އެކްރޮސް މޯލްޑިވްސްގެ ހަރަކާތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ބައިވެރިވަނީ.-- ފޮޓޯ: މިނިސްޓްރީ
01 ފެބުރުއަރީ 2025 - 19:21
ދުނިޔޭގެ ރެކޯޑު ގާއިމް ކުރުމަށް، އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހެދުމުގެ މަސައްކަތް ރާއްޖެއިން ފަށައިފި އެވެ.
އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "އެކްރޮސް މޯލްޑިވްސް ޑައިވް" ހަރަކާތް ބާއްވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހި މިއަދު ހުޅުމާލެ ބީޗުގައި އިފުތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާ އެކު، ކަނޑުގެ ބޭނުން ހިފާ ތަން ފެންނަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށާއި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކްރޮސް މޯލްޑިވްސް ހަރަކާތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓްރީ
ދުނިޔޭގެ ރެކޯޑް ގާއިމްކުރަން ބާއްވާ ހަރަކާތް ނިމޭއިރު، ޓޫރިޒަމުން ރާއްޖެ ތައާރަފު ނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފުވެ، އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތް އިންތިޒާމު ކުރާ އޯޝަން ސިކްސް ފިފްޓީ އިން ބުނީ ފުރަތަމަ ރެކޯޑު އަންނަ ބުދަ ދުވަހު ހަދާނެ ކަމަށެވެ. އެއީ ހުޅުމާލެ އާއި ހުޅެލެ ވަށައިގެން 17 ކިލޯމީޓަރު ފީނައިގެން ހަދާ ރެކޯޑެކެވެ.
ދެވަނަ ރެކޯޑު ހެދުމަށް ނިންމާފައި ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފީނައިގެންނެވެ. އެއީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމަށް ފީނައިގެން ހުރަސްކޮށްގެންނެވެ.
ޖުމްލަ 460 ކިލޯ މީޓަރު ޑައިވް ކުރާއިރު އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރު
02 February 2025
ވާނެ ގެރޭ. މަ ގޮސްފީމޭ މާލެ އިން ވ އަށް
މިސޫ
02 February 2025
4600 ކިލޯމީޓަރޭ؟؟ ތުރާކުނުން އައްޑު އަތޮޅު ގަމަށް އެއީ ގާތްގަނޑަކަށް 870 ކިލޯމީޓަރު. މި ތަންކޮޅު ސާފުކޮށްލަ ދެއްވުން އެދެން.
ޑައިވް
01 February 2025
އިތުރު މައުލޫމާތު ބޭނުން.
ކަލްހޯ ނަހޯ
01 February 2025
އީކޯ ޗެމްބަރާ ވެންޓިލޭޓަރާ ދެންވެސް ހުރި އެއްޗެއް ރަނގަޅަށް މަސައްކަތްކުރޭތޯ ބަލާފަ ތިޔަކަމާ އުޅޭތި.
ބެމީ
01 February 2025
ފީނައިގެން ދުނިޔޭގެ ރިކޯރޑް ހެދުން ތީގެ ހަގީގީ ބޭނުންކުރާށޭ އޯޝަން ސައެންސް ބޭނުންކޮށްގެން ތިފަދަ ކަންކަން އިންސާނުން ކުރަނީ ވަރަށް ބޮޑަށް ރޭވިގެން ސައެންޓިފިކް އުސޫލުންނޭ ނެޗުރެލް ސެޓެލައިޓް އަކީ އެއީ ހަނދު ހަނދު ދުނިޔޭގެ އޯރބިޓް ގައި އެނބުރޭ ގޮތް ދަސްކޮށް ހަދާ އޭގެ ފަހުގައޭ އާރޓިފިޝަލް ސެޓެލެއިޓްސް ތައް އޯރބިޓަށް ފުރަތަމަ އެރުވީ ރަޝިއާގެ ސްޕަޓްނިކް1 ސެޓެލެއިޓޭ އެގޮތަށް ރާއްޖެ ވަށައިގެން ކަނޑުގެ އަޑިން ދަތުރުކުރާ ކޮމިއުސެޓެލެއިޓެއް އީޖާދުވޭތޯ
ޝޭމް
01 February 2025
ކީކޭތަ ތިކިޔަނީ؟
ކައުންސެލަރު....
01 February 2025
ބޯހަލާކު ސަހާދެއްމިބުނީ.. އަތުގެ އިނގިލިތަކަށް ހިމޭންކަމެއް ދިނިއްޔާ މާރަނގަޅެއްނު، ކޮސްނުގޮވާ
މާހިރު އޭއައި
02 February 2025
މިއީ އޭއައި އިން ލިޔެފަ އިން ކޮމެންޓެއް!
ހަދާންބެ.
02 February 2025
އޭނަ ދޭތެރެ ދޭތެރެއިން ފެންމައްޗަށް އަރާނެ.