ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
06 ފެބުރުއަރީ 2025 - 10:23
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކޮށް، ފްލެޓްތައް ނިމެމުން އަންނަ ވަރަކުން މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ތަނެއް އޭގެ ހައްގުވެރިންނާ ހަވާކު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ،
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީންގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ.
އެތައް ބައެއްގެ ޝަކުވާތަކަކާ ގުޅިފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ގއ. އާއި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ މަހުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، މަކަރާއި ހީލަތުން ފްލެޓް ހޯދުމަށް މަސައްކަތް ކުރި މީހުން އެ މަނިކުފާނު ވިދާޅުވާ ލިސްޓުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންވެ، ލިޔެކިޔުން ބަދަލުކޮށްގެން ނުވަތަ ދޮގު މައުލޫމާތު ދީގެން ފްލެޓާއި ގޯތި ހޯދަން މަސައްކަތް ކުރި މީހުން ކެންސަލް ވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދިން ގޯއްޗެއް ފްލެޓެއް އަތެއް ނުލާނަމޭ. ނުގައިދުން، ދޮގު ހަދައިގެން މަކަރު ހަދައިގެން، ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލް ވާނެ،" "މިހާރު" ގެ ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ މަހުގެ 14 ގައި ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމަށެވެ.
އޭނާ އެ ދުވަހު ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާންކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން އިއުލާން ކުރި އުސޫލުގައި 15 އަހަރު މާލޭގައި ދިރިއުޅުނު ކަން ސާބިތު ކުރުމަށްޓަކައި ހަ ލިޔެކިޔުމެއް ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ. އެއީ؛
1. މާލޭގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުން.
2. އަނބިމީހާ/ފިރިމީހާ ކައިވެނި ކުރުމަށް ފަހު ވަޒީފާ އަދާ ކުރިކަމުގެ ލިޔުން.
3. ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
4. އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
5. ދަރިން މާލެ ސްކޫލް/ކޮލެޖު/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
6. ޕެންޝަނާ ބެހޭ ލިޔުންތައް.
މުއްތަލިބު ވިދާޅުވެފައި ވަނީ ލިސްޓް ވެރިފައި ކުރާއިރު، އެ އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމު
06 February 2025
އިންސަާފުވެރިކަމާއެކީ ރައީސް ބޯހިޔާވަހިކަންދޭނެ. ވަރަށް އުފާވެއްޖެ.
ގޮއްޔެ
06 February 2025
މަ ހަމަ ހައިރާންވެ އަންތަރީސްވެއްޖެ. ހަދާ ނިމިފައިހުރި ފުލެޓްތަކެއްގެ ލިސްޓް ޢާންމުކުރާތާ 7މަސްފަހުން އެތަނުގެ ބޭނުން ރައްޔިތުންނަށް ކުރެވެންއޮތީ. މުޢިއްޒުއަކީ ފުލެޓްތަކާ ނިކަންކުޅޭހިތްވާ އަދި ރައްޔިތުން ގަނަތެޅޭތަންދެކެން އިންތިހާއަށް ބޭނުންވާ ވެރިއެއް. އިބޫޞާލިހުވެސް ހިޔާފުލެޓްތަކުގައި ބަގުޑިބެއްދިތަނެއް އަހަރެމެން ނުދެކެން. ތާހިރުދިރިއުޅުމެއްގައި ހިތްގައިމުކަމާއެކު ދިވެހީންއުޅޭތަން ބަލަން މުއިއްޒުއަށް ކެތްނުވަނީބާ؟ ދުވަހަކުވެސް ވޯޓެއްނުދޭނަން.
މި ސަޅި
06 February 2025
ނިންމަނީ، އަންނަނީ، ހިއްކަނީ، ދެނީ.
އައިމިނާ
06 February 2025
މަޖިލީހަށް އަނބިކަނބަލުންތައް ގޮވައިގެންދިޔަ ބޭބޭފުޅުން ފެނުނީ އަނބިކަނބުލޭގެ ހުރީމަ ލަދުން އުޅުނުގޮތަށް.
ދެރަ
06 February 2025
ޢަދި ދިރިއުޅުމުގެ ހާލަތުވެސް ނުބަލާ، މިފަހަރުވެސް އަޅުގަނޑު ލައްވާ ނުލަނީތޯ؟
ހައުލަތް
06 February 2025
އިބޫ ނުނިންމާ ދިޔަ ފްލެޓްތައް ނިންމާ ރައްޔިތުންނަށް ހައްގު މިންވަރު ރައީސް މުއިޒް ހޯފަ މިދެނީ
ހަމަދު ސަލީމް
06 February 2025
އުފާވެރި ހަަބަރެއް. މިހެން ވާންޖެހޭނެ
ސޯނާ
06 February 2025
ފްލެޓް ލިސްޓްގެ ސާވާރ ކްލައުޑުގައި ބައިދަދެއްޗޭ...ނޫނީ ސާވާ ދެތިން ލޮކޭޝަނުގައި ބަހައްޓައްޗޭ...މައްސަލައަކީ ތަނެއް އަނދައި ހުލިވާއިރުވެސް މިއަނދަނީ އެންމެ މުހިއްމު އެއްތަން. ކަންދިމާކުރާގޮތުން އެތަން ފިިޔަވައި އެހެންތަނެއްގައި ސާވާއެއް ނުބަހައްޓާ...ހަގީގަތް އެގޭނީ ގިޔާމަތްދުވަހު
އޮނަރަބްލް އަފީފު ދީދީ
06 February 2025
އަދުލުވެރިކަމާއިއެކު ދައުލަތު ހައުސިންގ ސްކީމް ފުލެޓް ދޫކުރަން ފުލެޓް ދޫކުރުމުގެ ކުރިން ފުލެޓް ލިބޭ މީހާގެ ނަމާއި އެޑްރެސް އަދި ފޮޓޯ ހިމެނޭގޮތަށް ގެޒަޓް ކުރުމަށްފަހު އުސޫލު ތަކާއި ޙިލާފަށް އެއްވެސް ފަރާތެއްގެ ނަން ފުލެޓް ލިބޭ ލިސްޓްގައި ހިމެނިފައިވާތޯ ބެލުމަށް ލިސްޓް އާންމު ކުރާގޮތަށް ކަޑައެޅުން ވަރަށް މުހިންމު. ދައުލަތުން 50 ހަކަށް ހާސް ރުފިޔާ ޙަރަދުކޮށްގެން ޙައްޖަށް ފޮނުވާމީހާގެ ވަނަވަރު އާންމުކޮށްފަ 6 މިލިޔަން ރުފިޔާގެ ފުލެޓް ދޭމީހާ ސިއްރު.؟!
ފުރަތަމަ ޢަފީފު ދީދީގެ ފޮޓޯ ޖަހާބަލަ!
06 February 2025
ޢެހެން މީހުންނާ ނުފޮށި، ފޮޓޯ ޖަހައި ފުރަތަމަ ތިމާ އަކީ ކާކުކަން ނިކަން ހާމަކޮށްލަ ބަލާށެވެ! ތިއީ ފިލާ އިނދެގެން މަރުވެފައިވާ ތިމާ ޤަބޫލުކުރާ ހީރޯގެ ނަމުގަ ކޮމެންޓް ކުރާ ފިޠުނަވެރި ފިނޑި އެކެވެ.
އޮނަރަބްލް އަފީފު ދީދީ
06 February 2025
މާލޭމީހުންގެ ކަށީގައި ހިފާފައިވާ ފުލެޓާއި ގޯތިން ވައްކަން ކުރުން ހުއްޓުވުމަށާއި، ގޯތި ގެދޮރު ނަހަމަގޮތުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށްޓަކާ ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކް ކުރާ ދެވަނަ ފުލެޓާއި ބިމުން %50 އިތުރަށް މިލކު ކުރާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ކަޑައަޅާ، ސޯޝަލް ހައުސިންގް ސްކީމް ޕްރޮޖެކްޓް ތަކަށް ދޮގު މައުލޫމާތުދީ އެފަދަ ކަމަކަށް އެހީތެރިވެ ދިނުމަކީ ޖިނާޢީ ކުށެއް ކަމަށް ޤާނޫނުގައި ކަޑައަޅާ ޤާނޫނު އިސްލާޙް ކުރޭ.