އުމްރާގެ އަޅުކަން އަދާކުރުމަށް އެއް އާއިލާއަކުން 40 މީހުން ވަނީ ގޮސްފައި.
31 ޑިސެމްބަރ 2024 - 18:16
މި ޑިސެމްބަރު މަހުގެ އުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހި އެއް އާއިލާއަކުން 40 މީހުން ސައުދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ މި އާއިލާ ސައުދީ އަށް ދިޔައީ މި މަހުގެ 16 ގަ އެވެ.
އުމުރުން 70 އަހަރުގެ މީހަކު ހިމެނޭ ގޮތަށް އާއިލާގެ އެކި އުމުރުފުރާގެ ޖުމްލަ 40 މީހުން މި އުމްރާ ދަތުރުގައި ބައިވެރިވެ އެވެ.
ސައުދީގައި މިވަގުތު ހުރި އެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ އުމްރާ ދަތުރުގައި ބައިވެރިވުމަށް އާއިލާގެ ގިނަ ބަޔަކު ބޭނުންވިޔަސް އެކި ސަބަބުތަކާ ހުރެ އަދިވެސް ބައެއް މީހުންނަށް ދަތުރުގައި ބައިވެރި ނުވެވޭ ކަމަށެވެ.
މި އާއިލާ އިން އުމްރާގެ އަޅުކަން އަދާކުރީ އެ މީހެއްގެ ހަރަދެއް އެ މީހަކު އަމިއްލަ އަށް ހަމަޖައްސާ ގޮތަށެވެ. އުމްރާގެ އަޅުކަމަށް ދިޔަ އެ 40 މީހުންގެ ތެރޭގައި އެއްބަނޑުއެއްބަފާ މީހުންނާއި ބޮޑުބޭބެއިންނާއި ބޮޑުދައިތައިން ފަދަ އާއިލީ ގޮތުން ވަރަށް ގާތް މީހުން ހިމެނެ އެވެ.
A single Maldivian family comprising of 40 people who came for Umrah visited the Embassy on a familiarization visit. The group was welcomed by Ambassador Sareer and staff who enquired about their well-being and experiences of their Umrah visit. pic.twitter.com/hB0TZLgQT7
— Maldives in KSA (@MDVinSaudi) December 30, 2024
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ރިއާދުގައި އާއިލާގެ މީހަކު ވެސް ދިރިއުޅެމުން އަންނާތީ އެ މީހުން ސައުދީ އަށް ދިޔައީ އުމްރާގެ އަޅުކަމަށް ފަހު ސައުދީގައި ޗުއްޓީ ހޭދަކުރާ ގޮތަށް ކަމަށެވެ.
"ސްކޫލު ޗުއްޓީ އަށް މި ފަހަރު އެހެން ތަނަކަށް ދިއުމުގެ ބަދަލުގައި އުމްރާ އަށް ހާއްސަ އިސް ކަމެއް ދީގެން އާއިލާ މި އައީ މިތަނަށް މިތަނުގައި ވެސް ޗުއްޓީ ހޭދަކުރެވޭ ގޮތަށް،" ކޮންމެ ޗުއްޓީއެއްގައި ވެސް އެކި ތަންތަނަށް ޒިޔާރާތްކުރާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އުމްރާގެ އަޅުކަމަށް ފަހު އެ އާއިލާ އިން ސައުދީގެ އެކި ތަންތަނަށް ޒިޔާރާތްކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް.
އެހެންވެ، ޓޫރިސްޓު ވިސާގައި އެ މީހުން ސައުދީ އަށް ދިޔައިރު އޭނާ ބުނިގޮތުގައި ދަތުރުގައި މައްކާ އާއި މަދީނާގައި 10 ދުވަސް ހޭދަކުރި އެވެ. އެ ތަންތަނުގެ ތާރީހީ އެކި ތަންތަނަށް ވެސް އެމީހުން ދިޔަ އެވެ.
އެ އާއިލާ އިން ބުނީ ސައުދީގެ އެކި ތަންތަނާ ގުޅޭ ތާރީހީ ވާހަކަތައް، އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އެހީގައި ލިބުނު ކަމަށެވެ.
ރާއްޖެއިން އުމްރާއަށް ދިޔަ 40 މީހުންގެ އާއިލާއަށް ސައުދީ ސަފީރު ބައްދަލުކުރެއްވުން.
ސައުދީގައި ހުންނަ ދިވެހި ސަފީރު އަހުމަދު ސަރީރު ވެސް ވަނީ މި އާއިލާއާ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަހިއްޔާ
01 January 2025
10،000ރ ބޮލަކަށް ނުޖެހޭ އުމްރާ ދަތުރަށް 29،500ރ ދީފަ ދިއުމަށްވުރެ އަމިއްލައަށް ދިއުން މާރަނގަޅު. އެހެން ގައުމުތަކަށް ގޮސްވެސް އަމިއްލައަށް އުޅެވޭއިރު މިކަންވެސް ނުވާންވީ އެއްވެސް ސަބަބެއް ނެތް. އުމްރާ ގްރޫޕްތަކުން ދިވެހިން ހަމަ ފެލަނީ 3 ގުނަ ފައިދާ ލާފަ. ބޮއިކޮޓް އުމްރާ މާފިޔާ.
ރަޒިއްޔާ
02 January 2025
އެކޮއި 10،000ރ އަށް ޑިސެމްބަރު މަހު އަމިއްލައަށް އުމްރާ ކުރެވިއްޖިއްޔާ ތީ ވަރަށްމޮޅު މީހެއް.
އަމިއްލަ
01 January 2025
މިގައުމުގަ މާފިޔާ ނޫން ގޮތަކަށް ކަމެއް ކުރޭތަ؟ އިހަށްދުވަހު ގަދަ އަށް ދެއްކީ މެޑިކަލް މާފިޔާ ވާހަކަ. މިއަދު 2025 ފެށުނު ދުވަހު ދައްކަން މިޖެހެނީ އުމްރާ މާފިޔާ ވާހަކަ. 10،000ރ ބޮލަކަށް ނުޖެހޭ 14 ދުވަހުގެ އުމްރާ ދަތުރު މި ވިއްކަނީ 28،500ރ ނޫނީ 29،500ރ އަށް. އެވަރުންވެސް މިހާ ހެޔޮ ރަނގަޅު ބައެއް ނެތްކަމަށް މިގްރޫޕްތަކުން އިޝްތިހާރު ކުރޭ. ޒަމްޒަމް ފެނަކީ ހިލޭ ސައުދީން ދޭ އެއްޗަކަށް ވާއިރުވެސް މިވެރިން ދޭ އެއްޗަކަށް ހަދައިގެން އިޝްތިހާރު ކުރޭ
ރަޒިއްޔާ
02 January 2025
އެމީހުން ކުރާ މަސައްކަތަށާ ހިތްވަރަށް ސާބަސް. ސަރވިސްއެއް ދެންޏާ އަގެއް ނަގާނެ. އެއީކީ އެހާ ފަސޭހަކަމެއްނޫން ކުރާކަށް. ރިސްކުވެސް ބޮޑުކަމެއް. ކަމެއް ގޯސްކޮށް ގޮއްސިއްޔާ އެމީހުން އަތުން ހުރިހާ ޚަރަދެއްދާނީ. ބޭނުން ނޫނިއްޔާ އަމިއްލައަށް ދިއުން ބުއްދިވެރީ.
ށސ11
01 January 2025
އުމްރާ އަޅުކަންވެސް މިހާރު މިއޮންނަނީ ޕިކްނިކް ދާގޮތަށް، ޓޫރިސްޓުން ތަންތަނަށްގޮސް ފޮޓޯނަގާ ވީޑިޔޯކުރާހެން، ދެއްކުންތެރިކަން ހިމެނޭ ގޮތަށް. ހިތާމަހުރި
ޜިޒްނާ
01 January 2025
މި ވެސް ދެން މިހާރު ޓުރެންޑެއް. އުމުރާ ޓުއަރިޒަމް އަކީ މިހާރު ފުޅާ ވަމުން އަންނަ ވިޔަފާރިއެއް.
ޙުސްނީކު
01 January 2025
ގިނަ އުމްރާ ގުރޫޕް ތަކުން ވިޔަފާރި ކުރަނީ 3 ގުނަ ލާފަ! ޥަކިން ރޫމް ނަގަންޔާ $600 ޑޮލަރު. ޢަސްލު 15 ދުވަހަށް $150 ޑޮލަރު ނާރަ! ޙައިޑިން ޗާރޖްސް އެހާ ގިނަ.
ކޮރަލް
31 December 2024
ޗުއްޓީގައި އަހަރަކު އެއްފަހަރު ނަމަވެސް ދާން ވީ މައްކާ އަށެވެ. ހަރަމް ގައި ކުރާ އެންމެ ނަމާދެއް އެއީ 1 ލައްކަ ނަމާދުގެ ސަވާބު ލިބޭނެ ކަމަށް ހަދީސް ގައި ވާރިދު ވެފައި ވެ އެވެ.
ބޮލިރޯނު
01 January 2025
ރަނގަޅީ އަހަރަކު 4 ފަހަރު ދޯ!
ހަސަނު
31 December 2024
ވަރަށްގިނަ ޑޮލަރު ބޭރު އެވީ އެންމެ އާއިލާއަކުން....
ފަރަންޖީ
31 December 2024
މަރުހަބާ ހުރިހާ ބޭފުޅުންނަށް.. ގަބޫލުކުރަން ބޭނުން ނުވިޔަސް މިގައުމު ހަގީގަތުގައި އެހެން ތަރައްގީވަމުން އަން ގައުމުތަކާ އަޅާބަލާފައި މުއްސަނދި. ދިރިއުޅުމުގެ ފެންވަރުވެސް މަތި. މާލޭ ސަރަހައްދުގައި ބޯހިއްލާ ނުލެވިގެން މިއުޅެނީ ކުއްޔަށް ދާ އެއްޗެއްގެ ބޮޑުކަމުން. ދިވެހިން އަތުގައި ޑިސްޕޯސަބަލް ލާރި އޮތްވަރު އެނގޭނެ މިމަހު އެއަޕޯޓުގައި ދެތިން ގަޑިއިރު މަޑުކޮށްލިޔަސް. ބައެއްމީހުން ހެޔޮގޮތުގައި ޚަރަދު ކުރަނީ އަނެއްބައި ލަސްވޭގަސްގައި ޖުވާކުޅުމުގައި.
ލޮޑަރު
31 December 2024
އަދިވެސް ޑޮލަރު ހުރީ 19.30 އަށް، އެހެންވީމާ ފުދޭވަރަކަށް މުއްސަދި...
ބަވަވ
31 December 2024
ޑޮލަރު 19.10 ލިބެންހުރި މިރޭ.