ސައީދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: މިހާރު
16 ފެބުރުއަރީ 2025 - 13:27
ރާއްޖެ-ޗައިނާ އިން މިދިޔަ މަހު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށި ފަހުން އިމްޕޯޓު ޑިއުޓީން ގެއްލުނީ އެންމެ ޕަސެންޓެއް ކަމަށާއި އިމްޕޯޓު ޑިއުޓީން ލިބުނު ޖުމްލަ އާމްދަނީ ދަށްވުމާއި އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "އަހާ" ފޯރަމްގައި ސައީދު ވިދާޅުވީ، ޗައިނާ އިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރާއިރު ޑިއުޓީން ބައެއް އުނިވި ނަމަވެސް ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
"އެފްޓީއޭއާ އެކު އެ އަދަދުތައް ވަނީ ސުން ޕަސެންޓަށް ގެނެސްފައި. މާނައަކީ ގެސްޓް ހައުސްއެއް ދެން އިމާރާތް ކުރަންޏާ އެ މުދާ ޗައިނާ އިން ގެންނަ ނަމަ ޑިއުޓީ ފްރީ ވެގެން އެ ދަނީ. މިއީ ވަރަށް ބޮޑު ލުޔެއް،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ޖެނުއަރީ 1 އިން މިއަދާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ މުދާ އެތެރެ ކޮށްފައިވާއިރު، އެފްޓީއޭގެ ދަށުން އިމްޕޯޓް ކުރީ 34 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އެ މުދަލަށް އެފްޓީއޭގެ "ޑިއުޓީ ކޮންސެޝަން" ދިނީ 2.2 މިލިއަން ރުފިޔާ ކަމަށާއި އެއީ ޖުމްލަ އިމްޕޯޓް އާމްދަނީގެ 1.6 ޕަސެންޓު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ޗައިނާ އިން އިމްޕޯޓުކުރި މުދާ މިދިޔަ އަހަރާ ބަލާއިރު ސާާޅީސް ޕަސެންޓު ވަނީ އިތުރު ވެފައި. މީގެ ސަބަބުތަކުގެ ތެރޭގައި، ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި މުދަލާއި ވެހިކަލް އަދި ޕްރޮޖެކްޓްތަކަށް ގެނެވުނު މުދާ އިތުރުވުން ހިމެނޭ. ކުރިމަގުގައި ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތައް ފުޅާވުމަށް އިތުރު ފުރުސަތުތައް ފަހިވާނެ،" މިނިސްޓަރު ސައީދު "މިހާރު" އަށް ވިދާޅުވި އެވެ.
"އަދި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އެކި ބާވަތްތަކުގެ މުދާ ލިބިގެންދާނެ."
މިދިޔަ މަހެއްހާ ދުވަހު ދައުލަތުގެ އާމްދަނީ 19 ޕަސެންޓު ދަށްވި އިރު އިމްޕޯޓު ޑިއުޓީން 64 ޕަސެންޓު ވަނީ ދަށްވެފަ ވެ އެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 384 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު އިމްޕޯޓު ޑިއުޓީ ވަނީ 247 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 874 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕާޓު
17 February 2025
އަހަރެމެން ދިވެހިންގެ ބޮލެއްނެތްވިއްޔާ. ބަޔަކު ކީހާއެއްޗެއް ގަބޫލުކުރާނެތާ. ދުވާލަށް ރޭގަނޑޭ ބުންޏަސް އަހަރެމެން ގަބޫލުކުރާނަން.
އަމީން އަބްދުﷲ
17 February 2025
ދެން މަގޭ ގެސްޓް ހައުސް ހެދިގެން ދާނެ ނިކަން އަވަހަށް. ހާދަހާ އަގުހެވެކޭ ވާނީ ދެން.
އިދިކީލިކިލި
17 February 2025
ދައުލަތުން ދަރަނި ދައްކަންޖެހެނީ މި އަހަރު ނޫނީ އަންނަ އަހަރު ކަމުގައި ވިއްޔާ، ތިޔަ ބުނާ ސާމާނުތައް "ހިލޭ" ޤައުމު ތެރެޔަށް ވަދެގެން، އޭގެން ތަނެއް ރާނައިގެން، ވިޔަފާރިޔެއް އުފެދިގެން، ފައިދާއެއް ނެރެންވާއިރަށް، ޤައުމު އޮންނާނީ ވިކިފައެއްނު؟؟؟ ދެން ކޮބާ ބޭނުމަކީ؟
އަޖައިބު
17 February 2025
ހާދަ ފެންވަރު ދަށް ލިޔުމެށް، އާރޓިކަލްއިން މިއިނގެނީ ހަމައެކަނި ދަށްވި އަދަދު، އެއީ ކީެއްވެގެންކަމެއް ސާފެއްނުވޭ! މިނިސްޓަރު މިވިދާޅުވަނީ އެފްޓީއޭއާއި ގުޅުމެއްނެތޭ! ދެން ކީއްވެތަ 247 މިލިއަން ރުފިޔާ މަދުމިވީ؟
މަރުމޮޔަ
17 February 2025
ޑިޔުޓީ އިން އުނިވީ ވަރައް ކުޑަ އެެއްޗެއް، އެކަމުގެ ފައިދާ ވަރައް ބޮޑު؟ މީ ކިހިނެއް ވާކަމެއް؟
އަކްމަލް ބަޝީރު
16 February 2025
އަސްލުވެސް. އެއީ މިގަމަށް ލިބުނު ނަސީބް
އައްޕަތުރޭ ކޮއްކޮ
16 February 2025
ސައީދޫ. އެކްސްޕެޓް ސިސްޓަމް ތިޔަ މިނިސްޓްރީ ދަށަށް ބަދަލުކޮށްދެއްވާ. ކުރީގަ މެޑިކަލް ރިޕޯރޓް އެޕްރޫވްކުރަން 1 ނުނީ 2 ދުވަސް ނަގާނެ. މިހާރު މެޑިކަލް ރިޕޯރޓެއް އެޕްރޫވްކޮށްލަން އެބަނަގާ 20 ވަރަކަށް ދުވަސް. ކޯޓާލިބޭނެ ކުރީގަ 15 ނޫނީ 20 ދުވަސް ތެރޭގައި. މިހާރު 3 މަސްވެގެން ދާިއރުވެސް ވާއެއް ނުވާއެއް ނޭނގެ.
ރާވެރިބެ
16 February 2025
އުސޫލެއްގެ ގޮތުން ސަރުކަަރުގެ ރެވެނިއު ހޯދަން ކަސްޓަމްސް ޑިއުޓީއަށް ބަރޯސާވެގެން ނުވާނެ. ޑިއުޓީ ވީހާ ކުޑް ނުވަތަ އެކީ ކަޑާލަންޖެހޭ. އެއީ ޖީއެސްޓީ ނަގާތީ.
ބަކަމޫނުސް
16 February 2025
ޑިއުޓީ ނުނަގާ ޖީއެސްޓީ ނުދައްކާ އޮންލައިންކޮށް ވިޔަފާރި ކުރާމީހުން ވަރަށް ގިނަ. ޝެއިން ކިޔާތަނަކުން ގެންނަ މުދަލަކުން ޑިއުޓީއެއް ޖީއެސްޓީއެއް ނުދައްކާ. ކޮބާތަ އިންސާފު؟
ބޮޑަށް އެނގޭ
16 February 2025
މަށަކަށް ނޭނގެ ބުނާނެ އެއްޗެއް... ނަމަވެސް ތަފާސް ހިސާބު އޮޅުވަން ކަމާބެހޭ އިދާރާ ތަކަށް ކުޅެން ނޫޅޭތި.
ކަތްދައްތަ
16 February 2025
މިވެސް ހަމަ ބޮޑެތި ޒިންމާތަކުގަ ތިބޭ މީހުން ދައްކާ ވާހަކަޔޭދޯ. ދެން ހަމަ ބަޔަކު ތިބެގެން އަތްޖަހަންވީ ކުޑަހުޅު ބަޑިއަރަންދެން. އަޖާއިބެއްނު.