ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު: އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައި --- ފޮޓޯ/މިހާރު
26 ޑިސެމްބަރ 2024 - 15:59
ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރުމުން ކަމަށެވެ.
އެ މައްސަލައިގައި ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދު އަދި ދީނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
ޕީޖީ އޮފީހުން ބުނީ ފެނަކައިގެ އެ ނިންމުމުގެ ސަބަބުން ނުވަ ލައްކައަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ފެނަކައިގެ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާ އުފުލިއިރު، އޭސީސީން މިހާރު ވެސް އަންނަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް އޭރު ހުށަހެޅި އެވެ.
އެކަމަކު އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީން އޭރު އަޅާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
28 December 2024
އަދިކިރިޔާ؟ މީނާމިނިވަންކަންމަތީ މިގޮތަށް އުޅޭތަން ފެނުނީމަ މިގައުމުގައި ކޮރަޕްޝަނާއި ފަސާދަޔާ ދެކޮޅަށް މަސައްކަތް ނުކުރެވޭމިންވަރު ހާމަވޭ. އެމް.ޑީ.ޕީ ކުރީސަފުގައި މީނާހުންނަތަން ފެނުމުން އެޕާޓީގައި ނަޒާހަތްތެރިކަން ނެތްމިންވަރު ހާމަވޭ.
ހުސަ
28 December 2024
ވަރަށް ސްލޯކޮށް ކޮރަޕްޝަންގެ މައްސަލަތައް މިރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ތަޙްގީގުކޮށް އެކަންކަން ބަލަނީ! މިހެންވީމަ ރާއްޖޭގައި ކޮރަޕްޝަން އާލާވެ މޫލާފައިވަނީ! ރާއްޖެއަންނަ ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަން އިންތިހާއަށް ބޮޑުވަނީ އެހެންވެ! އެންމެނަށް އެނގޭ ބޭނުންހާ މިންވަރަށް ކޮރަޕްޝަން ހިންގާފަ ބިންތަކާއި ފްލެޓްތަކާއި ބޮޑެތި އޮޑިދޯނިފަހަރު ބަނދެގެން ދާންވީކަން! އެކަންކަން ނުބެލޭކަން! ހާވަހާވަ ދޫކޮށްލަނީކަން! ނެތް ސަލާމަތެއް!
މާކުސް
28 December 2024
ސައީދުވަށްކަންކުރި . އެކަމަކު އެއްއަހަރުވަންދެން ހާވައިގެން ތަހުގީގުކޮށްގެން ފެނުނުއެއްޗަކީ އެންމެ 8 ލައްކައެއްހާރުފިޔާވީމަ ލަދުގަންނަން އެބަޖެހޭ. ފެނަކަ ބަގުރޫޓުވީ 8 ލައްކަރުފިޔާ ނެތިގެންނޭތަ ތިބުނަނީ. ރަނގަޅަށްވިއްޔާ ތިޔަ 8 ލައްކަ ރުފިޔާގެ ދައުވާތީ ކުރީސަރުކާރުން ތައްޔާރުކޮއްފަ އޮތް ދައުވާއަކަށްވާނީ މިސަރުކާރުން ހަމައެކަނި ކޯޓަށް ފޮނުވާލުން ކުރެވުނުކަމަކީ. ލަދުވެތި
ރާވެރިބެ
28 December 2024
ކޮރަޕްޟަން އަކީ ވަކި ޕާޓީއަކަށް ޚާއްސަ އަމަލެެއް ނޫން. ސިޔާސީ ޕާޓީ ސިސްޓަމް ތައާރަފް ވިފަހުން ހުރިހާ ސަރުކާރެއްގަ ބާރަށް ފެތުރެމުންދާ ކަމެެއް. ބައެއް ފަހަރު މަތިން ރޭވިގެން ހިގަނީ. ފެނަކަ ސައީދު ހިމާޔަތް ކުރަން އުޅުން ގޯސް. ހަމަ އެގޮތަށް މިހާރު މިހިގާ އެޗްޑީސީފެ ކޮރަޕްޟަނާ އެންސްޕާގެ މައްސަލަ ދިފާއު ކުރުން ބަލައި ނުގަނެވޭނެ. ގައުމު ހިންގުމުގެ މުޅި ސިސްޓަމަށް މިއޮތީ ކެންސަރު ޖެހިފަ. އަބަދު ވެސް ރައްޔިތުންނަށް ހުރިހާ ދެރަ އެއް!
އޮނަރަބަލް މިނިކާ ވަގު
27 December 2024
ގާނޫނުގެ ދިގު އަތް މިއޮތީ އަރާ ހަމަކޮށްފައި . ރައްޔިތުންގެ މާލިއްޔަތުން ބަޖެޓުގައި ޖަހަގައިގެން 1 މިލިއަން ރުފިޔާގެ އަގުބޮޑު ކާރެއް ގަނެގެން އަރާއިން ފެނަކަ އެމްޑީ ، ވަގަކަށް ހާސް ދުވަސް ވެރިއަކަށް 1 ދުވަސް .
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
27 December 2024
މި ފެންނަނީ މި ސަރުކާރުގެ އަސްލު ސިފަ. މި ސަރުކާރު އޭގެ މައްޗަށް ބިނާވެފައިވާ 3 އަސާސަކީ އުނބަށް ޖެހުން، ރޯމަރު ބުހުތާނު ދޮގު ހެދުން އަދި އާޓު ދެއްކުން. މިވަރުގެ ބައެއްގެ އެއްވެސް އިހުލާސްތެރިކަމެއް ހުންނާނެ ކަމަށް އެއްވެސް އުއްމީދެއް ކުރުމަކީ ބޭކާރު ކަމެއް.
އަކުންބޭ
27 December 2024
ޝުކުރުގެ ސަޖިދައެއް މި ޖަހަނީ
ސުމާޓޭ
27 December 2024
އަހަރު ވީއިރުވެސް މޫކޭއާ ދެކޮޅަށް ހެކި ނުފެނިގެން ފުލިހުން އުޅެނީ.. ސުމާޓު ގޮލަޔަކީތާ؟
އަފްސަލް ހަމީދު
27 December 2024
ކޮބާ ދެން ކީކޭ އެމްޑީޕީއިން ބުނާނީ؟ ކޯއްޗެއްގެ ދިފާއުގައި ދެން ނުކުމެވޭނީ؟ މީ ބޮޑުވަރު
މުހައްމަދު ކަރީމް
27 December 2024
އަދި ކިރިޔާ ރަނގަޅަށް މިދަނީ. ހުސް ވަގުން އެމްޑީޕީގަ ތިބީ