ނަޝީދު ކުރީގެ ބައެއް މަޖިލިސް މެންބަރުންނާ އެކު: ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ސީދާ ރައްޔިތުންނަށް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
19 ފެބުރުއަރީ 2025 - 19:01
ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު އުފެދިފައިވާ ގާނޫނީ ބަހުސްގެ ތެރެއަށް ވަންނަވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާ ކުރައްވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"...ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިން ބޭރުވެފަ އެވެ. އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެ، އަދި ކޯޓުގައި އޮތް މައްސަލައަށް ތަދައްހުލުވުމަށް ފަހު، އެ ޕާޓީން މައްސަލައިން ބޭރުވީ ކުއްލިއަކަށެވެ.
އެ ޕާޓީގެ އާ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
ނަމަވެސް އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އެއީ މުޅި ޕާޓީގެ ވިސްނުމެއް ނޫނެވެ. އަދި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު ނިންމަވާފައި އޮތީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށް ކަމަށާއި އެ ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރުމުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ އޮފީހުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރަން ކޯޓަށް މައްސަލައެއް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ މާއްދާގެ ސަބަބުން މީހަކަށް އަސަރެއް ކޮށްގެން އެމީހަކަށް ކޯޓަށް މައްސަލަ ހިފައިގެން އާދެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.
ކޯޓުތަކަށް އޮތް ބާރަކީ ގާނޫނުއަސާސީ މާނަކޮށްދިނުން ކަން ފާތިމަތު ހަލީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވަނީ ޝަރީއަތުގެ މަޖިލީހުގައި ދެކޮޅު ހަދައިފަ އެވެ. މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.
މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިވަގުތު އެ މައްސަލަ ކުރިއަށް ގެންދިއުމަށްފަހު، އެ މައްސަލާގެ ހުކުމް އިއްވާއިރު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
20 February 2025
ސިޔާސީ ކަންކަމުން ފެއިލްވީ އަހަރެންގެ މިސްނުން ކޮށިކަމުން.
ދެންނެވުން
20 February 2025
މޮޅު އެއްޗެއް ވިދާޅުވެފަ މިއޮތީ. މަނިކުފާނުގެ ޕާޓީއިން ސުޕްރީމް ކޯޓު މައްސަލައަށް ތަދައްޚުލުވާން ނިންމި ނިންމުން ނުވަތަ އަލުން އަނބުރާނަގަން ނިންމި ނިންމުމުންކުރެ ކޮންމެވެސް އެއް ނިންމުމެއް މިއޮތީ ގޯސްވެފަ ދެއްތޯ.
ކޮސް
20 February 2025
ނަޝީދުގެ ވާހަކަ ރަނގަޅު , އާއްމު ހާލަތެއްގާނަމަ. އެކަމަކު މިހާރު ސ.ކޯޓަށް މިކަމުގެ ތެރެއަށް ނުވަދެ ވާކަށްނެތް. ސަބަބަކީ ޤައުމުގެ ވެރިޔާ ރައްޔިތުންނަށް ޤައްދާރުވާ ކަމެއްގައި އެމަނިކުފާނުގެ ޕާޓީ މެޖޯރިޓީ ހޯދާ , އަމިއްލަ ފައިދާއަކަށް މިކަން ކުރުމުން. މެންބަރުން މިތިބީ ގޮނޑިގެއްލޭނެތީ ރައީސާ ދެކޮޅު ނުވެ. އެކަމަކު ރައްޔިތުން ތިބީ އާދެ , މަސާހިބު ކިޔާގޮތަކަށްނޫން. ދެން ކިހިނެއް މަޖިލީހުން މިކަން ކުރާނީ. މިހާރު ޤާޞިމާއި ނަޝީދު މިކުޅެނީ އެހެން ގޭމެއް.
ނަޝީދުބެ
20 February 2025
ރަނގަޅު ވާހަކައެއް، ގާނޫނު އަސާސީ އިސްލާހު ކުރަންޏާ އެކަން ކުރަން އޮތްތަނަކީ މަޖިލިސް، އަދި އެކަމާމެދު އެއްވެސް ބަހުސެއް އަދި ޚިޔާލު ތަފާތު ވުމެއްވެސްނެތް. އެކަމަކު މަޖިލީހުން ހަދާ ނޫނީ އިސްލާހު ކުރާ މާއްދާއެއް، ގާނޫނެއްގެ ސަބަބުން ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑުވާ ހާލަތެއްގައި އެކަން ބަލައި ފައިސަލާ ކުރާނެ ތަނެއް ހުންނަންޖެހޭނެ ކަމީ އިންސާނީ ބުއްދީގެ ހަމަ. ބަރުލަމާނީ ނިޒާމަކަށް ވިޔަސް އަދި ރިޔާސީ ނިޒާމަށް ވިޔަސް އަދި މިކްސް ނިޒާމަކަށް ވިޔަސްމެ.
މޮކްރަސީ
20 February 2025
ޑިމޮކްރަސީގެ ކޮރުކަން މިފެންނަނީ، އިންސާނުން އަތުން ހަދާ ގާނޫނުތަށް ހަމައެއް ނުޖެހޭނެ، ޑިމޮކްރަސީގެ ރިޔާސީ ނިޒާމު ބުނާގޮތުން ރައްޔިތުން މަޖުލީހުން ގާނޫނު ހެދޭނެ، އެހެން ވީމާ ތިމަޖްލީހަށް ކޮންމެ ޤާނޫނެއްވެސް ހެދޭނެ އަދި މި ނިޒާމުގައ ބުނާގޮތުން ރައްޔިތުންގެ އަޑަކީ މަޖްލިސް އެހެން ވީމާ ނަޝިދު މާ މޮޅު ވާހަކަ ނުދައްކާ، މަޖްލީހުން އިއްވާނީ ރައްޔިތުންގެ އަޑު މި ކޮރު ޑިމޮކްރސީ ނިޒާމުގަ
ގުނައިދު ޝަރީފް
20 February 2025
ޑިމޮކްރަސީގެ ކޮރުކަމަކުންނޫން، ކޮންމެ ނިޒާމެއްއޮތަސް މީހުންގެ އިޚްލާސްތެރިކަމެއް ނެތިއްޔާ ކަމެއް ރަގަޅަކަށް ނުކުރެވޭނެ. ޑިމޮކްރަސީވިޔަސް، ރަސްކަމެއްވިޔަސް، ޖެހޭނީ އެއްތާކު. ކީކޭ ކިޔްން ބޭނުންވަނީ.
މަމެންހޭޖެހޭމީހުން
20 February 2025
ފެއިލްވެފަ ފޫގޮއްސަ ނިޒާމު އޮތީ. އިންސާނީ ހައްގާ ކަރާމާތާ ވީ ހިސާބެއް ވެސް ނޭނގޭ މި ނިޒާމުގެތެރޭން. ދެން ތި ފުއްގަނޑު މޮޑެން ރައްޔިތުން ބައިވެރިކުރާނަމޭ ވިދާޅުނުވުން އެންމެ އައުލާކަން ބޮޑީ. ނޯ ނޯ ނޯ
ހަޖާމްބެ
20 February 2025
ކޮން ނިޒާމެއްތަ ރަގަޅީ. ނިޒާމާ ދީނާ ގުޅުވަން ނޫޅޭތި.
އަބޫ
20 February 2025
ހިތައެރިގޮތަކައް ގާނޫއަސާސީ ބަދަލުގެނުގެވޭނީ ރައްޔަތުންގެ މަޖުލީސްަަހަ ކޯޓަކައްވެސްނުކުރެވޭނެ
އޮނަރަބްލް ކުރުސީ ބެއްޔާގެ ބަކުރޭ
20 February 2025
ނަޝީދު އެ ވީދާޅުވަނީ ހެޔޮކޮށެވެ . ގާނޫނު އަސާސީ އަލުން ލިޔެ ބަދަލު ކުރުމުގެ ބާރު އޮތީ ސީދާ ރައްޔިތުންނަށެވެ ، އެކަން ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ . ގާނޫނޫ އަސާސީގެ އަސާސީ ހައްގު ބާބުގައި ހިމެނޭ މާއަދާތަކުގެ ބާރު ކެޑޭ ގޮތަށް ސިޔާސީ ޕާޓިއެއްގެ ނިންމުމަކުން ގާނޫނު އަސާސީ ގައި ސިޔާސީ ޕާޓީއެއްގެ ދައުރު ބަޔާން ކޮށްފައި ނުވާހިނދު ގޮޑި ގެއްލޭނެ ކަމަށް ކަޑައެޅުމަކީ ގާނޫނު އަސާސީ ބަދަލުކުރެމެވެ. ގޮތް ނިންމާނީ ސްޕްރީމް ކޯޓުންނެވެ.
އަލީމްގ
20 February 2025
ރައްޔިތުން ހޮވާފަތިބި މެމްބަރުން ޕާޓީގެ ބައްދަލުވުމަކުން ވަކިކުރެވޭތަ
ފފފފފ
20 February 2025
ގާނޫނު އަސާސީއަށް ގެނައި ބަދަލުން ފެންނަނީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިވާތަން. ރައްޔިތުން ވޯޓު ދެނީ އެމެންބަރަކު ނުކުތް ޕާޓީއަށް ނުވަތަ އަމިއްލަ ގޮތުންނަމަ ފަރުދަށް. މިހާރު ގާނޫނު އަސާސީއަށް ގެނައި އިސްލާޙުން ރައްޔިތުންގެ އެ ނިންމުން ބަދަލު ކުރުމުގެ ބާރު ހޮވޭ މެންބަރަށް ނޯންނާނެ. ގާނޫނު އަސާސީން ކޮށްދިން ހަމައެކަނި ކަމަކީ ރައްޔިތުންގެ ހައްޤު ރައްކާތެރިކުރުން.
އޮނަރަބްލް އަފީފު ދީދީ
20 February 2025
ދި ޑެމޮކްރެޓްސް އަކީ ރާއްޖޭގައިއޮތް ރަސްކަމެއްފަދަ ރިޔާސީ ވެރިކަމުގެ ނިޒާމްގެބަދަލުގައި ރާއްޖޭގެވެރިކަން Parliamentary System ބަދަލުކުރާން ބާރުއަޅާ ގިނައަދަދެއްގެ ޒުވާނުންތިބި ޕާޓީއަކަށްވާއިރު މިމައްސަލަ ގަނޑުގެތެރެއިން ރަނގަޅު ހައްލެއްހޯދަން ޕާޓީން ކުރާމަސައްކަތުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޖާގަ ލިބިއްޖެނަމަ އެ ވޯޓް ކަރުދާސްކޮޅުގައި ވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ ކިބައިން އެހުމަށް ފުރުސަތު ހޯދަން މަސައްކަތް ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
20 February 2025
އެންޓިޑިފެކްޝަން ޤާނޫނަކީ ކިތަންމެހާވެސް މުހިންމު ޤާނޫނެއް. އެހެން ނަމަވެސް މިހާރު ޤއ އަށް އިސްލާޙްގެނެސް ޤާނޫނަށް އިތުރުކުރި ނުގުތާ އޮތްގޮތުން ސިޔާސީޕާޓީތަކަށް ދައުލަތުގެ އެއްބާރު ނުކުޅެދުންތެރިކޮށް ޤާނޫނީ ހުސްކަމެއްގެތެރެއަށް މަޖިލިސް ދުއްވާލުމުގެ ފުރުސަތު ހަނިގޮތަކަށްވެސް ލިބޭތީ، ތިޔަ ޤާނޫނު ތިއޮތްގޮތަށް އޮތުމުގެ ބަދަލުގައި ގުޅުންހުރި ހަރުދަނާ ނުގުތާތައް ހިނަމައިގެން މެންބަރުންނާއި ރައްޔިތުންގެ ޙައްގަށް އުނިކަން ނުލިބޭގޮތަށް ތިކަން ކުރާންޖެހޭ.