އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އަމްރު، ޝިފާޒް އަދި އާޒިމް.-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2025 - 12:52
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެމްޑީޕީއާ އަލުން ރޭ ގުޅިވަޑައިގެންފި އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، 2023 ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. އެ ބޭފުޅުން ޕާޓީން ވަކިވިއިރު، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ އިބޫގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދަށް ވަފާތެރި ފެކްޝަނެކެވެ.
ޑިމޮކްރެޓްސް އުފެއްދީ އޭރު އެމްޑީޕީން ވަކިވި ބޭފުޅުން ގުޅިގެންނެވެ.
އެމްޑީޕީގެ އިސްސަފުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން އަލުން ވެސް އެ ޕާޓީއާ ގުުޅިވަޑައިގެންނެވި އިިރު، އެ ޕާޓީން އަންނަނީ "ގާނޫނުއަސާސީގެ ދިފާއުގައި"ގެ ނަމުގައި މި މަހު 31 ގައި މާލޭގައި އެއްވުމަށް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސަތު
12 January 2025
ތީ ޕާޓީގެ ފޫވައް އުފުރާލި ގުރޫޕު މިފަހަރު އުޕުރާލާނީ ކޮން އެއްޗެއްބާ؟
ފަޅުމަސް
12 January 2025
މިއީ އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަސްލު.. އަނބުރާ އަޔަކަސް ދެން ވެރިކަން ހޯދަން ފަސޭހައެއް ނުވާނެ..
މަގުކޮށަނީ
12 January 2025
ތަންކޮޅެއް ދުރަށްވިސްނީމައި އެބަހީވޭ އަރިސްކުދިންކޮޅު ފޮނުވައިގެން 2028 އަށް މަގުކޮށަން ފެށީހެން. އެމެރިކާމީހުން ޓްރަމްޕަށް ދެވަނަފަހަރު ވެރިކަންދިނަސް، ހަމަގައިމުވެސް އެފަދަމީހަކަށް އަހަރެން ދެވަނަފަހަރަކު ވޯޓެއް ނުދޭނަން.
ޙ. ޙުސައިން
12 January 2025
ކަންކަން ވެގެން ދިޔަގޮތް ފެންނާން އެބައޮތް. ނަމަވެސް ހަގީގަތަކީ އެމް.ޑީ.ޕީ.ވެސް ހިންގައެއް ނުލެވުނު ޑިމޮކްރެޓްސް އުފެދުނުފަހުން އަދި ޑިމޮކްރެޓްސް އަށް ލިބުނު ސިޔާސީ ވަކި މޮޅެއްވެސް ފެންނާކަށް ނެތް. ދެންއޮތް ސުވާލަކީ ބޮޑާހޭކުމުގަ މުޅިއުމުރު ހުސްކުރާނިތޯ ނުވަތަ ނޫންތޯ؟
ހިކޭ ފެން
12 January 2025
މި މީހުން ބަލައި ނުގަންނަންވީ. އެންމެ މުހިއްމު ވަގުތު ބުރަކައްޓަށް ވަޅި ޖަހާފަ. މިއައީ ދިދި ޖެހި ކާރެއް އަތުވޭތޯ ؟؟؟؟
އިސްމާލި
12 January 2025
މަށަށް ހީވަނީ މޑޕ ރޫޅާލުމުގު ހަގީގީ ހަނގުރާމަ ފަށަން އަންނިގެ ވަފާތެރި ހަނގުރާމަވެރިން މައިދާނަށް ފޮނުވީ ހެން.
އަލިފާންފޮށި
12 January 2025
އައްދޭ! މި ވީ ކިހިނެތް؟ އެމްޑީޕީ ރޫޅާލަން އައި މީހުން އަމިއްލައަށް މި ރޫޅުނީ، އެމްޑީޕީ ނޫން ސިޔާސީ ޕާޓީއެއް ނެތް ޕާޓީ ސިސްޓަމް އައިފަހުން އެއް ވާނެއްގަ ސިޔާސީ ހަރަކާތް ކުރިއަށް ކުރިއަށް ގެންދާ. އެހެން ގިނަ ޕާޓީތައް ވަނީ ރޫޅިފަ. މި ވެސް މި ރޫޅުނީ. ވިސްނާ..... މާދަން ވާނެގޮތެއް ކާކައްތޯ އިނގޭނީ!
ކުރަނގިދެލޯ
12 January 2025
"ރޫޅާލާނަން" ރޫޅާލާނަން" ރޫޅާލާނަން" ކޮންމެޔަކަސް ނުރޫޅުނަކަސް ބޭކާރު ވެއްޖެ. މިހާރު ހީވަނީ ސިޔާސީ ހައްޕުނޑަށް ވެއްޖެހެން. ސިޔާސީ ރަތްކުޅުފައިބާ ހައްޕުނޑަށްވެއްޖެ.
އިސްމާލި
12 January 2025
ރޫޅާލަން އެންމެ ފަސޭހަ ވާނީ އެތެރޭގައި ތިބެގެން ދޯ!
އަލިބެއްޔާގެ ދިޔެ
12 January 2025
ތީ ދެން މިހާރު ސިޔާސީ ތަރި އޮއްސިފައި ތިބި މީހުން... ތި މީހުން ޕާޓީގެ އިސްސަފަށް ނުގެންނާތި. ޢާއްމު މެމްބަރުންގެ ގޮތުގައި ބައިތިއްބާ..ތި މީހުން ނެތަސް ޕާޓީ ހިނގާކަނަް ދައްކާލަން ވާނެ
ރިފުޤާ
12 January 2025
ކުރިން ބުނި އެތި ކެންސަލް ވީތާ ދެން އަންނި އާއި އީވާ ވެސް ގެނޭ