ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު.
08 ފެބުރުއަރީ 2025 - 06:35
މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު ހައްޔަރުކުރަން އިންޑިއާގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
ސޯނޫ ހައްޔަރުކުރަން އިންޑިއާގެ ޕަންޖާބުގެ ލުދިއާނާ ޑިސްޓްރިކްޓުގެ ކޯޓުން އަމުރެއް ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މޯހިތު ޝުކްލާ ކިޔާ މީހެއްގެ ފަރާތުން ލުދިއާނާގެ ވަކީލެއް ކަމަށްވާ ރާޖޭޝް ކަންނާ ކޯޓަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި ގޮތުގައި، ސޯނޫ ވަނީ މަކަރާއި ހީލަތު އެއް މިލިއަން ރުޕީސް އޭނާގެ އަތުން ހޯދައިފަ އެވެ. އަދި އެ ފައިސާ ހޯދީ ކްރިޕްޓޯ ކަރަންސީއެއްގައި އިންވެސްޓްކުރަން ކަމަށް ބުނެ އޮޅުވާލައިގެންނެވެ.
ކޯޓުން ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް ސޯނޫ ކޯޓަށް ހާޒިރުވުމަށް މީގެ ކުރިން ވެސް އަންގައިފަ އެވެ. ނަމަވެސް، އެ އަމުރަށް އޭނާ ތަބާނުވުމުން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުވުމަށް މުމްބާއީގެ ފުލުހުންނަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުންނަށް އަމުރުކޮށްފައި ވަނީ ސޯނޫ ހައްޔަރުކޮށްގެން އަންނަ ހޯމަ ދުވަހުގެ ކުރިން އޭނާ ކޯޓަށް ހާޒިރުކުރުވުމަށެވެ. މި މައްސަލައިގެ ދެން އޮތް އަޑުއެހުން ވެސް ތާވަލުކޮށްފައި ވަނީ އެ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
10 February 2025
ތިވަނީ މޯދީގެ ރޭވުމަކަށް..... ބޮއިހަލަކި
ސޯނާ
09 February 2025
ސޯނޫ މކަރާ ހީލަތުން ނެގި ފައިސާ އިން ކަމަށްވާނީ މީހުންނަށް ސދަގާތް ކުރީ! ސޯނޫ އަކީ ނުބައިބައި ކުޅޭ މީހެއް ދެން އޭނަގެ މާ ރަގަޅު ސިފަ ތަކެއް ހުންނާނެ ބާ!!
ޓަކާން
08 February 2025
ސޯނޫ............
ސިލިކަން ވެލީ
08 February 2025
ދެން އެހާ ދީލަތިއްޔާ ދީބަލަ އެ ފައިސާކޮޅުވެސް އެމީހަޔަށް އަނބުރާ. ދެއްކުންތެރިކަން ބަހައްޓާ ކޮންމެ މީހަކާމެދުވެސް އަހަރެން ޝައްކު ކުރަން. އެންމެ ރަނގަޅީ ކަނާތުން ދޭ އެތި ވާތަށްވެސް ނޭނގި ދޭ މީހާ...
ލަސް
09 February 2025
ކަލޭ އަމިއްލަޔަށް ދީނީ ހުކުމް އުފައްދަނީތަ؟
ހަމަދޮގެއް !!.
08 February 2025
އިންޑިޔާގެ އެންމެ ދީލަތި ސެލެބްރިޓީ އަށް ދެކޮޅަށް ނަަގައިގެން އުޅޭ ތި މައްސަލަ ގަބޫލެއް ނުކުރާނަން.
ރަންބީރީ
08 February 2025
ސޯނޫގެ ކުށެއް ނޫން. އިނޑިޔާއަކީ މީހަކު ކުރިއަރަންޏާ ޖެހިގެން ހުންނަމީހާ ހަސަދައިން ފުރި ބަނޑުންވާ ބައެއް.
ހަމްދާ
08 February 2025
އީވެން ހިޔާ
ކިރުސައި
09 February 2025
ދިވެހިންގެ ގާތުން އެމީހުން ދަސްކުރީ