ކްރިމިނަލް ކޯޓު: ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ ތަރުޖަމާނެއްގެ އެހީތެރިކަން ކޯޓުގައި ވަނީ ހޯދާފައި --- ފޮޓޯ/މިހާރު
28 ޖެނުއަރީ 2025 - 12:19
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވުމުން، ބަންދު މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހައިފަ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ދިވެހި ބަސް ފަހުމު ނުވާތީ އިއްޔެގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް ބަންދު އަމުރުގައިވެ އެވެ.
އެ މީހާއަކީ ދިވެހި ބަސް ރަނގަޅަށް ފަހުމް ނުވާ މީހަކަށް ވާތީ، އެކަމުގައި އޭނާ ބައިވެރިނުވާކަން ހާމަވާ ކަމަށް މީގެ ކުރިން ވެސް ދިފާއުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ފުލުހުން އިއްޔެ ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. އަދި، ފައިސާ ޖަމާވުމުން އެހެން ބަޔަކަށް އެ މީހާ ފައިސާ ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހެއްގެ އަތުން އޭނާގެ ކޭޝްކާޑު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ކޯޓުގައި އޭނާ ބުނިގޮތުގައި އެ މައްސަލާގައި ދެން ހިމެނޭ މީހުންނަކީ އޭނާ ދަންނަ ބައެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެކެވެ. އަދި އެ މައްސަލަ އޭނާ ފުލުހުންނަށް ރިޕޯޓު ނުކުރީ އޭނާ މަރާލާނެ ކަމަށް ބިރު ދައްކައި އިންޒާރު ދީފައިވާތީ ކަމަށް ބުނެފައިވެ އެވެ. މިދިޔަ އަހަރު އެހެން މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް ވެސް ބަސް ނޭނގޭ ކަމަށް ކޯޓުގައި ބުނުމުން އެ މީހާއަށް ތަރުޖަމާނަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންގެ ބަސްމަގު
29 January 2025
ދިވެހިބަސް އެނގި އަދި ނޭނގުނަސް ބަސްމޮށުކުގެ ބަހުރުވަ ތަފާތު ވެދާނެ. މިސަަކަށް "އިނބަ، ތިބާ، ތެހެލާނާ، ކަލޯ، ކަލޭ، ޗަކޮއި، މީ ހައްތާވެސް "ކަލޭ" އަށް ބޭނުން ކުރާ ބަސްތަކެއް.
ސުނބޮޅި
29 January 2025
ބަލަ ރާއްޖޭން ބޭރުގަ މޮޅު ސްކޫލްތަކާ ކޮލެޖުތަކުގަ ބޮޑެތިކޮށްފަ ދެން ރާއްޖެއަށް ދަރިން ގެންނަނީ އެ ކުދިން ބޮޑެތިވާއިރު ކުރެވިފަ ހުންނަ ކަންތައްތަކުގެ ސަބަބުން އެކުދިންނަށް ބޭސް ކުރަން ޖެހޭތިއޭ. މިތަނުން އާސަންދަ ހިލޭ ލިބޭތީއޭ ނުލާހިކު އަގުބޮޑު ބޭސްދޭން.
ވަހީދެ
28 January 2025
މަކަރާ ހީލަތް ހަދަން ކޮންމެހެން ވަކި ބަހެއް އެނގެން ޖެހޭބާ؟
ވަޙީދު 165
28 January 2025
ދިވެހި ބަސް ރަނގަޅަށް ނުދަންނަ އެތައް ދިވެހިން ޓީޗަރުންގެ ގޮތުގައި ސްކޫލް ތަކުގައި ވަޒީފާ އަދާކުރޭ
ީެިއިުެި
29 January 2025
އަދި ނޫސްތަކުގަ ކޮމެންޓު ވެސް ކުރޭ، ނުވިތާކަށް ދިވެހި ނޫސްތަކުގަ ލިޔުންތައްވެސް ލިޔޭ
ސަނޭ
29 January 2025
އެކެ ޑަމީގެ ރައިސް ލިޔެފަ އޮތް މަޒުމޫނެއް ކިޔާލަބަލަ. ހަމަ އެ ވަރު ވަނީ
ޢައިިނަ
28 January 2025
މަކަރާއި ހީލަތުން ދިވެހިބަސް ނޭގޭކަމަށް ހެދިގެން އުޅެނީކަންނޭގެ
ދަގަތްފާނު
28 January 2025
ތިއުޅޭގޮލާމެން ގޭމްކުޅެފަ އެހުންނަ ޗެޓް ފެނިއްޖިއްޔާ ކަލޭމެން އަވަދިވެދާނެ.
ލުބްލާ2025
28 January 2025
އަވަހަށް ޑީޕޯޓްކޮއްލާ.
ސުހާނާ
28 January 2025
ދިވެހިބަސް ރަނގަޅަށް ނޭނގޭ ދިވެހިން މިހާރު ވަރަށް ގިނަ. މިހެން މިބުނީ ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ނޭނގޭ މީހުން ގިނަވީމާ. ދައުލަތުގެ އިދާރާތަކުގައިވެސް، ނޫސް މަޖައްލާތަކުގައިވެސް، ސޯޝަލްމީޑިއާއާއި މީޑިއާގެ އެހެނިހެން ދާއިރާތަކުގައިވެސް ގިނައީ ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ނުދަންނަ މީހުން. ދިވެހިބަހުގެ ލަފުޒުތަކާއި، ސުކުން ކުރަންޖެހޭ ތަންތަނުގައި ކުރަންޖެހެނީ ކޮން ސުކުނެއްކަން ރަނގަޅަށް ނޭނގޭ މީހުން ވަރަށް ގިނަކަން ލިޔުންތަކުން އެނގޭ.
ޛެޖސުއ
29 January 2025
އެފަދަ މީހުންނަކީ ޤައުމީ ލެޖެންޑުން. ބަލާބަލަ އެއިން މީހަކު އެއްޗެއް ލައިފިއްޔާ 1000+ ލައިކު ލިބެޔެ އަދި
ޖެން ޒީ
28 January 2025
mihaaru މި 24 ގަޑިއިރު ފޯނުކުޅޭ ކުދިން ގެ ހާލު ތީ.
ރޮންނ
28 January 2025
ދެކުނު އަތޮޅު ތަކުގަ ބަހުރުވަ ތަފާތު. މާލޭ ބަހުރުވައިން އެކަނި ކޯޓުގައި ވާހަކަ ދައްކަންޏާ ނޭގި ހިގައިދާނެ.
މަހާ
28 January 2025
ދިވެހި ބަހަށް މާލޭ ބަހޭ ނުކިޔޭނެ. މާލެ ނޫނަސް ކިތަންމެ ރަށެއްގަ އެބަހުން ވާހަކަ ދައްކާ. ރަސްމީ ދިވެހި ބަހޭ ކިޔުން މާ ރަނގަޅު ވާނެ
ތުޑުހަސަނު
28 January 2025
ބަހުރުވަ ތަފާތުވިޔަސް ދިވެހިންގެ މާދަރީބަސް ވާނީ ހަމަ ދިވެހިބަހަށް