ފައްޔާޒު އެމްޑީޕީގެ ޖަލްސާއެއްގައި: ރައްޔިތުން ބާރުވެރިކުރަން ދެގޮތެއް ނުވެ ތިބޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
07 ފެބުރުއަރީ 2025 - 21:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައި ހިންގި "ބަޣާވާތުން" ކުރި ހޯދީ ރައްޔިތުންގެ ބާރުވެރިކަން ދައްކައިގެން ކަމަށާއި އެގޮތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ސިފައިން އަދި އާންމުންގެ ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން ވެއްޓުނުތާ މިއަދު 13 އަހަރު ފުރުމާ ގުޅުވައި އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ" ކަމަށެވެ.
އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތުން ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އެމްޑީޕީ ދެމި އޮންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ކުރެއްވި ޕޯސްޓް ނަޝީދު ވެސް މިރޭ ވަނީ ރީޕޯސްޓް ކުރައްވައިފަ އެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން މާލެ އާއި މުޅި ރާއްޖޭގައި ބޮޑެތި މުޒާހަރާތަކެއް ކޮށް، އެ މުޒާހަރާތަކާ އެކު ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނަޝީދު އިސްތިއުފާ ދެއްވިއިރު، އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާ އެ ދުވަހު ކުރެއްވި އެވެ. އެއީ ބަޣާވާތެއް ކަމަށް ބުނެ އެމްޑީޕީން ވަރުގަދަ މުޒާހަރާތަކެއް ކުރި އެވެ. އެކަމަކު ވެރިކަން ވެއްޓުނު ގޮތް ބެލުމަށް ހެދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނިންމީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްސަންް
09 February 2025
އެމްޑީޕީއިން ވެރިކަމެއްކޮށް ނިންމާލީ ރައްޔިތުންގެ ބޮލުގަ ދަރަނީގެ ދަންތުރައެއް ޖައްސާފައި މި ގައުމު ބަނގުރޫޓްކޮށްލުމުގެ ނިޔަތުގައި. އެކަމަކު ރައީސް މުއިއްޒު މިގައުމު ސަލާމަތްކޮށްދީފި. ދެން ރައްޔިތުންނަށް ބާރުދޭށޭ ކިޔާފަ މިދައްކަނީ ކޮންވާހަކައެއް. ހަމަގައިމު އެހެން އެމްޑީޕީ މީހުން ކަންނުކުރާކަމަކަށް ނުވާނެ.
ސަމަދްް
09 February 2025
ފައްޔާޒް އުޑުގަޖެހިފަ ބިމުގަ ޖެހުނަސް މިވެރިކަމެއް ނުވެސް ވެއްޓޭނެ ބަލިކައްޓެއްވެސް ނުވާނެ. ދެން ލަލަލާ
ޖަލީލްް
09 February 2025
ތިއީ ރައްޔިތުން ބާރުވެރިކުރުވަނީއެއްނޫން. ތިއީ ޖެއްސުންކޮށް ނުހޮރޮއްޕާންކުރުން.
އިތުބާރު
08 February 2025
އިތުބާރެއް ނެތް. ސޮރީ.
ޖޯކް
08 February 2025
ބަލަ ފައްޔާޒުމެން ތިހެން އަރުވާ ދުންގަނޑުގައެއް ދިވެހިންނެށް ދެނެށް ނުޖެހޭނެ. ފަސް އަހަރު މިގައުމަށް ކޮށްލާފަ އޮތްވަރު ދިވެހިން ދުވަހަކުވެސް މާފެއްނުކުރާނެ. ގައުމު އެތައްބިލިޔަނެއް ދަރުވާލާފަ، ކައިރީގަ އުޅުން އެންމެން ޖީބުތައް ބާރުވެރި ކުރުވާފަ ލަދު ކޮބާ ރަތްޔިތުންނޭ ކިޔަން. މަގޭ ދުއާޔަކީ އެމްޑީޕީ ދުވަހަކުވެސް ވެރިކަމާ ކައިރުނުވެވުން. ނަމަނަމަ މި މަކަރުވެރި މީހުނަށް ވާޓު ނުލާތި.
ފިނޑިއޭ
08 February 2025
ކެރިގެން ބުނެލާބަ ބޭނުމީ ވެރިކަމޭ އާރާއި ބާރޭ
އިބުރާ
08 February 2025
ލޮލްސް
މޫކޭ
08 February 2025
ޕާޓީ ސިސްޓަމު ފެއިލު ވެއްޖެ އިތުބާރު ގެއްލިއްޖެ
މިކާހު
08 February 2025
ސުޕަމެޖޯރިޓީ ދިނީމަ 120 ބިލިޔަނުން ދަރުވާލާފަ އެންމެ ނިކަމެއްޗަކައްވެސް ބޯހިޔާވަހިކަމެއް 5 އަހރު ތެރޭގަ ހޯދާނުވުނު ބައެއްތީ
ފެންނަގޮތް
08 February 2025
ރައްޔިތުން ބޮލުގައި ބިލިޔަންޔުން ދަރަނި އަޅުވައި، އަދި އާންމު މީހާ އުޅޭ ކުދިވިޔަފާރިތަށް ދަރުވައިލީމަ ހުންނާނީ ހިމާޔަތް ވެފަ