ކެފޭގައި މާރާމާރީ ހިންގި ނޭޕާލް ޝެފް.--
06 ފެބުރުއަރީ 2025 - 13:43
މާލޭގެ ކެފޭއެއްގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު މާރާމާރީ ހިންގި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފި އެވެ.
މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރުގެ ތެރޭގައި މާރާމާރީއެއް ހިންގީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު މެންދުރު މާރާމާރީ ހިންގީ އެ ތަނުގައި މަސައްކަތްކުރާ ނޭޕާލް ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ ދެމެދު އެވެ. އެ ދެ މީހުންނަށް ވެސް އެ މާރާމާރީގައި އަނިޔާވި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ނޭޕާލަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރު--
ނޭޕާލަށް ނިސްބަތްވާ މީހާ ފަރުވާއަށްފަހު ބަންދު ކޮށްފައިވާއިރު، ފުލުހުން ބުނީ ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.
އެ މައްސަލާގައި މާރާމާރީ ހިންގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެފޭތައް
12 February 2025
ދެން ދޫކޮށްލީމަ އެ ވީ
ޤައުމުގެ ޙާލަތު
06 February 2025
ތިޔަ މާރާމާރީތަކުގައި ކަމާނުވެސްބެހޭ ކުދިންވެސް އެބަހައްޔަރުކޮށް އެކުދިން ޖަލަށްލާ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އެތައް އަނިޔާތަކެއްދެމުން އެބަދޭ. ކުށުގެ އެއްވެސްރެކޯޑެއްނެތި ސްކޫލުދައުރުވެސް އަޚްލާޤް ރަނގަޅުކުދިންވެސް އޭގެތެރޭގައި އެބަހިމެނޭ. މައިންބަފައިންގެ ދެލޮލުގެ ކޮއި ފަދައިން ލޯބިން ބޮޑުކޮށް މާދަމާ ޤައުމުގެ ކަންތައްތަކާ ޙަވާލުވާންތިބި ޅަ ދަރީންނަށް މިފަދަ ބޮޑެތިއަނިޔާތައް ދެމުންދޭ. އެކަމަކު ބޮޑެތި މުޖްރިމުންނަށް އެޅޭނެ ފިޔަވަޅެއްނެތް.
ބޮންޑް
06 February 2025
ބަންގާޅީން ތިބޭތަނަކަށް އެހެން ގައުމެަްގެ މީހަކު ގެނައުމަކީ ވަރަށް ބަންގާޅީން ކޮންބައެަްކަން ނުދަންނަ ބަޔަކު ނޫނީ ނުކުރާނެކަމެއް.. ތި ނޭޕާލު މީހާއަށް ކުރާނެ ދުައްތުރާ އަންދާޒާކުރަން ވެސް ނޭގޭނެ... އެހެންގައުމެއްގެ މީހަކު ގެންނަނަމަ ފުރަތަމަ ބަންގާޅީން ހުސްކޮށްފަ ބުލިޗްފެނުން ޑިސްއިންފެކްޓް ކޮށްފަ ގެންނަން ހުރިހާބޭޕުޅުން ނަށްވެސް ދަންނަވަން.
ހުސްނީން
06 February 2025
ކިހާވަރެއްގެ ހަގީގަތެއް ހުރި ވާހަކައެއްތޯ؟ އަހަރެންވެސް ވަރަށް ގިނަ ދުވަސްވެއްޖެ ބަންގްލަދޭޝް މީހުން އެކަނި ގެންގުޅޭތާ. އެކަމަކު ވަރަށް ފަހުން ބަންގާޅު މީހުން ނުގެނެވޭތީ، އިންޑިއާ މީހުން ގެންނަން ފަށައިފިން. މީގެ ކުރިން ދުވަހަކު ދިމާނުވާ މައްސަލަތައް އެބަ ދިމާވޭ. މިއީ 2 ބައި މީހުންގެ އާދަކާދާ ތަފާތުވީމާ ވާ ގޮތެއް ކަމެއް. ނޫނީ މިޒާޖު ތަފާތުވަނީ ކަމެއް ނޭނގޭ. މިމީހުން ނުގެނެސް ނެތް ވާކަށް. ދިވެހި ޒުވާނުން ބޭނުންވަނީ ފުރުތަމަވެސް ބޮޑެތި މަގާމު.
ނަން..
06 February 2025
އަދިވެސް ބަންދު ތަ ކުރަނީ. ތިމީހުން ޖެހޭނީ ޑީޕޯޓް ކޮއްލަން. މިއީވާ ޤައުމެއް.