ކަނޑަށް ވެއްޓިގެން ގެއްލިގެން ހޯދަމުން އަންނަނަ އަލީ އަރުޝަދު.
10 ޖެނުއަރީ 2025 - 11:19
ސަފާރީއެއްގައި އުޅުނު ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އދ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮތް ސަފާރީއެއްގަ އެވެ.
ގެއްލިގެން ހޯދަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދެވެ.
އޭނާ ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy