އައިޖީއެމްއެޗް: ކެފޭއެއްގައި އިންދާ ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު މީހަކު ވަނީ މަރުވެފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޖެނުއަރީ 2025 - 08:55
މާފަންނުގައި ހުރި ކެފޭއެއްގައި އިންދާ ރޭ ޚަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ރޭ ދަންވަރު ބުނީ، އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މ. މޫން ޑްރޮޕްސް، އަހުމަދު ޝަރީފު 58، މަރުވެފައިވާ ކަމަށެވެ
އެ މަރާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މިއީ މާލޭގައި ވަކި ހާއްސަ ސަބަބެއް ނޭނގި މި މަހު މަރުވި ތިން ވަނަ މީހާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެކްސިން ޝިފާނު
16 January 2025
އޭ މަ ބުނަންތަ. ހުރިހާ ކަމެއްވެސް ދިމާވަނީ ކޮވިޑް ވެކްސިންގެ ސަބަބުން. ސްޓެލްކޯގެ ޓަރާންފޯރމަރ ވަގަށްނަގަން އުޅުނު މީހާ ކަރަންޓުގަ ޖެހިގެން ކުއްލިއަކަށް މަރުވި ނަމަވެސް މަބުނާނަން އެއީ ކޮވިޑް ވެކްސިން އޭނަ ޖަހާފް ހުރީމައޭ
ހޮޓްކިންގ
14 January 2025
މަރުވި ސަބަބު ނޭނގޭކަމަށް ބުނެ ހޮސްޕިޓަލުން ރިޕޯޓެއް ދޭނަމަ ހޮސްޕިޓަލް ކިޔުމުގެ ބޭނުމެއްވެސްނެތް. ނޭޕާލް އަންހެނަކުވެސް މަރުވި ސަބަބު ނޭނގޭކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ. ހާދަ ކަންފަސޭހައޭ މިހާރު. ކޮބައިތަ ކުރާ މޮޅު ތަހުލީލު ތަކުގެ ބޭނުމެއް؟
ހުތްއަާދަނު
14 January 2025
ކޮވިޑުގެ ވެކްސިނެއް ޖެހިފަހުން އަބަދު ރޯގާއެއް ޖެހިގެން، ރޯގާތައް ގިނަވެގެން ، ކުއްލިމަރު އިތުރުވުން. މީނޫން ޚަބަރެއް ނީވޭ ދުވަހެއް ނުދޭ
ޙަޤީޤަތާ ޚިލާފު ހާސަރު
16 January 2025
މި ޚަބަރުގެ ކޮމެންޓް ސެކްޝަންއަށް ސްކްރޯލް ކޮށްލިއިރުވެސް ހިތައްއެރި ކޮންމެސް މީހަކު މިހާސަރު ދަމާނެއޭ. ކޮވިޑްގެ ޢާލަމީ ވަބާ މުޅި ދުނިޔޭގަ ފެތުރި އެތައްސަތޭކަ މިލިއަން މީހުންނަށް އެބަލި ޖެހުމަކީ ހަމަ ޔަޤީނުންވެސް އިންސާނީ ދަރިފަސްކޮޅުގެ މިހާރުގެ އަދި އަންނަން އޮތް ޖީލުތަކުގެ ޑީ.އެން.އޭ އަށް ބަދަލުތަކެއް ގެނެސްދޭނެކަމެއް. އެކަމަކު ކުއްލިމަރާ އަދި ކޮވިޑުން ސަލާމަތްވުމަށް ޖެހި ވެކްސިންއަކާ ގުޅުމެއްއޮތްކަމުގެ އެއްވެސް ޢިލްމީ ހެއްކެއް އަދި ނެތް.
ކަތްދައްތަ
14 January 2025
ބާރުގަދަ މަސްތުވާތަކެތި އެއެއް މިއެއް ނުބަލާ ހަގެއް ދޮއްޓެއް ނެތް ހަށިގަޑަށް ނުކަތާވަރަށް ފޮނުވާލީމާ ހަށިގަޑުގެ ނިޒާމު ހުއްޓެނީ. ފުލުހުން އެބަޖެހޭ މަރުވީ ގުދުރަތީ މަރަކުންތޯ ނުވަތަ ހަށިގަޑަށް ވިހަ ކެމިކަލެއްގެ އަސަރު ކޮށްގެންތޯ ނޫނީ ދިން އަނިޔާއެއްގެ ސަބަބުންތޯ ބަލަން. މާލޭން ފެން ހިންދުމަށްވުރެ މިކަން ބެލޭނެ ނިޒާމެއް ގާއިމު ކުރުން މާ މުހިންމު. ހަމަ ބަޓަސްކިޔާފަ ވީގޮތެއް ނޭގި ތަންޑާވެގެން ވެއްޓެނީ. ދެން ބުނަނީ މަރުވިއްޔޭ. އަޖާއިބެއްނޫންތޯ؟
ހަބަރުކިޔުން
14 January 2025
ހަބަރުހުސްވުމުގެ މާނައަކީ އަސްލުކޮބާ
ހަބަރު ދާރު
14 January 2025
ހަބަރު ނުކިޔުން
ޙަސަން އަޙްމަދު
14 January 2025
ހޭނެތުން.
ބަބްސް
14 January 2025
ދިވެހި ބަހުގައި އަސްލުމާނަ ނޭނގޭ ކިތަންމެ ބަހެއް ހުރޭ. މިއި އޭގެން ބަހެއް. މަހަދާގޮތަކީ މާނައެނގޭ ކަމަށް ހަދައިގެން އަނގަނުލާ ހުންނަނީ.
ހަބަރު ހުހެއްނުވޭ
14 January 2025
އަސްލު މާނައެއް ނޯވޭ. އޮންނަނީ ހޭނެތުން. އަސްލު މާނަ ހޯދަންޏާ ބަސް އުފެއްދި މީހާ ކައިރިން އަހާލަބަލަ
ޢެލީނާ
14 January 2025
އެމީހާ ހޮސްޕިޓަލަށް ގެންދިއައީ ދަންވަރަކު ނޫން.
މިލީނާ
14 January 2025
ކާކުބާ ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ދަންވަރުއޭ؟
ކިޔުންތެރި މީހާ
14 January 2025
މިހާރު ކުއްލި މަރުތައް ގިނަވުމާއި ވަރަށް ގިނަމީހުން ކޮވިޑް19 ވެކްސިނާ ގުޅުވާ. ހަގީގަތަކަށްވުން އެކަށިގެންވޭ.
މާލު
14 January 2025
ބަލަގަ ފަހުޒަމާނުގަ ކުއްލި މަރު ގިނަވާނެ ކަމަށް ވަނީ ބުނެފެ، މި އީ އެޒަމާނޭ، ބުއްދިވެރީން މިކަމަށް ތައްޔާރުވެތިބޭނީ