ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ސްކޭމްގެ މައްސަލަތަކުގައި އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދެން އިސްލާހެއް ވަނީ ހުށަހަޅުއްވާފައި
21 ޖެނުއަރީ 2025 - 15:49
ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވިޔަސް، މުވައްޒަފުންނަށް ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވިހެއުމަށް ފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން، އަނބުރާ ވަޒީފާ އަށް ނުކުތުމަށް ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް ފެންމަތިވުމުން، ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ވަނީ ނިންމައިފަ އެވެ.
ޕީއައިއެލްސީ މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވަނީ މުވައްޒަފަކު ވިހެއުމުން ޗުއްޓީގައި ހުއްޓާ ދަރިފުޅު މަރުވެއްޖެނަމަ، އަނެއް ދުވަހުން ފެށިގެން މަސައްކަތް ނިކުންނަން ނުޖެހޭނެ ފަދަ ގޮތަކަށް ޗުއްޓީއެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މައްސަލާގައި، މުވައްޒަފެއްގެ އިތުރު ޗުއްޓީއެއް ނެތި އަނެއް ދުވަހު ވަޒީފާއަށް ނިކުންނަން ޖެހުމަކީ މުވައްޒަފާއި އާއިލާއަށް އިތުރު ހިތްދަތިކަމާއި ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް، ހައްލެއް ހޯދައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
ޕީއައިއެލްސީއަށް އެންމެ ފުރަތަމަ ހުށަހެޅީ ވިހެއުމުގެ ޗުއްޓީގެ މުއްދަތުގައި މުވައްޒަފެއްގެ ހަތަރު މަހުގެ ކުއްޖަކު ކުއްލިއަކަށް މަރުވުމުން، ޖެހިގެން އައި ރަސްމީ ދުވަހު އެ މުވައްޒަފު އޮފީހަށް ނިކުތުމަށް އެންގި މައްސަލަ އެކެވެ.
ވިހެއުމުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވުމުން އޮފީހަށް ނިކުތުމަށް އެންގި ދެވަނަ ތަނަކީ ސަރުކާރުގެ މިނިސްޓްރީއެކެވެ. އެ މިނިސްޓްރީގެ މުވައްޒަފަކު މިދިޔަ އަހަރު ވިހެއިތާ ދެ މަސް ނުވަނީސް ދަރިފުޅު މަރުވި ދުވަހު ނޫން އަނެއް ދުވަހު އޮފީހުގެ މަސައްކަތަށް ނިކުތުމަށް އެންގި އެވެ.
ފުރާނަ ހުރި ކުއްޖަކު ވިހެއުމުން މުސާރައާ އެކު، ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި ބަދަލާއެކު މާޗު، 2019 އިން ފެށިގެންނެވެ. އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޚުތާރު
22 January 2025
ޢާއިލީ ޒިންމާ ކިޔާ ޗުއްޓީއެއް މިހާރުވެސް އޮވޭ.
އެޗްއާރު ހެޑް
22 January 2025
މިތަނުގަ ބަދަލު ޓީޗަރުންނާ ވަގުތީ މުވައްޒަފުންގެ ވާހަކަ ދައްކާތީ ބުނެލަން. ވަގުތީ ކީއްކުރަން ދާއިމީ މަގާމުތަކަށްވެސް މިހާރު މީހުން ކުރިމަތިނުލާ. ވަޒީފާ ލިބި އެންމެން ހުސްވީހެން ހީވޭ. އަނެއްކާ ޓެކްނިކަލް މަގާމުތަކަކީ އެގޮތަށް 6 މަހަށް މީހެއް ނަގައިގެން އެމީހެއްގެ ބޭނުން އެތަނަށް ކުރެވޭ ކަހަލަ މަގާމުތަކެއްނޫން. މަސައްކަތަށް ހޭނި މަސައްކަތް ރަނގަޅަށް ފެށޭއިރު ވިހޭ މުވައްޒަފު ނުކުންނާނެ.
ޝަރފ
22 January 2025
ޕީ.އައި.އެލް.ސީގެ މަސައްކަތުގައި ހަމައެކަނި އެއްފަރާތުގެ ޙައްޤުތަކެއް ހޯދަން އެކުރާ މަސައްކަތުގެ ތެރޭން މަދުވަނީ ވަޒީފާ ދޭ ފަރާތުގެ ހައްޤުތަކެވެ. ވަކާލާތު ކުރެވެންވީ ދެފަރާތުގެ ޙައްގުތައްވެސް ހިމާޔަތް ކުރުމަށެވެ. ނޫނީ ނަތީޖާ ހަމަހަމަ ނުވެއެވެ.
މަންޠިޤް
22 January 2025
މިކަމުގައި ޙައްލަކަށްވާނީ، ދަރިން (6 މަސް ނުވިކަމުގައި ވީނަމަވެސް) / މަންމަ / ބައްޕަ / އަނބިމީހާ / ފިރިމީހާ / ދެންވެސް އެފަދަ ފަރާތެއް ނިޔާވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ވަޒީފާއަށް ނުކުތުމުގައި އެކަށީގެންވާ ލުއިގޮތެއް ހަދައިދިނުމެވެ. އެހެނީ، ޖެހިގެން އަންނަ ދުވަހު ވަޒީފާއަށް ނުކުންނަން އުޒުރުވެރިވާނީ، ނުވަތަ ވޭނަކަށްވާނީ، ވިހެއުމާގުޅިގެން ދެވޭ 6 މަސް ދުވަހުގެ ޗުއްޓީގެ ތެރޭގައި ދަރިފުޅު ނިޔާވުމުން އެކަނި ނޫންކަމުގައިވާތީއެވެ.
ރާއްޖެތެރޭ ޓީޗަރު
22 January 2025
ހަމަ ވ ރަނގަޅު ވާހަކަ އެއް އަތޮޅުތެރޭ ޓީޗަރު ބުނެފަ ތިއޮތީ. މަށަކީ ވެސް ހަމަ ދޭތެރެ ދޭތެރެއިން ތިހާ ގަނަ ތެޅެން ޖެހޭ ޓީޗަރެއް. މަދު އާބާދީ ތަކުގައި ނުލިބޭނެ ކަން ގަބޫލު ކުރަން. މިތާ މި ދައްކަނީ 6 މަސް ދިނީ މައޭ ވަގުތީ މީހަކު ނަގަން ވިއަސް ހުއްދަ ލިބެނީ. ދެން އޮފީސް ތަކުގައި އަަހަޜީ ޗުއްޓީ ބޭނުން އިރަކު ނެގެއެއް ނުން. ޓީޗަރުންނަށް ނުނެގޭނުން. ބޭނުން ވީމަ ނެގެނީ ސަލާމާއި އާއިލީ ޒިންމާ ނުން.
ޝިއްޕެ
22 January 2025
އެހެން މެމްބަރުންނާއި ތަފާތު ވާނެ ކަމަށް ވަރަށް އުންމީދުކުރި ބޭފުޅެއް. މާ ބޮޑާށް ސިޔާސީ ވާތަން ފެންނަނީ. ތިޔަ ތަނަށް ހޮވިއްޖިއްޔާ ހަމަ ވާގޮތް ކަންނޭގެ.
މުސްކުޅި ވަހީދުބެ
21 January 2025
ހުރިހާ ވޭނެއް ނިމުނީމާ ދެން ޗުއްޓީއެއް. މާބަނޑު ދުވަސްވަރާ އެއްކޮށް ދެމިގެންދާ ގޮތަށް 9 މަސް + 6 މަސް (ޖުމްލަ 18) މަސް ޗުއްޓީ ލިބިގެންނޫނީ ކަމަކުދާނެހެން ހީނުވޭ!
ރާއްޖެތެރޭ ޓީޗަރު
22 January 2025
މާބަނޑުވާ ހިސާބުން މަސައްކަތް ކުރަން ޑޮކް އަށް ނުފެންނަ ނަމަ ދޭނެ ލިޔުން. 6 މަހަަށް ވުރެ ގިނަ ނަމަ އިތުރު ޓީޗަރަކު ލިބޭނެ. އެހެން ނޫނީ ނުލިބޭނެ. އެޓީޗަރަކު ޖެހޭނީ ވަޒީފާއަށް ނިކުންނަން. ލިޔުން ހުށަހެޅީމަ ލުއިދޭ. ދެން ވިހެއީމަ 6 މަހަށް ނަގާނނެ ޓީޗަރ އަކު. 6 މަސް ނިމުނަސް މައިމީހާއަށް، ބޭނުމިއްޔާ ދަރިފުޅު ބަލަން މުސާރަ ނުހިގާ ގޮތަށް 6 މަސް ނެގޭނެ. ދަރިފުޅަށް 1 އަހަރު ވަންދެން.
ރާއްޖެތެރޭ ޓީޗަރ
22 January 2025
ކޮންމެ ސަރުކާރެއް އޮތަސް ސިޔާސީ މަގާމު ތައް އުފައްދާހެން ކީއްތަ ވާނީ ސަރުކާރު ސްކޫލެއްގަ އެސިސްޓެންޓް ޓީޗަރަކު ބެހެއްޓިއްޔާ. ކޮންމެ ސްޓޭޖަކަށް 1. 6 މަހަށް ލީވް އަށް ދާ ޓީޗަރަކަށް ވަގުތީ މީހަކު ލިބޭނެ. ހަމަ 6 މަހަށް ވެސް ކުރިމަތި ލާ. ތިކިޔާ ވަގުތީ ކިތަށް ޕޯސްޓް އޮތްތޯ ބަލާބަލަ ސަރުކާރު ސްކޫލް ތަކުގައި. 1 އަހަރުގެ ކޮންޓްރެކްޓްގަ. ޚާއްސަކޮށް ރާައްޖެތެރެ.
ޕިންޕޮން
21 January 2025
މަޖިލީހުގަ މަސައްކަތެއް ނުކޮށް ހުސް އަނގަ ތަޅައިގެން އަމިއްލަޔަށް ބޮޑު މުސާރަ ނަގާތީ އިހުސާސް ނުކުރެވިދާނެ މަސައްކަތް ކޮށްގެންކަން ފައިސާ ހޯދަންވާނީ. ދެން ތިބޭ މުވައްޒަފުނަށްވެސް ޖެހޭނެ ވިސްނާލަން. މިހާރުވެސް ވިހާ މީހުން ހަމަ ވިހަނީ، ދެން ތިބި މީހުން ސްޓްރެސްވެގެން އުޅެނީ ރަނގަޅަށް ނިދާވެސް ނުލެވިގެން. ދެން އަދި ކޮބާ ޒަވާޖީ ހަޔާތެއް ފެށުމާ ކުއްޖެއް ހޯދުން އެމީހުނަށް؟
ރިދަރުމަ
21 January 2025
ވިހައިގެން ނޫން ގޮތަކަށް ދަރިއެއް މަރުވުމުން ޗުއްޓީ ނުދޭނަން ތޯ؟ އެކަމާ ހިތާމަ ކުރާނެ ކަމެއް ނެތް؟
އިހުޖީލު
21 January 2025
ޒަމާނީ އެއްވެސް ސިއްހީ ވަސީލަތެއް ނެތް ޒަމާނުގައި ދިވެހި އަންހެނުން އަހަރު ދެކޮޅު ވިހައި. މިހާރުން ފިނިކޮޓަރީ، މޭޒު ދޮށުގައި މަޑުމަޑުން އިިނދެގެން ކުރާ މަސައްކަތުގެ ބަދަލުގައި އެމީހުން އުރުގައި އުރުގައި ކުއްޖެއް، ބަނޑުގައި ކުއްޖެއް، އިނގިލިކުރީ ކުއްޖެއް ލައިގެންވެސް ވަލަށް، ދަރަށް، ފަރަށް، ދަނޑަށް ގޮސް މަސައްކަތްކޮށްގެން އުޅުނީ. މިހާރުގެ ޖީލު ދެން މީ މާ ލޮއީފު ބައެއް. ހަމަ ހިސާބަށްވުރެ ކަންކަން ބޮޑުކުރަނީ!
ރާއްޖެތެރޭ ޓީޗަރު
22 January 2025
ދަރިން ދެއްވަނީ އެކި މީހުންނަށް އެކި ވަރަށް. ޓީޗަރަކަށް ލިބެނީ މުޅި އަހަރަށް 30 ސަލާމް. 10 އާއިލީ ޒިންމާ. އަހަރީ ޗުއްޓީ ލިބެނީ ބޮޑު ބަންދު. އޮފީސް ތަކާ ތަފާތު. ޓީޗަރެއްގެ ދަރިން، މައިންބަފައިން، ފިރިމީހާ/ އަނބިމީހާ އަދި ޓީޗަރު ވެސް ބަލި ވަނީ އަހަރީ ޗުއްޓީ އަކު ނޫން. ހުރިހާ ސަލާމެއް އަހަރު ނުނިމެނީސް ހުސްވާ ޓީޗަރުން އުޅޭ. ދަރިން ގޮަވައިގެން ސްކޫލަށް ދިޔައިމަ ހަމަ މައްސަލަ ޖައްސާނީ ވެސް ތިބޭފުޅުން. އެ ހުއްދަ އޮތްނަމަ ގޮވައިގެން ދާނީ.