މާރާމާރީ ހިންގި ކެފޭ: ފުލުހުން އަންނަނީ މިތަނުގައި ހަރަކާތްތެރިވަމުން.
04 ފެބުރުއަރީ 2025 - 12:53
މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގީ މާވެޔޮމަގު ހުންނަ، ބެސްޓްބައި މޮބައިލްސްއާ ޖެހިގެން ހުންނަ ތާސީރު ކިޔާ ކެފޭއެއްގަ އެވެ. އެތަނުގެ ބަދިގެ ތެރޭގައި، މި ހަމަނުޖެހުން ހިނގީ ބަންގްލަދޭޝް މީހަކާއި ނޭޕާލް މީހެއް ކަމަށް އެނގިފައިވެ އެވެ.
ބަންގްލަދޭޝް މީހާ ވަނީ ނޭޕާލު މީހާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އަދި ލިބުނު އަނިޔާތަކަށް އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ޒަހަމްވި މީހާގެ ގައިން ފޭބި ލޭތައް، ކެފޭ ތެރޭގައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމެއްނެތް
04 February 2025
ގައުމުގެ ހާލަތު ބަދިގެއިންވެސް ފެންނަނީ. އެމީހަކާ އެމީހެއް. ރަގަޅު ގޮތެއްނެތް. ދެބަސް ނުވަންޏާ މީހަކަށް ނުވޭ. ނުފުއްޕާ އެމީހާގެ ގަޓް ނުދެއްކޭ. އެންމެން ބޭނުންވަނީ އެމީހަކީ އެންމެ ގައްޑާ މީހާއަށްވާން. ހިޔާލު ތަފާތުވާއިރަށް ހިތިޔާރު ބޭނުންކުރަނީ. މިހާއަށްވުރެ އީގޯ ބޮޑު. ސައިކަލުން ރޭސްޖަހަމުން ބާރު ސްޕީޑުގައިދާ ޕާޓޭވައްތަރު މީހާވެސް ކުއްވެރިއެއްނުވާނެ، ހެޔޮ ވަންވޭއަކުންދިޔަސް، އެމީހުން ހޭރިގަންނާނީ ގަވައިދުން ދާމީހާއަށް. މީ މިގައުމުމުގެ ލެވެލް