ރެންޗަކުން ޖެހުމުގެ ސަބަބުން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު
14 ޖެނުއަރީ 2025 - 23:57
ހުޅުމާލެ 2 ގައި ބަހައްޓާފައިވާ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރި ބަޔަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް މިރޭ ހަމަލަދީ ބޯ ފަޅާލާފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިމަތިވާ އެފަދަ ނުރައްކާތެރި ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ހައްލު ކޮށްދެއްވާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިރޭ 10 ޖަހާކަށް ހާއިރު ޓްރާންސްފޯމަރުން ވައްކަން ކުރުމުން އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑުނެވެ. އެއާ އެކު، ޓްރާންސްފޯމަރުތައް ހިމެނޭ ސަރަހައްދަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަށް ބަޔަކު ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެނުމުން އެ މީހުން ހުއްޓުވުމުން ރެންޗުން ޖަހައި މާރާމާރީ ހިންގީ އެވެ.
އެ ހަމަލާގައި އެ މުވައްޒަފުގެ ބޯ ފަޅައިގެން ގޮސް އަނިޔާވި އެވެ. އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެކަން ކުށްވެރި ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުގެ ބޮލުގައި ޖަހައި ހިންގި އެ މާރާމާރީގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކުން ނުވަތަ މަރުގެ އެތިފަހަރަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި އެ މުވައްޒަފު އެ ވަގުތު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެ އެވެ.
"އަޅުގަނޑު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޔަގީންކަން ދެން އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެކަން އަދި އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ސީރިއަސް ކަމެއްގެ ގޮތުގައި ހައްލުކުރާނެ ކަން،" ފަހުމީ ވިދާޅުވި އެވެ.
I strongly condemn the violent attack on our staff member tonight, where he narrowly escaped permanent disability or even death after being struck on the head with a large wrench.
— Hussain Fahmy (@HussainFahmy09) January 14, 2025
I assure all @STELCOMALDIVES employees that the bravery displayed by this staff member will be… https://t.co/MjIkfHvFjr
ކަރަންޓު ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން އިންތިހާއަށް އިތުރުވެފައިވާއިރު ފަހުމީ މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ޖެހިޖެހިގެން ވައްކަންކުރާ ހަތަރު ވަނަ ފަހަރެވެ.
ޓްރާންސްފޯމަރު ސައިޓަށް ވަދެ، ވައްކަން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވަގުން ދަނީ އޭގެ ތެރެއިން ކަރަންޓު ނަރުތައް ކަނޑައި ވިއްކަމުންނެވެ.
ކަރަންޓު ޓްރާންސްފޯމަރު ސައިޓަކަށް ވަދެ އުޅެނިކޮށް މިދިޔަ އަހަރު މީހަކު މަރު ވެސް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަލީދުބެ
16 January 2025
ކުއްވެރިން ހިމާޔަތްކުރާ ނިޒާމެއް އޮތީ. އެއީ ވެސްޓަން އުސޫލު މިތަނަށް ފާކޮށްގެން ގައުމުތައް ހަލާކުކުރަން ޔަހޫދީންނަށް ފުރުސަތު ދިނުމަށް ކުރެވޭ ކަމެއް.
ޢާދަނުބެ
15 January 2025
މިހާރު މިގައުމުގަ މިއޮތީ ކަނޑުގެ އުސޫލު ހަމަ ގުރުޕްހަދާފަ ނިކުމެ ބޭނުންކަމެތްކުރަންވީ މީހަކު އެތްޗެއްއެކަމާ ބުނީމަ އެމީހާޔާ އެމީހާ މުދާވެސް ސުންނާފަތި ކޮށްލަންވީ ކުއްކުރާމީހުންނަށް ހައްގުއަދަބު ނުދެވި މުޅި ގައުމު ހަލާކުވީ ދެރަ ކަންކަން ކީއްކުރާނީ
ސަނީސައިޑްބޮންޑް
15 January 2025
ތަކުރާރުކޮށްް މިފަދަ ވައްކަންތަށްކޮށް މާރާމާރީ ހިންގާއިރު ޕޮލިހުންނަށްވާކަމެއްހަރާމް. ސްޓެލްކޯއިން ދެންވެއްޖެނުން ސައިޓްތަކުގަ ކަރަންޓް ދަންތުރަޖަހާފަބަހައްޓަން. ސަރުކާރުންވެސް މިހާރުއެބަޖެހޭ ލޯނަރާއި ލޯހިމެނޭ އެހެނިހެންތަކެތި އާފްޓަރމާކެޓްގަ ގަނެވިއްކުމާއި ރީއެކްސްޕޯރޓްކުރުމަކީ މަނާކަމެއްކަމުގައި ނޫނީވަކިކޮންޓްރޯލެއް އޮވެގެންނޫނީ ނުކުރެވޭނެ ކަމެއްކަމުގައި ކަނޑައަޅަން.
ލޮރަލް
15 January 2025
އާމްދަނީ އެއް ލިބޭ ގޮތަށް ޖަލުގައި ހުންނަ މީހުން މަސައްކަތެއް ކުރުވަން ވީ އެވެ . ތިޔަ ބަޔަކު ގެ ފޮޓޯ އާއްމު ކޮށް ބަލާށެވެ .
ޑޮކްޓާރ. ބަނާނާ
15 January 2025
މާލެ އަދި ފޭސް 1 ގައި ލޯނަރުގަނެގެން ގޯތި 40 ހާސް އަށް ކުއްޔަށް ހިފައިގެން ކޮންޓެއިނަރ ބޭރުކުރާ ބަންގާޅު އަޢްޑާތައް އެހެރީ! މިތަން ތަން ހިންގަނީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން. ޢަޅެ ފަހެ މީލޯނަރު ބިމުން ކޮނެގެން ނަގާ ތަނެއް ތޯ !.ލޯނަރު އެލްމެނިއަމް ސަޕްލައި ކުރަނީ ބަންގާޅު ވަގުންނާއި ޑްރަގް ބޯ ކުދިން! މިއީ މިލިއަން ޑޮލަރުގެ ބިޔަ ވިޔަފާރިއެއް! މިކަން ނުހުއްޓުވާ ދެން ތިޔަ " ފޫޅު ދިގު ހަންޑި ވާހަކަ" ކިޔައި ނުދެއްވާ ! ވަރަށް ސަލާމް!.
ވޯލް
15 January 2025
ފުލުހުން ވެއްޖެ މަގުތަލުގައި ތަންކޮޅެއް ގިނައިން ފޯރިމަރަން. ސައިކަލްގައި ބުރު ޖަހަންވީކީ ނޫން. ހަމަ ހިންގާފައި ހަނި މަގުތަލުން އުލެންވީ. ފުލުހުންނަށް އެނގޭނެ މިހެން އާއްންމުކޮށް ވައްކާ ކުރާ ކުދިންތައް އުޅޭ އޭރިޔާތައްވެސް. ފުލުހުން މަގުތަކުގައި ހިނގާފައި ފޯރިމަރަން ފެށީމައި ހިތުހުރިގޮތަކަށް ސައިކަލް ޕާކްކުރުންވެސް މަދުވާނެ.
ރަދީފްއޮފިޝަލް
15 January 2025
ސަރުކާރަށް 8 މަސް ފުރުނުއިރު އަމީނީ މަގު ، މަޖީދީ މަގު ގިނަ ހިސާބުތަކުގަ އަބަދުވެސް ފުލުހުން ހަރަކާތްތެރިވި.ނަމަވެސް 1 އަހަރު ވީމަ އެކަން ވަރަށް ބޮޑަށް ބަދަލުވިކަން ފާހަގަކުރެވޭ.ފުލުހުން ރައްޔަތުންނާ ވާހަކަ ދައްކަނީ ވެސް ހުތުރުކޮށް. މަގޭ ސައިކް މާޒިޔާކުރިމަތީގަ ހުރެގެން ނަގަން އައި ފުލުސް ބުނީ ''ކަލޭ ކީއްކުރަންހޭ މިތާނގަ ސައިކަލް ބެހެއްޓީ'' ވަރަށް އެގްރެސިވްކޮށް.އަހަރެން އެގްރެސިވްވިނަމަ އިންނާނީ ފުލުސް އޮފީހުގަ.ދެރަ އެހެންނޫން ތޯ! ވ.ވެދުން
އަހުމަދު....
15 January 2025
އެކުދިން ވަގަށް ނަގަނީ ކަރަންޓު ނަރު. ސަރުކާރުގެ ބޮޑުންނާ ސިޔާސީ މީހުން ވަގަށް ނަގަނީ ދައުލަތުގެ ފައިސާޔާ މުދާ. ކުރަނީ އެއްކަމެއް. އަދަބުލިބެނީ އާއްމުމީހާއަށް.
ޓިނު
15 January 2025
މިހާރު ބެލިޔަސް އެމީހުން މިހާރު ތިބޭނީ އެތައްފަރު ވައްކަންކޮށްފަ
ނުވާނެް
15 January 2025
ނުވާނެއެއްވެސް ކަމެއް. ހަމަ ވަގުން ގަދަ ވާނީ. ޝަރީއަތުގެ ނިޒާމް ހިތު ހުރިގޮތަކަށް މޮޑެލާފަ ދެން ކިޔާނެ ކަމެއް ނެތް ހައްލު ކުރެވޭނެއޭ މައްސަލަތައް.
ފަޅުއޮޑި
15 January 2025
ފަހުމީއެއް ނޫން އެކަން ބަލަން ޖެހޭނީ. ފުލުހުން . ދެން ކޯޓުތައް. އެތަން ތަން ފެއިލް ވެފާ ވާލެ ބޮޑުކަން މިފެންނަނީ. ގޭންގު ކުދިންނަކީ ސިޔާސީ ބޭފުޅުންގެ ބޯއީޒް ދެން ކަމެއް ރަނގަޅުވޭ. އަނެއްކާ ދީ ލާރި ދޮންނަން ފުޓުސެލް ދަނޑެއް
ނައިނާ
15 January 2025
އަދީބުއާ ޔާމީން އާ ކުރިކަމެއްތި.