ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން: އެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައި --- /ޕޮލިސް
01 ޖެނުއަރީ 2025 - 19:01
ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް މިއަދު ހާޒިރު ކުރުމުން އެ އެންމެން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާ އަހަރު ފެށުމާ ދިމާކޮށް، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ސ. ހުޅުދޫ ޗާންދަނީގޭ އަހުމަދު އާނިޝް އާއި އެ ރަށު ހެޕީޑްރީމް، އިބްރާހިމް އަކްމަލް އަބްދުއްސައްތާރާއި ގ. ރެއިންބޯ އިސްމާއިލް މާހީން މުސްތަފާ އެވެ.
އެ ތިން މީހުން ކޯޓުން ދޫކޮށްލީ ޝަރުތުތުތަކާ އެކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ތިން މީހުން ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ، އެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގަ އެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެ ފަހަރަކު އާ އަހަރު ފެށުން ފާހަގަކުރުމާ ގުޅުވައިގެން ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަ
02 January 2025
ނޫސްތަކުން މިފެންނަނީ: ސައުދީއަށް ޑްރަގް އެދެރެކުރި އީރާނުގެ 6 މީހަކު މަރާލައިފި........... އެކަމަކު އަޅުގަނޑުމެން ރާއްޖެގައި ބަނގުރާ ބޭނުންކޮށް، ވިޔަފާރި ކުރުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފި...... މިވަރުން ކިހިނެއް ގައުމު އިސްލާހުކުރެވޭނީ
ޅަހުއްތު އަލީ
02 January 2025
މިފަދަ ހުރިހާ ނުބައިކަންކަމުގަައި ގިނައީ އައްޑޫ ހުވަދޫ، މާލެމީހުން. ދުވަހަކުވެސް އޭދަފުށި މީހަކު ތީގެންކަމަކު އުޅޭ އަޑެއްނީވޭނެ. ސަބަބަކީ ތަައުލީމާ ތަރުބިއްޔަތު. ފަސްމުގުލަށް ނިސްބަތްވާ ހައެއްކަ ވަގުންނެތެކޭނޫން، އެމީހުން ނަގާނީ ކޭބަލެއް، ކުކުލުހާ، ބަބުކޭލެއްފަދަ އެއްޗެއް
ގޫބުރި
02 January 2025
މިއޮތީ އައްޑޫ މީހުން މި ޤައުމުގައި ކުރަމުންދާ ކަންކަން ފެންނަން،ދެން ކުރަނީ ވައްކަންކޮންމެ 100 މީހަކުން 90 މީހުންނަކީ ވަގުން،މިމާލެ ހަލާކު ކުރަމުން ދާ ބައިގަނޑު މީ،ހަކުރަށް ގޮސްވެސް ހުސްވެފަ ތިބޭނީ ބިއްޖެހިފަ،
އަހައްމަދޫ
01 January 2025
ސާބަހޭ. ދޫކޮށްފަ ބައިތިއްބާ. ތީމިހާރުފެންފޮދެއް ބޯލުންކަހަލަކަމަކަށް ވެއްޖެ
ގެދާނޯމޮސް
01 January 2025
ކޯޢްޗެއް! ހަމަ ބިރުން ދޫކޮށްލީއެވެ! ފުލުހުން ގެ އަގު ގައުމުގައި ނެތިގެން ދަނީ ހުވަޔާ އެއްގޮތަށް ނަތީޖާ އެއް ނުނިކުންނަ ވާޖިބު އަދާކުރާތީ އެވެ.! ޔުނީފޯމް ގެ ކުލަވެސް ކަޑަވެފައި ދޮންނަވަރަކަށް ފޭޑްވާތީ އެބަޔަކުވެސް ފޭޑްވަނީ އެވެ!
ޑރ ވާންޗޯ
01 January 2025
ލަނޑަޔާ ވާނީ ލަނޑަޔާ، ގާޒީއަކަސް ކަތީބަކަސް މުދިމަކަސް ދޯ؟.
ބަބާސް
01 January 2025
މިރާއްޖޭގައި ބަނގުރާ ހުއްދަ ކުރާނެ ދުވަސް ވަރަށް ކައިރިވެއްޖެ. މީސްމީހުންގެ ދަރިންނަށް ވޯޓު ލެވޭ އިރު މިކަން އޮންނާނީ ބަދަލުކުރަން ޖެހިފަ.
ވެންގަބޯ
02 January 2025
ފަހު ޒަމާނަށް އައިމާ ވިޔާނުދާ އަމަލުތައް ކުރުމަށް ހިތްވަރުދީ ކުރީ ސަފަށް ނެރޭނެ. ރަނގަޅު ކަންކަން ކުރާމީހުން ވަރަށް މަދުވާނެއެވެ
އެޗް އެމް
01 January 2025
އާއަހަރު ފެށިގެން މިދިޔައީ އަނެއްކާވެސް ކުރިމަގު އުޖާލާ ހިތްހަމަޖެހުން ދެނިވި މުސްތަގުބަލެއް އޮތްކަމުގެ އުއްމީދާ އެކު.
ޑރ ވާންޗޯ
01 January 2025
އެޔޯ އަނެއްކާ އާއަހަރާއެކު ބޮލަށް ގަލެއްވެއްޓުނީތަ؟.
ބުރުގާ
01 January 2025
ތިކަންވެސް ރާއްޖޭގަ މަނަލީ ނަމަކައް.
ހުޅު ދޫ
01 January 2025
ހުޅު ދޫ މީހުން ކުރަނީ މިކަން ދޯ
ކުސުރީ
01 January 2025
އާބާދީގެ ނިސްބަތުން އެންމެ ގިނައިން ހެރޮއިން ބޯ އެއް ރަށަށް ހުޅުދޫވާނެ.