އައިޖީއެމްއެޗް: މީހެއްގެ ބޮލުގައި މަރުތޭލައަކުން ޖަހައި ވަނީ ޒަހަމްކޮށްލާފައި - ފޮޓޯ: މިހާރު
04 ފެބުރުއަރީ 2025 - 21:44
މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހެކެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، ހަމަލާ ދިނީ ސައިކަލެއްގައި އިށީނދެގެން އިންދަ އެވެ. އައިޖީއެމްއެޗް ކައިރީގައި ހުރި ފުލުހަކު އެ ވަގުތު އެ ސަރަހައްދަށް ދިޔަ ނަމަވެސް ހަމަލާ ދިން މީހުން ވަނީ މާކުރިން ދުވެ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.
ފުލުހުން ބުނީ ހަމަލާގައި ޒަހަމްވީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާގެ ހާލަތާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.
މާލޭގައި މިއަދު ވަނީ ކެފޭއެއްގެ ބަދިގެ ތެރޭގައި ވެސް އެތަނުގެ ބިދޭސީ ދެ މުވައްޒަފަކު އެކަކު އަނެކަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ....
05 February 2025
މިދުނިޔެމަތީގައި އޮޅުވާލައި ކޮންމެ ވާހަކައެއްދެއްކިޔަސް، ކުއްވެރިއެއްގެ ގޮތުގައި ބަންދުކޮށްފަހުއްޓާ މާފްދީ ދޫކޮށްލި މީހާ އެދުވަހުން ޒިންމާވާޖެހޭނެ ކަމެއްމީ!
ވޯލް
05 February 2025
ތިއޮތީ ކުށްކުރި ވެހިކަލް އަތިވެފަ. އެކަމަކު ފުލުހުންގެ ޤާބިލުކަމުން ތިމައްސަލާގައިވެސް ހެއްކެއް ކުށްކުރިމީހެއް އެނގޭ ކަމަށްނުވާނެ.
އަދުވަން
05 February 2025
މިހާރު މަސްތުވާއެއްޗެހިބޭނުންކޮށްކޮށް ބުއްދިގޯސްވެފާވާއެތަައްބަޔަކު މާލޭމަގުތައްމަތީއެބައުޅޭ ޗާނދަނީމަގުގަވެސް ކޮންމެދުވަހަކު ރޯއައުގުރާންގޮވަމުން އުޅޭމީހަކުއުޅޭ ، މީއެއްވެސްމައްސަލައެއްނޫން ސަރުކާރުތަަކަށް ، އާންމުމީހުންނަށް ނުރައްކާ ގޮތަށްއުޅޭމިކަހަލަ މީހުން އެކަހެރިކުރާކަށްނުވިސްނާ އެހެންލާހޫރެންދޫކޮށްލާފާތިބެނީ. ޖަލުންފިލައިގެންވެސް ބައިވަރު އެބައުޅޭ.
ހާލިދާ
05 February 2025
ދެން މިކަހަލަ ކުއްކުރާ މީހުން ވާނުވާގައި ބެހައްޓިއަސް ހެޔޮ. މައްސަލައަކީ ކުއްރާމީހުން އެއީ އުޅޭބަޔެއް ކަމަށް ބައެއްމީހުން ގަބޫލްނުކުރުން.
ސުޖޭން
05 February 2025
ގިނަ މީހުން ގަބޫލުކުރަން ބޭނުންވަނީ ކުށްކުރާ ކުދިން ނުވަތަ މީހުންނަކީ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މީހުންކަމަށް، އެފަދަ މީހުންނަށް އަދަބު ދިނުމަކީ ލާއިންސާނީ އަމަލެއްކަމަށް، އަދި އެފަދަ މީހުންނަށް ބޭނުންވަނީ ފަރުވާކަމަށް،
ރަދީފު ބިން ރަފައިދާ
04 February 2025
މިހާރު މަގެއްމަތީން ހިގާން ބިރުގަނޭ. ނޭންގޭ ބޮލުގާ މަރުތޭލަކުން ވިއްލާލާނީ ކޮންއިރަކުންކަމެއް؟
މުޑަހަންޖާ
04 February 2025
މަރުތޭލައިން ޖަހަންކެރޭމީހާ އަނެކާ ބޮލުގަ ގުރައިންޑަރު އަޅަންވެސް ފަހެއްނުޖެހޭނެ. ރާއްޖޭގައި ބޭނުންމީހަކަށް މިފަދަތަކެތި ގެންގުޅެވޭގޮތަށް އޮތުމުގެ ބަދަލުގައި މިފަދަތަކެތި ކޮންޓްރޯލުކުރެވި ވަޑާމުގެ ސަނަދު އޮންނަފަރާތްތަކަށް ހާއްސަ ހުއްދައެއްގެދަށުންނޫނީ އެތެރެނުކުރެވޭގޮތަށް ގާނޫނުތައް އިސްލާހުކުރަންޖެހޭ.
ދަގަތްފާނު
04 February 2025
ތިހެންއުޅޭ ގިނަމީހުންނަށް މަރުތޭލައިން މޮހޮރެއްގަ ސީދާކޮށްފަ ނުޖެހޭ.
ބަކުރު ބޭ
04 February 2025
މާލެ ތެރޭގައި މިހާރު އެންމެ ގިނައިން ހިނގާ ކަންތައްތަކަކީ އެކްސިޑެންޓްތަކާއި މާރާ މާރީ؟
ސަނީސައިޑްބޮންޑް
04 February 2025
ތިހަނގުރާމައިގައި ދޫކޮށްލާފަދިޔަ ސައިކަލް ޣަނީމާމުދަލެއްގޮތުގަނަގާ ނީލަމުގައި ވިއްކާލުމަށްފަހު އަނިޔާވިމީހާއަށް ބަދަލުގެގޮތުގައި އެފައިސާދިނުމަށްގޮވާލަން.
ދަލޭކަ ދައިތަ
04 February 2025
އެވެސް ވާނީ ވަގަށް ނަގައިގެން އުޅޭ އެހެން މީހެއްގެ ސައިކަލަކަށް. ދެން؟
ޗޫޤީ
04 February 2025
ހޫނ.. ތަޅާފޮޅާ މޫސުން ފެށުނީ.. ކޮބާ ސަރުކާރު؟ ކޮބާ ހޯމް ޓީމް؟ ކޮބާ ޓެގުތައް؟
ސިލްމާ
05 February 2025
ޕިއްޒާ އޯޑަރުކޮށްގެން ވަގަށް ޕީއެންސީއަށް މީހުން ވެއްދުމުގައި ބިޒީކޮށް! ދެން ކިހިނެތް ތިކަން ބަލާނީ؟