ސުޕްރީމް ކޯޓުގެ މިހާރުގެ ފުލް ބެންޗު ޝަރީއަތެއްގައި.
23 ފެބުރުއަރީ 2025 - 23:18
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެ ބިލް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ބިލްގައިވާ ގޮތުން އެ ބިލް ހުށަހެޅުއްވީ އެ މެމްބަރުގެ އަމިއްލަ ބިލެއްގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަމްޗަމް
24 February 2025
ރައްޔިތުން އަވަދި ނެތި މި ދުވަނީ މަސްކޭހެއް އުފުލަން. އެއީ ރިޝުވަތެއްތަ ޢަދުލު އިންސާފުގެ ޙައްޤު ދޫކޮށްލުމަށް ދެވޭ
އަލީބެ
24 February 2025
ސުޕްރީމްކޯޓާ ކުޅެން ތިއުުޅުއްވަނީ މަޖިލީހުގެ ބޮޑުކަން ދައްކަވަންތޯއެވެ. ތިއީ ވަރަށް ދަށުދަރަޖައިގެ ކަމެއް . ސުޕްރީމްކޯޓުގެ ބެންޗަކީ ދުވާލުދެދަޅައަށް ބަދަލުކުރާއެއްޗެއްނޫން. ތިމަޖިލީސް މަދުކުރޭ. މާފަންނު ދެކުނާ، މާފަންދު މެދާ މާފަންދު އުތުރާ މީގަ ހުރީ ކޮންތަފާތުކަމެއްތޯއެެވެ. މީންކޮންމެ ދާއިރާއަކުން ސިއްހީމަރުކަޒާ ފުޓުބޯޅަ ދަނޑު ހަމަގައިމުވެސް އަޅަންނުކިޔާ. އަދި ދާއިރާއެއްގެ ހައްގެއް އުނިވެގެން މީންދުވަހަކު އެއްޗެކޭ ނުބުނޭ. 19 މެމްބުން ގިނަ
ރާވެރިބެ
24 February 2025
ދައުލަތުގެ ބާރެއްގެ މީހުން މަދުކުރަން ފުރަތަމަ ފަށަން ޖެހެނީ މަޖިލިސް އިން. މަޖިލިސްގެ އަދަދު 50 އަށް ވުރު ތިރިކުރަން ޖެހޭ. އެ އިސްލާހު ފުރަތަމަ ފާސް ކުރޭ. ދެން ސިޔާސީ މަގާމުތަށް 100އަށް ތިރި ކުރޭ. އަދި މިނިސްޓްރީތަކުގެ އަދަދު 10 އަށް ތިރި ކުރަން މަޖިލިސް އިން ފާސް ކުރަން ޖެހޭ. މީގެ އިތުރުން ކުއްލި ކުއްލިއަށް ސަރުކާރުގެ ކުންފުނި އުފެއްދިގެން ނުވާނެ. އެވެސް ޖެހޭނީ އަހަރުގެ ބަޖެޓް ހުށަހަޅާ އިރު ބަޖެޓްގަ ހިމެނިފަ. ސަބަބު ބަޔާންކޮށްފަ.
ރާވެރިބެ
24 February 2025
މިކަންކުރާނެ ކަން އެގޭ. ބޭނުމަކީ އެންމެ މިނިވަންކަމާ އެކީ ވަކިފަރާތަކަށް ނުޖެހި ހުކުމް ކުރާނެކަމަށް ބެލެޥޭ 2 ފަނޑިޔާރުން ބޭރުކުރުން. އޭރުން ސުޕްރީމް ކޯޓު ވެސް ކޮންޓްރޯލްވީ. ތިންބާރު އެކީ ލިބުނީ. އަންހެން ފަނޑިޔާރެއް ބޭރުކުރާނެ ކަމަށް ބެލެވޭ. ދެން ބޭރުކުރާނެ ކަމަށް ބެލެވެނީ އެންމެ ގާނޫނީ ގޮތުން ކޮލިފއިޑް ބޭފުޅާ ކަމަށް އެބަހީވޭ.
ސުކުންޕުލޭ
24 February 2025
މިހެންވެއޭ އަހަރެމެން މިބުނަނީ ތި މަޖިލީހަކީ ރައްޔިތުންނަށް މިހާރު މުހިންމު އެއްޗެއްނޫނޭ. ޑިމޮކްރަސީއެކޭ ކިޔަކަސް އަބަދު މިއޮންނަނީ ވެރިމީހާ އެޅިހާބަތަކަށް ރިހަ. އެއް ގާނޫނެއް ވެރިކަންބަދަލުވާ ކޮންމެފަހަރަކު ބަދަލުކުރާކަށްނުޖެހޭ. ގާނޫނުއަސާސީއަކީ ނިދާފަ ހޭލާއިރު ބަދަލުވާ ކުޅޭކުޅޭއެއްޗަކަށް ނަހަދާ.
އަލިޕާ
24 February 2025
މިހާރު އެތިބީ އެއް ޒަމާނެއްގެ އެމްޑީޕީގެ އެކްޓިވިސްޓުން. ހިސާހިތަކު ބޮޑިއެއް ދީފާނެ. ސަޅިގޮތަކީ ބޭރު ކުރުން. އަދި މިފަހަރު ލާއިރު އެކްޓިވިސްޓުންވެސް ނުލުން. ދެން އެކަމެއް ނުވާނެތާ.
ކޮން
24 February 2025
ތީގަ ނެތް މައްސަލައެއް
ބޫތުނާ
24 February 2025
ރައީސް ވިދާޅުވި ކޯޓުތަކަށް އަތްބޭނުން ނިމުނީއޭ. މިހާރު މި ބާނަނީ ކޯޗެއްބާ.
ސާރަ
24 February 2025
ޤާނޫނު އަސާސީ ލިޔުނުއރު 7 ފަޑިޔާރުން ތިބޭނެކަމަށް އޮތީ…. ކޯޓް ކޮށާލީ ޔާމީން ސަރުކާރުގަ. އެއީ ވަރަށް ޑްރާމާ ކުޅުނު ދުވަސްވަރެއް. އަލުން އެދުވަސް ފެންނާކަށް ނޭދެން.
ޙައިރާ
24 February 2025
އަޅެ ޕީއެންސީ މެމްބަރުން ހުށަހަޅާ ބިލުގައި ހާދަ އޮއްޓަރެއް ނުހުރެޔޭ. ބިލު ހުށަހެޅި ސަބަބަކީ ދިވެހިންގެ ފޮނި އުއްމީދުތައް އެންމެ ބޮޑަށް ހާސިލްވާނީ މިގޮތަށް ހެދީމައޯ. ނުކިޔަވާ ގޮސް އިމްތިހާނުގައި ލިޔާ ކަހަލަ ކޮސް ޖަވާބު މީ. ސަރުކާރުން ދެ މީހަކު ބޭރުކުރަން ބޭނުންވީ، ހަމަ ކުއްލިއަކަށް . އެނެރުނީ ލިޔެލާނެ ސަބަބެއް.
ވާލުސޮރުއާބެ
24 February 2025
އޮއްޓަރު ހުރީމާ ދޯ ޙާއިރާން ތިއޮތީ ކޮމެންޓް ކޮށްފަ