ސިވިލް ކޯޓުން ހިންގާ ޖަސްޓިސް ބިލްޑިން: ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
31 ޑިސެމްބަރ 2024 - 14:34
ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަތުމުން، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އުޅެ އެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 ހަމަވާން ޖެހެ އެވެ. އެހެންވެ، ތިނަދޫގައި ސިޓީއެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ އެވެ.
އެ މައްސަލައާ މެދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. އަދި ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ މަސްދަރެއް ވެސް ނޫން ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައި ކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ. އެހެންވެ، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ފުރަތަމަ މަރުހަލާގެ އެ ކޯޓަށް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު މި މައްސަލަ ހުށަހެޅުއްވުމުން އޭނާ ވަނީ ސަރުކާރުގެ މަގާމުން ވެސް ވަކިކޮށްފަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ރާގިބު ވިދާޅުވެފައިވަނީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައި ވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާ ކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށެވެ.
"އަޅުގަނޑު ބެލި ބެލުމުން އެނގެން އެބަހުރި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުން ލިސްޓުގައި. ހަމައެކަނި އައިޑީކާޑު ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން އެބަތިބި. ތަކުރާރުކޮށް އައިޑީކާޑު ބަދަލުކޮށްފައި މީހުން ނަންތައް ހިމަނާފައި އެބަހުރި. އެއީ ޣައިރު ގާނޫނީ ލިސްޓެއް،" ރާގިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރަށް ހުށަހެޅުމުން އެތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ވާތީ ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަން އެދިވަޑައިގެންފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.
ތިނަދު އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ. މި މައްސަލަ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނުނު
03 January 2025
ގާނޫނުގައި 10000 ހަމަވާންޖެހޭކަމަ އޮތީ. އެކަމު އަސްލު އާބާދީ އެއަށްވުރެއްދަށް. އަދަދު ހަމަކުރީ އޮޅުވާލއިގެންތޯ ނޫންތޯވެސް ބެލުމެއްނެތް؟ ރައީސްގެ ގަރާރެއްވީމާ ކޯޓަކުން ނުބެލޭ؟ އެހެންވީމާ ގަރާރަކުން ފައިސާގަޑެއް ދަވާލާ ބިންކޮޅެއް ކަޓުވާލޒިމާ ވެސް ކޯޓުން ނުބަލާނެތާ؟
މޮޔަދިވެއްށެ
03 January 2025
ދެން އިތުރަ ތިކަމާ އުޅޭނެކަމެއް ނެތެއްނު. އެޔޮތީ ބުނެފަ ގަނޫނީބާރުވެރިކަމެއް ނެތްވާހަކަ. އެހެންވީމާ ސިޓީއަކަށް ވާނެގޮތެއް ނު ވިސް ނޭ؟ ސިޓީއަކަށް ބަލާފިނަމަ ގާނޫނާ ހިލާފުވީނު؟
ސިޓީ
31 December 2024
ހުރިހާ ރަށަކަށް ސިޓީ ދަރަޖަ ދީބަަލަ. ދަރަޖަވިއްޔާ ބޭނުންވަނީ. ހޮސްޕިޓަލުން ޕެނަޑޯލް ލިބެން ނެތަސް ސިޓީކީމަ އެނިމުނީ. އޭރުން ދިވެހި ރައްޔިތުން ތިބޭނީ ހެވިދިއްލި އަތްޖަހަން ކޮނޑުހުޅުން ނެއްޓެންދެން.
ތިނަ ދޫ ދިޔެ
31 December 2024
ރައީސްގެ ގަރާރަކުން ނިންމި ކަމެއް ގާނޫނާ ޚިލާފުކަމަށް ވަންޏާ އަނެއްކާ ވެސް ރައީސްގެ ގަރާރަކުން އެ ގަރާރު އުވާލީމަ ނިމުނީނުން.
ތިނަދޫ ޕްރޮވިންސް
31 December 2024
ޕްރޮވިންސެއްގެ ދަރަޖަ ދީފިން..
އައްބެ
31 December 2024
ވިލެޖެއްގެ ކިހިނެތްވާނީ
ރޫޙްތިނަދޫ
31 December 2024
ގައްދޫ މީހުން ކިހިނެތް މި އުޅެނީ، ހަސަދަވެރިވެގެން އުޅުނަސް ބޮޑުވަރު. މާތާހިރުވާނެ އަމިއްލަ ރަށު ކަންކަމާއި އުޅުނިއްޔާ، ގައްދޫ އާބާދީގެ 90 ޕަސެންޓު މަސްތުވާތަކެއްޗަށް ގޮސް ހަލާކުވެފައި. އެކަމަށް ހައްލެއް ހޯދަން ރާގިބު އުޅެލަބަލަ.
މިދެން44
31 December 2024
މިދެން ކޮންކަމެއް. ސަރުކާރުން މިކަމަކާއި އުޅެނީކީނޫން. އެހެންބިމަ މިއީ ހަސަދަ
އެކަލޯ1
31 December 2024
ސަރުކާރުން ނޫޅުނަސް ގޯހުން ކަމެއް ކޮށްފަ / ކުރެވިފަ އޮތްނަމަ ރަގަޅުކުރަން މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެއް. އެފަދަ ކަންކަން ސިޔާސީނުކޮށް ހަމަވިސްނުމަކުން ވިސްނާ އިސްހާހުކުރުމަށް ދެވެން ހުރި އެހީތެރިކަމެއް ދެއްވާ
ކުޗީބާނޫ
31 December 2024
ޤާނޫނާ ޚިލާފަށް ކޮށްފައިވާކަމެއްކަން ކަނޑައެޅިގެން އެނގެން އޮތްއިރު އެކަން ނުބަލާ ދޫކޮށްލުމަކީ ރައީސް އޮފީސް ޤަނޫނާ ޚިލާފު ވެއްޖެކަމެއް. މިސަރުކާރަކީ ޤާނޫނާ ޚިލާފު މައްސަލަ ބަލާ ސަރުކާރެއްނަމަ މިކަން ބަލަން ޖެހޭނެ. ނުވާކަމެއް ވެއްޖެކަމަށް ނިންމާފައި މިސަރުކާރުންވެސް ދޫކޮށްލަނީތަ.
ޕީ.އޯ
31 December 2024
ބަލަ ތިނަދޫ އަށަ ސިޓީ ގެ ދަރަޖަ ދިނީ ލާމަރުކަޒީ ޤާނޫންގެ ދަށުންނެއް ނޫން. ތިނަދޫ ގައި ދިހަހާސް ހަމަނުވާތީވެ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނީ ރައީސުލްޖުމްހުރިއްޔާގެ ޙާއްސަ ޤަރާރަކުން. މީގައި ނެތް ޤާނޫނާއި ޚިލާފުކަމެއް.
ކުށީބބް
31 December 2024
މައްސަލައަކީ ލިޔެކިއުންތައް ބަދަލުކޮށްގެން އެކަން ކުރީމަ. ސާފުބާ
ގާނޫނު
03 January 2025
ގާނޫނީ ބާރުބެރިކަމެއްނެތި ކިނެއްތޯ ސިޓީއެއްގެ ގޮތަށް ހިންގަނީ؟ ކިހިނެއްތޯ ސިޓީއަކަށް ގާނޫނުން ދޭ ވަސީލަތްތަކާ، ސިޓީ ކައުންސިލާ، މޭޔަރާ އެތަންތަނުގެ ހަރަދު ދެނީ؟ ގާނޫނުނަ ބޭރުން ރައީސްގެ ގަރާރުންތޯ؟ ކޯޓުތަށްތީ ކިހިނަކުން އޮޕަރޭޓުވާތަންތަނެއް؟
ބަލަ
03 January 2025
ބަލަ ގާނޫނާ ހިލާފަށަ ރައީސްއަށަ ގަރާރު ނެރެވޭތަ؟
ސަލިންބެ
31 December 2024
ސިވިލް ކޯޓުން ތިމައްސަލަ ބަލަންވާނީ ބެންޗަކުން. އެކަކު ބަލާވަރަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލައެއްތީ. އަނެއްކާ ސިވިލް ކޯޓުގަ އެހާގިނަ ހުވަދޫ އައްޑޫ ގާޒީން. މިކަމުގަ ދެކެވޭ ވާހަކައެއް ބަޔަކު ތިނަދޫއަށް ހަސަދަވެރިވެޔޭވެސް. އެހެންވީމަ އިންސާފުވެރިކަން ކަށަވަރުކުރުވަންވާނެ.
އަބްޑޫޅް +
31 December 2024
ހަވަރުތިނަދޫ މީހުން އަނެއްކާވެސް ބަގާވާތެއްކުރީ ދޯ؟