ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން: ފުވައްމުލަކުގެ ޑްރަގު ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިއްޖެ ކަމަށް ވިދާޅުވި
07 ފެބުރުއަރީ 2025 - 23:09
ފުވައްމުލަކުގައި އޮޕަރޭޓްކުރާ މަސްތުވާތަކެތީގެ ނެޓްވޯކްތައް އެއްކޮށްހެން މިދިޔަ އަހަރުގެ ތެރޭގައި ނައްތާލެވިފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ޕީއެސްއެމުން ބޭއްވި ފޯރަމްގައި މިނިސްޓަރު ވިދާޅުވީ އަތޮޅުތަކަށް ހާއްސަކޮށްގެން، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށާއި އޭގެ ބޭނުމަކީ އަތޮޅުތެރޭ އޮތް މަސްތުވާތަކެތީގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުން ކަމަށެވެ.
"މިދިޔަ އަހަރު އެއް އަތޮޅު އަޅުގަނޑުމެންނަށް ކާމިޔާބުކަމާ އެކު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި. ޏ އަތޮޅު ފުވައްމުލައް،" މިނިސްޓަރު ވިދާޅުވި އެވެ.
"ފުވައްމުލަކުގައި ޑްރަގު ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން މީހުންނަށް ޑްރަގު ދެމުން ގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފައި ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން."
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަން މި އަހަރު ތެރޭގައި ވެސް ހިންގައި އަތޮޅު ތެރޭ އޮތް ނެޓްވޯކްތައް ނައްތާލުމުގެ މަސައްކަތް ކުރާނެ އެވެ.
ފުވައްމުލަކުގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ބޮޑެތި ތުހުމަތުތަކާ އެކު ހައްޔަރުކުރި ދެ މީހުން
އިހުސާން ވިދާޅުވީ 2023 ވަނަ އަހަރު 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މި ސަރުކާރު ހަވާލުވީ ފަހުން މިދިޔަ އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި ބޯޑަރުތަކުގައި މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަތޮޅުތެރޭ ފުލުހުން މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވެ އެވެ. އޭގެ ތެރެއިން 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އޮޕަރޭޝަންގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވެ އެވެ.
އެ ތުހުމަތުގައި ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
ތަހުގީގަށް މިހާތަނަށް ހޯދި މައުލޫމާތުން، ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 މީހަކު ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކް އެކައުންޓު ހިފަހައްޓައި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލީ
09 February 2025
މިނިސްޓަރ އިހްސާން ދައްކާ ވާހަކަ ގަބޫލުކުރަން މިހާރު ވަރަށް ދަތި.
އައްޑޫ ދިޔެ
08 February 2025
އަމިއްލަ އަތޮޅު ސާފު ކުރާނީ ފަހެ ދެން ކޮން އިރަކުންތޭ؟؟
ޚސކސކ
08 February 2025
ޑުރަގު ބިރުން ފިލީކީ ނޫންބާ؟؟
ލަދިއްޕަ
08 February 2025
ކޮބާ ވަކި ތަނަކުންތަ ހުސްކުރަނީ.. އެހަރަ އައިޖީއެމްއެޗް ކައިރީ ފަތު އަޑު ކިޔާފަ ވިއްކަނީ.. އަލަށް އެތަނަށް ފާކުރާ ކުދި ސޫފިތަކެއް އެއީ.. ހިސާބު މީހުންނަށްވެސް ނޮހޮރޮއްޕާން ކުރަމުން ދުވަނީ.. އަދި ބޮޑިއެއް ބޯނެ
މުޖުތަމައުގެ ރައްކާ
08 February 2025
ދެން ކޮންއިރަކުންތޯ ގއވިލިނގިލީގަ އޮތް ޑްރަގް ނެޓްވޯރކް ނައްޓާލާނީ މިނިސްޓަރ؟ ވިއްކާ ކޮންމެ ކުއްޖަކަށް މަސް ދޯންޏެއް އަދި ސަފާރީ އެއް އެންމެ އަގުބޮޑެތި ކާރުއެބަގެންގުޅޭ ދުވާލު ނިދާފަ ރޭގަނޑުގަ ވިޔަފާރީގަ.
މިހެޑްލައިން ކިހިނެއްތޯ؟
08 February 2025
ފޯމުލަކަށް އަވިދިނުން ހުއްޓުވާލައިފިން.
ސަމްސާ
08 February 2025
ތިޔަކަން އެނގޭނެ މިހާރުވެސް ނޫސްވެރިން ތަކެއް އރަށަަށް ގޮސް ޢިންވެސްޓިގޭޓްވި ޖަލިޒަމްގެ އެޕިސޯޑެއް ހިންގާލާ ހިސާބުން. މި ހޯމް މިނިސްޓަރަކީ އަޅެ ބީރުބޮލް ވަޒީރުތޯއެވެ؟ ހުރިހާކަމެއްގައިވެސް ރައްޔިތުން ޢޮޅުވާލާއި ސިޔާސީ މަންފާ ނެގޭތޯއެވެ؟؟
ސިދުނާ
08 February 2025
މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން." - ކުރިހުކުމެއް ދައްކަބަލަ ؟؟؟ ކިޔޭ ނުކިޔޭ އިނގޭބާ ؟
އަލްޖިބްރރާ
08 February 2025
ހުސްފޮނި ކަނޑާ ގޮލައެއް. ފުވައްމުލަކަށް ޑްރަގް އަންނަނީ ސީދާ ޕާކިސްތާނުންތަ؟ އެންމެނަށްވެސް އެނގޭ މާލެއިންކަން އަންނަނީ. މާލޭގައި ތިބި ޑްރަގްގެ ބޮޑުންނާ ކުޅެލަން ނުކެރެނީ. އުމަރު ނަސީރުވަރެއް އަދިވެސް ނެތް ހަމަ
މާސްޓަރ ޓްރެއިނަރ
08 February 2025
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ސަޕްލައި ރިޑަކްޝަންއަށް އެއްވެސް މަސައްކަތެއް ނުކުރޭ. މި ސަރުކާރުން މިނިސްޓަރ އިޙްސާނުގެ ލީޑަރޝިޕްގެ ދަށުން ޑްރަގް ކާޓޭލްތައް މުލުން ލުހެލުމަށް ތިކުރައްވާ ޖިހާދަށް އައްސަރިބަހާއި ސާބަސް.
އައް
08 February 2025
ސިޔާސީ މީހުން ބުނާ ވާހަކަ ޤަބޫލުކުރާނީ މޮޔައިން.. ޑްރަގް ސަޕްލައި އެއްވެސް ވަރަކަށް ކުޑައެއްނުވެ.
ޚދކދކ
08 February 2025
ޖިހާދޭ ދެއްތޯ؟ ހޮގޮގޮގޮ