އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދަނީ.-- ފޮޓޯ: އެޗްޑީސީ
11 ޖެނުއަރީ 2025 - 17:31
އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ރާއްޖޭގައި ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ބޮޑުކުރި ރުކެއް ހުޅުމާލޭގައި މިއަދު އިންދައިފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ކެރޮން މިހާރު ހުންނެވީ އެނބުރި ގައުމަށް ވަޑައިގަންނަވަން ތައްޔާރު ވެގެންނެވެ.
އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދަނީ.-- ފޮޓޯ: އެޗްޑީސީ
އެހެންވެ، ކެރޮން އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން އެޗްޑީސީގެ މުވައްޒަފުން މިއަދު ބޭއްވި ފެއާވެލް އިވެންޓެއްގައި މި ރުއް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ އިންދައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެތަނުގައި މި ރުއް އިންދީ ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ކެރޮން ކޮށްދެއްވި ހިދުމަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކެރޮން ވިދާޅުވި ގޮތުގައި، މިއީ 2021 ވަނަ އޭނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި ކާއްޓެއް ގޭގެ ޓެރަސްގައި ބާއްވައިގެން ބޮޑުކުރި ރުކެކެވެ. އޭނާއަށް މި ކާށި ހަދިޔާކުރެއްވީ އިނގިރޭސި ހައި ކޮމިޝަނުގައި ކްލައިމެޓް ޗޭންޖު ޕޮލިސީ މެނޭޖަރަކަށް ކުރިން ހުންނެވި އަހްމަދު ފިޒާލެވެ.
އިނގިރޭސި ސަފީރު ކެރޮންއަށް ހަދިޔާއަކަށް ލިބުނު ކާށި.-- ފޮޓޯ: ކެރޮން / އެކްސް
ފިޒާލް "މިހާރު" އަށް ވިދާޅުވީ މި ކާއްޓަކީ އޭނާގެ މަންމަގެ ރަށް ބ. ހިތާދޫން ގެނައި އެއްޗެއް ކަމަށެވެ.
މި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދުމަށް ބޭއްވި އިވެންޓުގައި އޭނާ ވެސް ބައިވެރިވި އެވެ.
A great way to spend the last day of your term, Madam High Commissioner.
— Ahmed Fizal (@Ahmed_Fizal) January 11, 2025
Thanking you for your Great service and exceptional leadership. It was a pleasure working alongside you on the pressing issue of climate change.
I'll keep you updated on Shai the young coconut palm! 🌴😊 pic.twitter.com/4cgbfVJ7Mv
މި ރުކަށް ކެރޮން ވަނީ ނަމެއް ވެސް ދެއްވައިފަ އެވެ. ނަމަކީ "ޝައި" އެވެ.
އިނގިރޭސި ސަފީރު ކެރޮން ގޭގައި ބޮޑުކުރި ރުއް.-- ފޮޓޯ: ކެރޮން / އެކްސް
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާން ޖެހުމުން ލިބޭ ހިތާމަ ކުޑަކޮށްދޭ ދެ އެއްޗެއް އެބައޮތް؛ އެއީ ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނާއި 'ޝައި'ގެ ނަން ދީފައިވާ މި ރުއް،" ކެރޮން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކެރޮން ވަނީ މި ރުއް ހެދި ބޮޑުވަމުން އައި އެކި ދުވަސްވަރު ބައެއްގެ ފޮޓޯތައް ވެސް ހިއްސާކުރައްވައިފަ އެވެ.
އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދުމަށް ފަހު، އެ ރުއް ކައިރީގައި ހުއްޓި ވަޑައިގެން.-- ފޮޓޯ: އެޗްޑީސީ
ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް ކެރޮން ވަޑައިގަތީ އޮކްޓޯބަރު 30، 2019 ގަ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ. އޭގެ ކުރިން އިނގިރޭސ ވިލާތާއި ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅަނީ އެއް ސަފީރެކެވެ. ސަފީރު އޭރު ހުންނަވަނީ ވެސް ލަންކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަބުޅި އަފީފި ދޮންކަލޯ
12 January 2025
ދޮން މީހަކު ކަމެއް ކޮށްފިއްޔާ ދެއްތޯ؟ އެނޫނިއްޔާ ކަމެއް ކޮށްފަ އޮންނާނީ އައްޑުއަށް ނިސްބައްވާ މީހެއް. ނޫންތޯ؟ކކ
ދޮން
12 January 2025
ހޫން. ދޮން މީހަކު ކަމެއް ކުރާއިރަށް މިޔޮށް އަރާލާ ފޯރިއެއްދޯ.
ފްރެ
12 January 2025
ނޫނޭ. ސައޫދީ ސަފީރުވެސް ރުކެއް ހައްދަފަ ވިލިގިލީގަ އިންދަންޏާ ހަބަރަށް އަރާނެ.
ލޯބި
12 January 2025
ތި ރުއް ދުވަސްކޮޅަކުން ނުހުންނާނެ. މީގެ ކުރިން ވެސް ބޭރުގެ ޢިއްޒަތްތެރިންނާއި ރާއްޖޭގެ ވެރިން ވެސް ގަސް އިންދަވާފައި އެބަހަރި. އެއިން ގަހެއް މިހާރު ސަލާމަތުން ހުރިއްޔާ މަ އޮންނާނީ ގުދަށް.
ބަޓަފުލައި
11 January 2025
ޗައިނާއިން ބުރިޖުއަޅާފަ މަގުހަދަދެނީ، އިންޑިއާއިން އެއާޕޯޓަކާއި އެތައްމަގެއް ހަދާދެނީ، އިނގިރޭސިން ދިއްކޮށްލީ ރުކެއް. އަދުގެ ދުނިޔޭގެ ހާލަތު.
އޮނަރަބްލް އަފީފު ދީދީ
11 January 2025
އިޤިރޭސިންނަކީ އަޙްލާޤު ރަނގަޅު އެހެން މީހުނަށް މަކާމާތާއި ފުރައްސާރަ ކުރުމުގެ ބަދަލުގައި އިޙްތިރާމާއި އެކު މީހުނާއި މުޢާމަލާތް ކޮށް އުޅޭ ޙުލްޤު ހެޔޮ ބައެއް. އިޤިރޭސިންގެ ފަރާތުން އަހަރުމެން އައްޑޫ މީހުނަށް މިފަދަ އެތައް ސިފަތަކެއް ވާރުތަ ވެފައިވޭ. އެތައް ޒަމާނެއްވަންދެން މާލޭސަރުކާރުން އަހަރުމެންގެ އިންސާނީ ހުރުމަތަށްވެސް ބެލުމެއްނެތި އެތައް ދުއްޕާނެއް ކުރަމުން ދަނިކޮށް އެކަމުން އަރައިގަތުމަށް އަހަރުމެނަށް އެހީތެރިވެ ދިނީވެސް އިޤިރޭސިން.
މާލޭ ބޮޑުމީހާ
11 January 2025
އައްޑޫ ގޯތި ވިއްކާލާފަ އިނގިރޭސިވިލާތުން ގެއެއް ގަންނަންވީނު! މާލޭ ސަރުކާރުން ބިންގަތުމާ އެކޮޅަށް ބަދަލުވުމުގެ ކަންތައް ހަމަޖައްސަދީފާނަން. ތިހާ ދޮންމީހުން ރަނގަޅިއްޔާ..
ޗަރޗިލް
11 January 2025
ހެހެ. ކަލޭ ތިހިރީ ރައީސްކަން ކުރެވިފައި
raajje
11 January 2025
ދިވެހިންނަކީ ތިޔަކަހަލަކަންކަމަށް އިހުތިރާމުކުރާބައެއްނޫން، މިހެންބުނެވޭސަބަބަކީ ރާއްޖޭގައިގައުމުތަކުގެ "ހިލޭ" އެހީގައި ހިންގާފައިވާ ބިޔަމަސްރޫއުތައް މިސާލު ލ.ގަމުގައި އެއޮތް ރާއްޖޭގެ އެންމެދިގުމަގާއި، ގަމާ އެހެންރައްތަކާގުޅުވައިދޭ ބުރިޖުތަކުގެކޮޅުގައި މަސްރޫއުހިންގީ މިވެނިގައުމެއްގެ ހިލޭއެހީގައޭ އެބައޮވޭ، މިދެންނެވިބޯޑުތައްހުންނަނީ ވީރާނާވާންދޫކޮށްލާފަ، ދޭހަކޮށްދެނީ ދިވެހިން އެޕުރިޝިއޭޓުނުކުރާކަން، ކުރާނަމަ މިބޯޑުތައްހުންނާނީ ސާފުކޮށް އޮފުކޮށްފަ
ގަހުވަ ތަށި
11 January 2025
ރުއް ބަލަހައްޓަންތަ ބުޅާ އެއޮތީ؟