ބިދޭސީން ބަނގުރާ ކަައްކަމުން ދިޔަ ތަނެއް--ފޮޓޯ: ޕޮލިސް
28 ޑިސެމްބަރ 2024 - 14:14
ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ތިނެއްގައި ބިދޭސީއަކު ފޮށިގަނޑެއް ހިފައިގެން ދާތަން ފެނިގެން ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ދިޔަ ކަމަށެވެ. އޭނާ ފޭސް 3 ގެ ބީޗް ސަރަހައްދުގައި އެ ފޮށިގަނޑު ފޮރުވި ކަމަށާއި އެކަން ހުއްޓުވަން އުޅުމުން ފުލުހުންނާ މާރަމާރީ ހިންގައި ފިލަން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބެލި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށާއި އެ މީހުން ދިރިއުޅެމުން ދިޔަ ސައިޓަށް ފުލުހުން ދިޔުމުން އިތުރު ދެ މީހަކު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ކެއްކި މައްސަލާގައި ހައްޔަރު ކުރި ތިން މީހުން--ފޮޓޯ: ޕޮލިސް
އެތަނުގައި ބަނގުރަލަށް ޝައްކު ކުރެވޭ 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް އަދި ބަދިގެ ތެރެއިން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
30 December 2024
މި ސަރުކާރުން ޑޮލަރު ގެންނަން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް؟
އަންދަލޫސިޔާ
29 December 2024
ފޮރިން އިންވެސްޓަރުން؟ މިމީހުން ރިޒޯޓްތަކަށް މި ޕްރޮޑަކްޓްތައް ވިއްކަންތޯ؟
ވަލީދާ
29 December 2024
އެޗްޕީއޭގެ ހުއްދަ އޮތްތޯ މިތަނުގަ؟
އަބުދުބެއްޔާ
29 December 2024
މިމީހުން ލައްވާ ވިޔަފާރި އުސޫލުން ތި ކައްކުވާފަ ރިސޯރޓް ތަކަށް ވިއްކާ ނޫނީ އެކްސްޕޯރޓް ކުރެވޭ ގޮތެއް ހަދައިފިނަމަ އިގްތިސާދަށް އިތުރު ޑޮލަރު ވަންނާނެ ދެއްތޯ؟ މެގަ ޕްރޮޖެކްޓް ތައް ހިންގާލަން.
ކިޔާލު
29 December 2024
ފޭސް 3 އާއި ފޭސް 2 ގެ ބޯޑަރަކީ ކޮބާ؟ ފަރުކޮޅު ފުށި އެއީ ފޭސް 3 ތަ؟
އަލްޖިބްރރާ
28 December 2024
ތީގެ އެޖެންޓުން އެބަތިބި ހުޅުމާލެ ސަފާރީތަކުގަ.
އަބްޑޫޅް +
28 December 2024
މިހާރު ދިޔާހަކުރު ކެއްކީމަވެސް ކުރަނީ ހައްޔަރު.
ބަލަގަ
28 December 2024
އައްޑޫ ހިތަދޫގައި ތިކަން ދާއިމީކޮށް ހިގާ.. އެކަން ނުހުއްޓުވަނީ ކީއްވެ.......
ަްައަރަގު
28 December 2024
ކޯޗެއް އަޅާގެންތޯ ކައްކަނީ ސާފުކޮއްލަދީބ ަ
ޙރގނދ
28 December 2024
އަޅެ ނިއުޔެއަރ ފަނިކޮށްލީޔޭ.. އެކްސްޕޯރޓް ކުރަން ކަންނޭގެ އެއުޅެނީ.. ޑޮލަރު ގިނަ ކުރަން..
ޖަމްބޭ2
28 December 2024
ކޮން ޔެއަރ އެކޭތޯ؟