ކުޅުދުއްފުށީ އެއާޕޯޓް ފެންސްގައި ޖެހި އެކްސިޑެންޓްވި ޕިކަޕް ދުއްވަން އިނީ ކުޑަ ކުއްޖެއް ކަމަށް ފުލުހުން ބުނޭ
27 ޖެނުއަރީ 2025 - 22:39
އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ޕިކަޕަކުން ޖެހި ކުޅުދުއްފުށީ އެއާޕޯޓްގެ ފެންސަށް ގެއްލުން ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދިޔަ ޕިކަޕް ކޮންޓްރޯލުން ނެއްޓި އެއާޕޯޓް ބޭރު ފެންސްގައި ޖެހެ އެވެ. ފެންސަށް ގެއްލުން ލިބުނުއިރު، އެ ޕިކަޕުން މީހަކާއި ކުޑަ ކުއްޖަކު ފައިބާ މަންޒަރު ފެނެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގުމުން އެ މީހުން އެ ސަރަހައްދުގައި މަޑުނުކޮށް ދިޔައީ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޕިކަޕް ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުއްޖެކެވެ. އެކްސިޑެންޓްވި ޕިކަޕް ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޒުކީ
28 January 2025
ލޮރީ ޕިކަޕުފަދަ ތަކެތި ތަންތަނައް އަރާފައިބާ ކަމެއް ނުދެނެހުރީމެވެ.
ބަބްސް
28 January 2025
މިއީ ވަރަށް ނުރަކާތެރި ހާދިސާއަކަށް ނުވެ މިފަހަރު ސަލާމަތްވެއްޖެ. ރާއްޖޭގައި މައްސަލަ އަކީ މިކުމުގައިވެސް ޒިންމާވާނެ އަދަބެއްލިބޭނެ ހަމައެކަކުވެސް ނުހުންނާނެ ކަން.
ސަދޫމ
28 January 2025
އޭނާ އެޕިކަޕު ދުއްވީ ހެޔޮނިޔަތުގައި، ވީމާ ކުއްވެރިވާނީ އެޕިކަޕު..
ތެފައާސާ.
28 January 2025
ނަސީބެއްނު އެއާރޕޯޓު ފެންސު އައިސް ޕިކަޕަށް ނޭރިކަން. ބެލެނިވެރިންވެސް ތަންކޮޅެއް ޒިންމާދާރުވާންވެއްޖެ!!
ކުޅުދިޔާ އެއަރޕޯރޓް
28 January 2025
ކުޑަކުދީންގެ ހައްގު ގެ ދަށުން ތިޔަ މައްސަލަ އޮބިގެންދާނެ ކަމަށް ބެލެވެނީ.