ފުލުހުންނާއި އޭސީސީގެ އިސްވެރިން ބައްދަލުކުރަނީ: ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/އޭސީސީ
27 ޖެނުއަރީ 2025 - 13:50
ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް 2023 ވަނަ އަހަރު ފެށުމުން އެ މަސައްކަތް މަޑުޖައްސާލަން އޮކްޓޫބަރު، 2023 ގައި އޭސީސީން ފުލުހުންނަށް އެންގިޔަސް، އެ އެންގުމަށް ފުލުހުން އަމަލެއް ނުކުރެ އެވެ. އެހެންވެ، އެ މައްސަލަ އޭސީސީން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން އެދުނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ޑިސެމްބަރު، 2023 ގައި ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެ ނިންމުން އޭސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޕްރޮމޯޝަންތައް މަޑުޖައްސާލަން އަމުރެއް ނުނެރެފިނަމަ ލިބޭނެ ގެއްލުންތައް ކަމަށް ބުނެ އޭސީސީން ފާހަގަކުރާ ކަންކަމަކީ އެ މައްސަލާގައި ސިވިލް ކޯޓުން އަސްލު މައްސަލަ ބަލާއިރު ގޮތް ނިންމަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި މިހާރު ވަގުތީ އަމުރެއް ނުނެރެފިނަމަ އޭސީސީއަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ފުލުހުންނަށް ޕްރޮމޯޝަންތައް ދީ މިހާރު ނިމިފައިވާއިރު، އެފަދަ އަމުރެއް މިހާރު ނެރުނަސް އިތުރަށް ނުކުންނާނެ ނަތީޖާއެއް އޮތްކަން އޭސީސީއަށް ބުނެދެވިފައެއް ނުވެ އެވެ. އެހެންވެ، ޕްރޮމޯޝަން މަޑުޖައްސާލަން އަމުރު ނެރެދެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް އެ މައްސަލާގައި އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ސަބަބު ބަޔާން ކޮށްފައި ނެތުމާއި އަސްލު މައްސަލާގެ ގޮތް ނިންމަންޖެހޭ ކަންކަމަށް ވަގުތީ އަމުރާ މެދު ގޮތް ނިންމިއިރު ގޮތް ކަނޑައަޅާފައި އޮތުމުންނެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ފުލުހުންގެ ޕްރޮމޯޝަންތައް ދިނުން ހުއްޓާލަން އެންގި މައްސަލާގައި މި ސަރުކާރުން ވެސް ވަނީ އޭސީސީގެ އެންގުމަށް ތަބާވާން ނުޖެހޭނެ ކަމަށް ބުނެ ހައި ކޯޓުގައި ވަކާލާތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
28 January 2025
އަދުރޭ ކިހިނެތް ހަދާނެ ބާވެއޭ މި ހިތަށް އަރަނީ! މާދަމާ އެބައޮތް މަޓީ ގެ އޭޖީއެމް ވެސް! މަޓީ މީހުން ބޭނުންވާ ގޮތަށް ބޭންކު ތަކަށް ޑޮލަރު ނުވިއްކަން ބާރު އަޅާ އިންޑަސްޓްރީ މީހުންނާ ވާހަކަ ދައްކަނީ ކަމަށް ބެލެވެނީ!
ބަބްސް
28 January 2025
ދިވެހި ފުލުހުންނަކާއި ނުކުޅެވޭނެ ...
ނަން..
28 January 2025
ފުލުހުން މީ ކީއްކުރާބައެއް؟ މި މީހުންގެ ކޭޕީއައި އެެެއީ ގޮޑި ހޫނު ކޮއް ފިނި ބުރު ޖަހައި ކޮފީ ބޮއިން ކަމަށް ވެއްޖިއާމު ޕްރޮމީޝަން ދޭންވީ. ފުލުސް ކެމަރާ އަށް އަރާގޮތަށް ބައިންދާފަ އިންސައިކަލް ވަގަށް ނެގީމަ އެނުބެލޭ ބަޔަކަށް ކޮން ޕްރޮމީސަން. ހޯދަން މި ޖެހުނީ ޓެކްސީ ސެންޓަރަށް ބައުންޓީ ދީގެން. ދެން އަހަރު ނިމިގެން އައިއޯ މި ގުޅަނީ ކޭސް ކުލޯސް ކުރަން. ވަގު ފިންގަ ޕްރިންޓް ޖަހައިގެން އަދި ޖެހި މީހާ އެނގޭއިރު ތަހްޤީގު ނުކުރެވޭ. އިން އެފިސަންޓް ބައެއް.
ކިރިބަތި
28 January 2025
ދައުލަތުގެ މާލިއްޔަތުން ދިވެހިންގެ ޓެކްސް ފައިސާއިން މިމީހުންގެ މުސާރަ ހަމަޖައްސަމުން ދަނީ އެހެންވީމަ އެއީ ދައުލަތަށާއި ދިވެހިރއްޔިތުންނަށް ލިބުނު ގެއްލުމެއްކަން އޭސީސީއަށް ކޯޓަށް ބުނެނުދެވުން އެއީ އޭސީސީގެ މައްސަލައެއް ގޮތްނިންމިއިރު އެކަން ކޯޓަށް ނޭނގުމަކީ ކޯޓްގެ ނާޤާބިލްކަން މި ޖަހާތި
ވަގުން
28 January 2025
ވެރިކަމުގެ 5 އަހަރުނިމޭއިރު ފުލުހުންނަށް ސުވަރުގޭން ގަނޱުވަރު ވެސް ދެވެންޏާދޭނެ. ގައުމުގެ ހައްގުގަ މަސައްކަތްކުރާ ބައަކަށް ކޮންމެ 5 އަހަރެއްގަ 2 ބުރަށް ޕޮރޮޮމޯޝަން ދޭންޖެހޭތޯ. ހިލޭ ފުލެޓު، ހިލޭ ބޭސްފަރުވާ ދެފަރާތު މައިންބަފައިންނާ ދަރިންނާ އަނބިންނަށް އެކަމު ހަމަ އެއްކަލަ އާސަންދަވެސް އިނދޭ. ގައުމު ފުނޱޭއިރުވެސް އެއިން މީހެއއގެއަތުން އެއްޗެއް ނުކެނޱޭ ދެރަނިކަމެތި ރައްތިތުމީހާ ގެ އާސަންދަވެސް ކަނޱާލާފަ.
ޢަލިފުޅު
27 January 2025
ތި ޕްރޮމޯސަން ތައް ދޭން އަމުރު ކުރި މީހުންނަށް މައްސަލް ބަލާފަ ދައުވާ ކުރަންޖެހޭނެެ. ވަކިކަމެއް ހާސިލް ކުރުމައް މަގާމްގެ ނުފޫޒް ބޭނުން ކުށްފަ ތިއޮތީ
ދެފަށްދަންމާނު
27 January 2025
ކޯޓުންވެސް ތިކުރަނީ ޖެއްސުން. ހަދާނެ އެއްޗެއް ހަދާ ނިންމީމަ ދެން ކީއްކުރަން ނިންމާ ނިންމުމެއްތީ. މިކަމުގައި އަހަންނަށް އޭސީސީއަށްވުރެ ކަޑަ ކޯޓު. މުއާލާތް ނުކެނޑެނީސް ކޯޓުން ކޮންމެވެސް ގޮތެއް ނިންމަންޖެހޭނެ. މިހާރު ދެން އެބުނާ ޕްރޮމޯޝަންތައް މަޑުޖައްސަން ކޯޓުން ނިންމިނަމަވެސް އެކަން ހުއްޓުވޭނެތަ. އެވަނީ ޕްރޮމޯޝަންދީފަ އެތައް މަހެއްގެ މުސާރަވެސް މިހާރުދީފި. ކޯޓުން އިންސާފު އަންނަނީ މާވެވަށް ވެއްޓުނު ގެރި ނެގުމުގެ ސައްލާއާ އެއްގޮތަށް.
ރާވެރިބެ
27 January 2025
އޭސީސީގެ ފެންވަރު މިހިރީ. މޮޔަފުޅުވީތޯ! ފުލުހުންނަށް ޕްރޮމޯޟަން ދިނުން ނުހުއްޓުވޭނެ! ބަލަ ރައްޔިތުން ބޭނުމީ މިލިއަނުން ސަރުކާރު ތެރޭން ކުރާ ވައްކަމާ ބޮޑިތި ގޯތި ފަދަ ބިންތަށް ވަގަށް ނެގުން ހުއްޓުވަން!! އެކަން ނުކޮށް މިދުވަނީ އެހެން ކަންކަމާ!
އާސިފާ
27 January 2025
އަލީ އަކީ ވަރަށް ރަނގަޅު ބޮސްއެއް. އެހާމެ މޮޅު މީހެއް
އޭަސީސީ
27 January 2025
އަލީ އުޅޭ ތަނެއް ރަނގަޅެއް ނުވާނެ. ޢޭނަ އުޅެނީ ސަކަރާތް ޖެހޭތޯ
ސަމާ.
27 January 2025
ޢަލީ އިޒް ދަ މޭން! ޥަރަށް ހީވާގި، މޮޅު، ފަން މީހުންނާ ގުޅޭނެ!
ޢަރީ
27 January 2025
ޢަލީ ވަރަށް ނަޒާހަތްތެރިވާނެ!! އެހާ ރަނގަޅުވާނެ އަދި!
ޗުއިންގަމް
27 January 2025
އަލީ މަސައްކަތް ނިންމާނީ ސަކަރާތް ޖަހަމުން.
1828
27 January 2025
މިސަރުކާރުގައި އޭސީސީއިން ސްޕްރީމް ކޯޓަށް ދިޔަސް ދެން ވިން ނުވާނެ. މުޢިއްޒުއަށް ގިނަ ރައްުޔިތުންގެ ތާޢީދެއްނެތް ކަން. އެހެންވީމައި ފުލުހުންގެ ތާއީދު ހޯދުމަށް މިއަށްވުރެއް ފަސޭހަގޮތެއް މި ސަރުކާރަކަށް ނޯނާނެ.
ޕާޓިކިއުލަރ
28 January 2025
ކޮބައިތޯ 2025ގައި މުސާރަ ބޮޑުކުރަން ބުނި ފަރާތްތައް؟ ކުރިން 2 ސަރުކާރުގައިވެސް މުސާރައަށް ބަދަލެއް ނާންނަ ފަރާތްތަކުގެ ކުރިއެރުން