ކްރިމިނަލް ކޯޓް: އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
30 ޑިސެމްބަރ 2024 - 17:24
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ކޯޓުން ބުނީ ހުކުމް އިއްވާފައިވަނީ ނަސްރުﷲ ފާއިޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ ނަމަވެސް އެއީ ކޮންއިރަކު ހިނގި ހާދިސާއެއް ކަމެއް އަދި އެ މައްސަލާގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެ ބާވަތުގެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވެސް ސިއްރު ކޮށްގެންނެވެ.
ނަސްރުﷲ ގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު، ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 15 އަހަރަށް އަދި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގައި 10 އަހަރަށް އޭނާ ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި އެންމެ ބޮޑު އަދަބު ދެވޭ އެއް ކުށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރައްޔާ
30 December 2024
ދެން ޖަލުގަ އޮވެގެން ރާކަނިމަސް ކައި،
ރާކަނިމަސް
01 January 2025
ތިންމަސްފަހުން ކޯޓުންއަލުން މައްސަލަރިވިއުކޮށްފަ އުންސުރު ބިނދިފައޮވެގެން ދޫކޮށްލީމަ ނިމުނީ.
ފިނިކުރި ޕަރީ
30 December 2024
ތިޔައީ ކޮން ނަސްރުﷲ ފާއިޒެއްކަން ކަރެކްޝަނަށް އެނގޭނެ ކަމުގަ އުންމީދުކުރަން. އަނެއްކާ ނުބައި މީހަކު ނުގެންދާތި ޖަލަށް.
ބުރުގާ
30 December 2024
މާދަމާ ދޫކޮއްލާނެ. މީ ދިވެހި ރާއްްޖެ!
ހަބީބު.
30 December 2024
ދައުލަތުގެ ހަޒާނާ ކާލި އަދީބުމެން ބޭރުގަ އިއްޒަތުގަ
މަހުމޫދު
30 December 2024
އަދީބުއާ ނަސްރުއާ ކިހިނެތް އެއްވަރު ކުރަނީ ތިޔަ. ނަސްރުއަކީ ޕެޑޯފައިލްއެއް. އަދީބުއަށްވުރެ ނުރައްކާތެރި މީހެއް. ގެޓު ނުވިޔަސް ކޮމެންޓެއް ކޮށްލަންވާނެ އިނގޭ
ގަބުޅި ކަތީބު
30 December 2024
އޮރިޔާން ކާޑް ގެންގުޅުގެ ދައުވާއޭ؟ މިހާރު އިންޓަނެޓްގެ %90 އަކީ ޕޯން ޓްރެފިކިންގ. ގިނަމީހުންގެ ފޯން ހިސްޓްރީގަ ހުންނާނީ ހުސް ތިބުނާ ކާޑް.
ގެދާނޯމޮސް
30 December 2024
މީ ރާއްޖޭގައި އާންމު ކަމެކެވެ.! ނަމަވެސް އަންގަން ޖެހިލުން ވާސަބަބު ތަށް ހުރެ އާއިލާ ތަކުން ޖެހިލުންވަނީ އެވެ.