މާރާމާރީގެ މައްސަލާގައި ތިމަރަފުށިން ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
29 ޑިސެމްބަރ 2024 - 12:56
ތ. ތިމަރަފުށީގައި ގެއަކަށް އިއްޔެ ގްރޫޕަކުން ވަދެ މާރާމާރީ ހިންގި މައްސަލާގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުންނަކީ އެ ރަށު ޖަހާމުގުރިގެ، އަހްމަދު އަމީން، 36 އާއި ސަލްވާ، އަހްމަދު ޝަހުދީ، 38 އާއި ހިރި، އާސް އިބްރާހިމް، 32 އާއި ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް، 39ގެ އިތުރުން ވިލިމާލެ، ވަވަތް، މުހައްމަދު ރައޫފު، 54 އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ މާރާމާރީ ހިންގި ސަބަބެއް އަދި މީހަކަށް އަނިޔާވި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން އިއްޔެ ބުނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހުން ވަދެ މާރަމާރީ ހިންގި މައްސަލައެއް މެންދުރު ފަހު 1:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެ ގްރޫޕުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީއްތަ މި ކުރަނީ
29 December 2024
ރައުފު ކަހަލަ މެދުއުމުރު ގެ މީހަކު މިތަނަށް ވަދެ ކީއްތަ މި ކުރަނީ. މީނަ މީ މިގޭންގު ގެ ބޮސް ތަ
ފަޅުމަސް
30 December 2024
ވަކި އުމުރެއްގެ މީހުން ކުރުން އޯކޭ ކަމަކީތަ؟
ސިލްމާ ޒާހިރު
29 December 2024
ދެން ފެނަކަ ވަޒީފާތައް ތިމަރަފުށީން ނެރޭނެ 5 މީހުންގެ ފޮޓޯފުޅު.
ވަހޫދުޔ
29 December 2024
ބޮޑަށް ވައްތަރީ މާލޭގެ ބޭފުޅަކުގެ ސާމާމު ވިއްކުމުގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލައަކީ. ރަށްރަށުގައި ހިނގާ ހުރިހާ މާރާމާރީއާއި މާލޭގައި ހިނގާ ހުރިހާ މާރާމާރީގެ އަސްލު ގޮސް މިނިމެނީ އެއްކަލަ ބޭފުޅުންގެ ސާމާނަށް.
ހަމްދާ ސައީދު
29 December 2024
ދެން އަވަހައް ދޫކޮއްލާ