ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
22 ފެބުރުއަރީ 2025 - 23:29
ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ ސަމާލުކަމަށް ވެސް އެ މައްސަލަ އައިސްފައިވާއިރު، އިމިގްރޭޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. ނަމަވެސް އެ ކަން ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ.
އިމިގްރޭޝަންގެ މީޑިއާ އިން ބުނީ، މި ވަގުތު 17 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މިކަމުގައި އަސަރު ކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް،" އިމިގްރޭޝަނުން "އެކްސް" ގައި ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އިތުރު މީހުން ހޮސްޕިޓަލަށް ގެންނަމުންދާތީ ކާނާ ވިހަވި ޖުމުލަ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މިހާރު ބައިތިއްބަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ރާއްޖެ އިން ފޮނުވާލާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
23 February 2025
ތީކީ ބަޑިޖަހާ ދުންއަރުވަން ޖެހޭވަރުކަމެއްނޫން، ފިހާރަތަކުން އެއްޗެހި ގަނެގެން އަމިއްލަގޭގަ ހަދައިގެން ކާއިރުވެސް މަދުންނަމަވެސް ތިކަންދިމާވޭ. ދެން ތިކަހަލަ ކޮންޓްރެކްޓްއަށް ކައްކާ ކާންދޭތަނެއްގަ ތިކަން ދިމާވީމަ ދަނޑޫރާ ޖަހާކަށްނުޖެހޭ. އެކަށީގެންވާ ފަރުވާ އަވަހަށްދިނީމަ ނިމުނީ.
ކޮރަލް
23 February 2025
މިހާރު ކާން ދޭ ފަރާތުން މަސައްކަތް ނަގާ އެހެން ފަރާތަކަށް އެމަސައްކަތް ހަވާލު ކުރަން ވީ އެވެ. އެއީ ފުރަތަމަ ކުރަން ވީ ކަމެކެވެ. ތަހުގީގު ކުރިއަށް ގެންދަން ވީ އެވެ.،
އަލީކް
23 February 2025
މިގޮތައް ބަޔަކާއި ހަވާލުކޮށްގެން ކާންދޭ ގިނަ ތަންތަނަށް ގެންނަނީ ފެންވަރެއްނެތް ކާބޯތަކެތި..މަސްވެސް އަގުހެޔޮވިއްޔާ ނިމުނީ..ކޭޓަރ ކޮށްދޭ ގިނަ ތަންތނުގެ ޕާޓީތަކަށް ދަންދެން ގިނަ އެެއްޗެހި ހުންނަނީ ގިނައިރުވެ ރަހަ ނުބައިވެފަ..ހެދިކާ ރިހަ ކުޅިމަހުގެ މަސް ކުނިވެފަ ހުންނަނީ.
ޚަބީޞް
23 February 2025
މިކަން ބަލަން ޖެހޭ. 2 ވަނަ ކޭސް މީގެ. ކުރީފަހަރު އައްޑު ޕޮލިސް ސްކޫލް. މިފަހަރު ހުޅުމާލެ. ކައްކަނީ އެއްްބައެއް. ޢެއްކުންފުންޏަކުން
އެލީސް
23 February 2025
ކޮންމެވެސް އިއްޒަތްތެރި މެންބަރެއްގެ ކުންފުންޏެއް!
ހަސަންބެއްޔާ
23 February 2025
އިމިގްރޭޝަނުން ބިދޭސީންގެ ނުތާހުރު ވާހަކަދައްކާން ލަދުގަނަންޖެހޭނެ ދެން. އެއީވެސް އިންސާނުންކަން ދަންނާތި.
ޤާޒީ
23 February 2025
މިއީ ހަމަ ފޯނެއް ގަނެލައިގެން ކޮމެންޓް ކުރާ މީހުން...އިމިގްރޭޝަނުން ކޮންއިރަކުތަ ބިދޭސންގެ ނުތާހިރުވާހަކަ ދެއްކީ..
އިސްމާލު2.0
23 February 2025
އަނެއްކާ ގުއަންޓަނަމޯ ޑިޓެންޝަން ސެންޓަރުތަ ތިޔަ ހިނގަނީ؟ އެޗް.އާރ.ސީ.އެމް ކޮބާ؟
ކަންމަތީ ބްރޯ
23 February 2025
މިލިއަނުން ފައިސާދީގެން ކާތަކެތި ފޯރުކޮށްދޭން ހަވާލު ކުރާ ފަރާތްތަކުން ބާޒާރު މަތިން ފީވެ ހަލާކުވެފަ ހުންނަ ތަކެތި ހެޔޮއަގުގައި ގަނެ ރިސޯޓްތަކުން ބޭނުން ކޮށްފަ އުކާލަން ގެންނަ ތެޔޮ ނަގައިގެން ހިންގާ ޖަރީމާއެއް.
ޙަސަން ފޭދޫ
23 February 2025
ނަންވާނީ ސައުތު ތައުފީގް. އައްޑޫ ޕޮލިސް އެކަޑަމީގަވެސް މިދިޔަ އަހަރު ގިނަބަޔަކު ފުޑް ޕޮއިސަންވީ ހަމަ މިކުންފުނިން ޚިދުމަތް ދެނިކޮށް ކަމަށް ވަނީ.
ނާހަމަ ތެދު
23 February 2025
ގައިމު ސަރުކާރު ހިންގާ ޕާޓީންވެސް ބޭއްވި މާހެފުން ބޭއްވީވެސް ތިޔަ ކުންފުނިން