ރަސްފަންނު ސަރަހައްދު: މިތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ފެބުރުއަރީ 2025 - 17:50
ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޓީ ކައުންސިލުން އެގޮތަށް ބުނިއިރު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި އެތަނުގެ ރީތިކަން އަނބުރާ ހޯއްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ސިޓީ ކައުންސިލުން ބުނި ގޮތުގައި 2016 ވަނަ އަހަރު ހުޅުވި ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށް ފަހު، އެތަނުގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.
އެއީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ކޮށްފައިވާ ތަނެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެތަނުގައި ހުރި އިމާރާތާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަށް ވަނީ ގޮސްފަ އެވެ.
ކައުންސިލުން ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީ ހުއްދަ އެންވަޔަރަނަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ވަނީ އަންނަ ހަފްތާގައި ޗަކަ ނަގައި މަސައްކަތް ފަށާނެކަން ވެސް އަންގާފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ރަސްފަންނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
— Malé City Council (@MaleCitymv) February 14, 2025
މާލޭ ސިޓީ ކައުންސިލުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައެވެ.
2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން…
ރަސްފަންނު ބެލެހެއްޓުމަށް ހަވާލުކުރީ އެމްޓީސީސީއަށް ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއް ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މީގެ ފަހުން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުން ކަމަށެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައި ހަދާފައިވާ ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެ އެވެ.
އެކަމަކު އެމަނިކުފާނު މިއަދު ހެނދުނު ރަސްފަންނަަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލައްވާ ކުރެއްވި ޓްވީޓުގައި ވަނީ އެ ސަރަހައްދު ވީރާނާވަމުންދާ ކަމަށާއި އެތަން މަރާމާތުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިތަނުގެ މަރާމާތު ލަސްވީ މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިޔަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެކެވެ.
ކައުންސިލުން ބުނީ މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރަން ކަމަށާއި އެކަމަކު އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށެވެ.
އެ މައްސަލަ ބޮޑުވި ދުވަސްވަރު އެމްޓީސީސީން ބުނީ ހަޓުތަކާއި ބާބަކިއު އޭރިއާ އަދި މަސްބާނާ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެ ތަން މަރާމާތު ކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެކަމަކު އެ ހުއްދަ ނުލިބޭ ކަމަށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ހަފްތު ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު އާއިލާތަކާ އެކު ގޮސް ހަދާ ދެ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތުބެ
15 February 2025
ފޮނިމުރާދައް ކުރެވޭނެހާވެސް ކަމަކީ އަރިއަރިއައް ފޮޓޯ ނެގުން
ރާއްޖެ
15 February 2025
އާދަނާ އަދި ނަގާފަ ތިބި ކޮންސަލްޓަންޓުން މަދީ ނުން.
ލަކްސް
14 February 2025
ކައުންސިލެއް ސަރުކާރެއްކިޔާނެކަމެއްނެތް. ހުރިހާތާކުވެސް ތިބީ ބޯސަކަރާތްމީހުން.
ސަނީސައިޑްބޮންޑް
14 February 2025
އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ
ޓޭސީ
14 February 2025
ސުވާލަކީ މުއިއްޒުގެ މޭޔަރކަމުގައި ތި ދެތަން މަރާމާތު ކުރުމަށް ކުރެއްވީ ކޮންމަސައްކަތެއްތޯ؟ ތީ އިއްޔެ މެންދުރު ވީކަމެއް ނޫނެއްނު
އިއްޔެ މެންދުރު
15 February 2025
ހަޖަމް ކޮއްލާ
ކިހިނެއް
14 February 2025
އެމްޑީޕީ ސަރުކާރު ނޫން ސަރުކާރެއް އޮވެއްޖެޔާ ހޮވަންވީ އެއިރެއްގެ ސަރުކާރެއްގެ މީހުން. އެހެން ނޫނީ ޖެއްސުން ކުރާނީ. ބޭނުންވަނީ ސަރުކާރު ގޯސްކުރަން
އެހެނަސް
14 February 2025
އާދަމް އާޒިމް ކުރާހާ ވެސް ކަމަކީ ޕާޓީ ކުދިންނައް ވަޒީފާ ދިނުން. ހަމަ އެގޮތައް ތ.ހިރިލަންދޫގެ އެމްޑީޕީ ކައުންސިލުން ވެސް ކުރާކަމަކީ އޭސީ ސަރްވިސް ކުރަން 2 މީހުން ގޮޑު ބަލަހައްޓަން 10 މީހުން ކުނިކަހަން 10 މީހުން މަސައްކަތު މީހުނައް 5 މީހުން. 1000 މީހުން ހަމަނުވާ ރަށަކައް ވަޒީފާދިން މީހުން. އަދި ކައުންސިލް އިންތިހާބު އަންނަންވާއިރައް މުޅިރަށުގެ ގިނަ މީހުން ތިބޭނީ ކައުންސިލް ވަޒީފާގަ. ކައުންސިލް ރައީސް މިހާރު 3 ދައުރު ވެއްޖެ ހޮވާފަހުންނަތާ.
ފޫނު
14 February 2025
އެމްޑީޕީއިން ބުނީ ވެސް ގިނަ ދައުރު ވެރިކަން ކުރަންޏާ ހުދުމުހުތާރު ވާނޭކަމައް. މައުމޫނުގެ ވެރިކަމުގަ ވެސް އެންޑީޕީންކީ އެހެން
އަފްރާސިޔާބު
14 February 2025
މުއިއްޒު ހުރި އިރުގާ ވަޒީފާ ދިނީ ޕީޕީއެމްގެ ކުދިންނަށް. ކޮބާ މައްސަލައަކީ. އެއިރު އެކައުންސިލުން ކުރިކަމަކީ ފައިސާ އެމީހުންގެ އަންބޮނޑިއަށް ވަންނަ ގޮތެއް ހެދުން.
ބޭނުން
15 February 2025
މުއީޒު ހުރިއިރު މުޅި ރައް ކަހާނުލާ އެއްކޮއް އެއީ ތަފާތަކީ. މިހާރު ވާގޮތަކީ ބަޖެޓް ލިބިފަ އޮތީމަ ޖެއްސުމައް ބޭނުން އެއްޗެއް ހަދަނީ
ދޮން
14 February 2025
ބާއިންޖީނުގޭހުރި ތާއޮތް ޕާކާއި ބާޖަމާލުންދީނު ހުރި ބިންވެސް ގޮޑުވެގެންދަނީ މިހާ މީހުން ތޮއްޖެހިގެން ހުޅޭ އިރު ޕާކް ކުރެވޭގޮަތް ވަގުތީ ގޮތުން ހަދާލިޔަސް ހާދަ ފަސޭހަވާނޭ މާލޭ ރައްޔިތުންނަށް ، ބުޅާކޮޅުވެސް ރޯދައިގެ ކުރިން ބަދަލު ކުރެއްވުން އެދެން ، ބޭނުމީ އަމަލުން ކުރުން ބަހުން އަނގައިން ކުރުމެެއްނޫން
ހޮޓްކިންގ
14 February 2025
އާޒިމް އަނގައިން ދެރަނިވާތި. ތީ މާލޭމީހުނަށް އެއްކަމެއްވެސް ކޮށްދޭ މީހެއްނޫން. ވަރަށް ވަނދު މީހެއް. ދެން ނުދޭނަން ވޯޓެއް.
ފަކާސް
14 February 2025
ހުރިހާ ކައުންސިލް ތައް އުވާލާ. ބޭކާރު ހަރަދެއް. މިމީހުން ހޮވާ މުސާރަދީ ބަޖެޓަށް ސަރުކާރުން ފައިސާދީ ބޭކާރު ހަރަދެއް