ފިނޭންސް މިނިސްޓްރީ: މިމަހުގެ 20 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭން ވަނީ އަންގާފައި
10 ފެބުރުއަރީ 2025 - 15:16
ދައުލަތުގެ މުވައްޒަފުންނަށް ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އެ މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ދައުލަތުގެ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާތީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްލޯޑް ކުރަންޖެހޭ ކަމަށެވެ.
ސާކިއުލާގައިވާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ދޭނީ އަސާސީ ވަަޒީފާ އަދާކުރާ އޮފީހުން އެކަންޏެވެ. ރޯދަމަސް ފެށޭއިރު، ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް އަންގާފައިވެ އެވެ.
އެކަމަކު، އެފަދަ މުވައްޒަފުން ވެސް ރޯދަމަހު ވަޒީފާ އަށް އެނބުރި އަތުވެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ އިނާޔަތް ހިސާބު ކުރުމަށް ފަހު، ބާކީ އޮތް މުއްދަތަށް އިނާޔަތް ދިނުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަދުނާނު (ތަބައް)
12 February 2025
"ދައޮލަތުގެ މުވައްޒަފުންނަށް" ތޯއެވެ؟ ސަރުކާރު މުވައްޒަފުންނަށްތޯއެވެ؟
ސުއްޖޫ
10 February 2025
ރޯދަ ހަދިޔާ ލިބިއްޖެ. ވަޒީފާއިން ކަނޑާލާފަ އެފޮނުވާލީ ގެޔައް.. ސުކުރިއްޔާ މުއިއްޒު.
ފިނީޓޯ
10 February 2025
ރޯދަ އައުމުގެ ކުރިން ތިޔަ ހުސްވެއްޖެޔާ އަލުން ރީފިލް ކޮށްލެވޭނެތަ؟