީ ގައި އެދުނީ ؟
ބަންސް
26 December 2024
އަދި ތަންކޮޅެއް އަވަސް ތިކަން ކުރަން. ރާއްޖޭގައި ހިންގާ ހުރިހާ ނުބައެއްގަ ފުލުހުންގެ ހިއްސާ އޮންނާނެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
25 December 2024
ގަދަ ބަސް ބުނަނީ ހަމަ އެކަނި ރައްޔިތުންނަށް އާޓު ދައްކަން. ރައްޔިތުންނަށް ކުރާހާ ގިނަ ވައްކަންތަކާ ބެހޭ ގޮތުން ރައީސްއަކަށް ޖަވާބުދާރީއެއް ނުވެވުނު. ތިމަންނާއަކަށް ނޭންގެޔޭ ބުނުމަކުން ނުފުދޭ. މި ސަރުކާރަކަށް ދެން ރައްޔިތުން އަލުން އިތުބާރެއް ނުކުރާނެ. ކުރި އުންމީދުތައް ވެއްޔާ މޮޑެވިއްޖެ. ހޭދަވީ މަދު ދުވަސްތަކެއް، ދެން އެކަމަކު ރަނގަޅުވާނީ އިސްތިއުފާ ދިނިއްޔާ
އޮނަރަބަލް ކުޑަ މުދިންބެ
25 December 2024
ރަށް ރަށު ކައުސިލް ތަކުން ވެސް ހައްގުވެރިންނަށް ދީފައި ހުރި އެތަކެއް ބިމެއް އަތުލާ ޖެހިގެން އޮނަނަ ގޯތިން ޔަކާއެކު ފާރު ރާނައިގެން ގަދަކަމުން ގޯތިތަކަށް ވެރިވެފައިވާ އެތަކެއް މައްސަލަ އެއްގެ ޝަކުވާ ލޭންޑް ޔޫސް ޕްލޭނުތަކާއި އެކު ޕްލޭނިން މިނިސްޓރީ އަށް ވެސް ފާއިތުވީ އަހަރުތަކުގައި ވަނީ ހުށަހަޅާފައި . ދެން އެ ލިންތައް ވެސް އަދާ އެ ހުލިވީ. ދެން އެ ޝަކުވާތަށް ދުވަހަކުވެސް ބެލޭނެ ގޮތެއް އަދި ހައްގުތައް ހޯދޭނެ ގޮތެއްވެސް ނޯންނާނެ.
އިދްރީސް މުހައްމަދު
25 December 2024
ވަރަށް އުފާވެއްޖެ މަ ވޯޓް ނުދީ ގެނައި ވެރިކަމެއް ނަމަވެސް ވައްކަން މިހާ ރަނގަޅަށް ބަލާތީ. އެއްވެސް އެހެން ސަރުކާރަކުން ނެތް މިކަން މިހެން ކޮށްފައެއް