17 ފެބުރުއަރީ 2025 - 10:14
އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1،500 ޑޮލަރަށް ބޮޑުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ ކާޑަށް ދޫކުރާ އެ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގަ އެވެ. އެ ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށެވެ.
ބީއެމްއެލް އިން ބުނީ އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ތަފްސީލްތައް ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ މީހުން އެ ގްރޫޕަކާ ގުޅުމަށް ބީއެމްއެލްއިން އެދެ އެވެ.
އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ އެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ އެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހެން11
17 February 2025
އެކޮއިމެނަށް އެނގޭބާ ސައުދީގައި ކާޑު ބޭނުންކުރީމާ، ނުވަތަ ކާޑުން ފައިސާ ނެގީމާ، ބޭންކުން ދެތިންފަހަރަށް ކަރަންސީ (ރިޔާލު - ޑޮލަރު - ރުފިޔާ) ކޮންވާޓްވެ، ކޮމިޝަންއާއެކު 18 ނުވަތަ 19 ރުފިޔާއަށްވުރެ ކުޑައެއް ނުވާނެ ޑޮލަރަކަށް ޖެހޭ ވަރެއް.
ސައުދީ112
17 February 2025
ސައޫދީއަށް ލާރިއަޅާނެ ގޮތްތައް މަދީ ދެއްތޯ އަދިވެސް. އެންމެ ބޮޑު އަޅުކަމުގައިވެސް މިޖެހެނީ ސައުދީއަށް ލާރިއަޅައިގެން.
ކާޑްލިމިޓް
17 February 2025
އުމްރާވެރިންނަކީ ފިކްސްޑް ޕެކޭޖެއް ނަގައިގެން ސައުދި އަރަބިޔާއަށް ދާބައެކެވެ. އިތުރު ހަރަދު ކުރަންޖެހޭނީ ވިޔަފާރިކުރަން. ތި ލިމިޓް އުމްރާވެރިންނަށް ދިނުމަށްވުރެ މާރަގަޅުވާނެ ބޭސްފަރުވާއަށް ބޭރަށް ދާ ބަލިމީހުނަށް ދިނުންވެސް.
ހުސެންް
17 February 2025
ތިކަމަކުން ރާއްޖޭގެ އިގްތިސާދައް ކުރާނެ އެއްވެސް ފައިދާ އެއް ނޮންނާނެ... ޑޮލަރު ރޭޓެއްވެސް ތިރި ނުވާނެ. ނިކަމެތި ރިސޯޓް މުވަޒިފުން އަތުން އަތުލާފަ ތިދެވެނީ...
ބެއްޔާގެ ދަރި
17 February 2025
ތިޔަ ކާޑުން ކެނޑީމާ ވެސް ފިހާރަ އިން ޗާޖްކުރާނެ 3.4 ޕަސެންޓް. އެހެންވީމާ ހަމަ 19 ރުފިޔާ އަށް ޑޮލަރެއް އެޖެހެނީ. އެހެންނޫނީ ފިހާރަތަކުން ކާޑުން ނުކެނޑޭނެ. ފުރައިގެން ދާއިރު އަތަށް ތިޔަ ޑޮލަރުކޮޅު ލިބޭނެ ގޮތެއް ވެގެން ނޫނީ ފައިދާއެއް ނުކުރާނެ
ލަސްމީ
17 February 2025
ކޮބާ މާދަން 10،000 ޑޮލަރ އަށް ހަދާލަދެއްޗޭ! ބޯހަލާކު
ކުރުނބާ
17 February 2025
ރަނގަޅު އަޅުކަމަށްދާ މީހުންނަށް ރަންގަނެވޭނެ މިހާރު އަގުހެޔޮކޮށް
ހަމްދާ
17 February 2025
އުމްރާއަށް ދަނީ ވިޔަފާރި ކުރަންބާ
ކިނާން
17 February 2025
އުމްރާއަށް ރައްޔިތުމީހާ ގިނަފަހަރު މިދަނީ ވަރަށް ހާލުން ރުފިޔާ އެއްކޮށްގެން. ދެން އަނެއްކަ ޑޮލަރު ކޮޅެއް ގެންދަން ބަލާއިރު ކަޅު ބާޒާރުގައި ގަންނަން މިޖެހެނީ. ވަރަށް އުދަގޫވެފަ އޮންނަނީ މިކަންތައް. ދެން ރައްޔިތުން ނުޖެހޭނެ މިކަމާ ބޯ ގާނުވާކަށް. ޝުކުރިއްޔާ ރައީސް މުއިއްޒު
މިފްޒާލްް
17 February 2025
މީގެ ކުރިންވެސް ދެ ވެރިކަމެއްގައި އުމްރާއަށް ދެވިއްޖެ. ކޮންމެ ފަހަރަކުވެސްދާން މިޖެހެނީ ކަޅު ބާޒާރުގައި ޑޮލަރު ގަނެގެން. އެއްފަހަރު 16.50އަށް. ދެން އައި ފަހަރު 17.80އަށް. މި ނޫނިއްޔަކާ ނުދެކެން ރައްޔިތުންގެ ހައްގުގައި ކަންތައްކުރަމުންދާ ވެރިއެއް.
ކާޑުން ކަޑާލާ
17 February 2025
މިހާރު ތިކާޑުން ގައުމުން ބޭރުގަ ހަދާ ޓްރާންސެކްޝަން އުޅެނީ 17 ރުފިޔާއިން މަތީގަ