ޑިމޮކްރެޓްސް ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް ކަމަށް އެ ޕާޓީން ދެކޭ - ފޮޓޯ: މިހާރު
24 ފެބުރުއަރީ 2025 - 09:37
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ ހިންގާ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ކުށްވެރިކޮށް، ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެ ހުށަހެޅުމަކީ ސަރުކާރުން ކޯޓަށާއި ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ސުޕްރީމް ކޯޓް ބަދަލުކުރާނެ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުން އައި ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، އެއީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.
މިކަން ސަރުކާރުން ކުރުމަށް ނިންމި ވަގުތާ، ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދާ ވަގުތު ދިމާވެފައިވާކަން އެ ޕާޓީން ފާހަގަކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފުލް ބެންޗުންނެވެ.
އެ މައްސަލަ އަށް ތަދައްހުލުވާން ޑިމޮކްރެޓްސް އިން ހުށަހެޅުމަށް ފަހު، ޕާޓީ ތެރޭގައި އެކަމަށް ހިޔާލު ތަފާތުވުމުން ވަނީ މައްސަލައިން ބޭރުވެފަ އެވެ.
ޑިމޮކްރެޓްސް ޕާޓީގެ ބަޔާނުގައި ބުނީ "ކޯޓް ޕެކިން" ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެއް ކަމަށާއި ބައެއް ފަހަރު ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް އަމަލުކުރުމަށް ބޭނުންވާ ސަރުކާރުތަކުން އެގޮތަށް ކަންކުރާ ކަމަށެވެ.
އަނެއްބައި ފަހަރު ކޯޓަށް ލިބިގެންވާ ބާރުގެ މައްޗަށް އިތުރަށް ކޯޓުން ބާރުތައް ނަގަމުންދާ ވަގުތު ގައުމުތަކުގެ ސަރުކާރުތަކުން އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޕާޓީން ބުންޏެވެ.
"ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެންވާ ބާރުތަކުގެ މައްޗަށް އަނެއް ބާރަކުން އަރައިނުގަނެ، ނުވަތަ ނާޖާއިޒު ނުފޫޒު ނުފޯރުވައި، ދައުލަތް އޮމާންކަމާ އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގުމަށް ޖާގަ ދީގެން މެނުވީ ރާއްޖޭގެ ޑިމޮކްރެސީ އަށާއި ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ،" ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފްސީލު
24 February 2025
ފަޑިޔާރުގެއާ ނުކުޅެނީ ކޮންވެރިކަމެއްގަ ތޯ، އަދަދު މަދުކޮށް ގިނަކުރަނީ، އެބައެއްގެ ތާއީދު އޮންނަ ބަޔަކުލާން، މިއީ ހުރިހާ ވެރިންވެސް ހޭވި ހަޑި، ޔާމީން ވެރިކަމުގައި 7 އިން 5 އަށް ދަށްކުރި، އިބޫ ވެރިކަމުގައި 5 އިން 7 އަށް މަތިކުރި، މުއީޒް އަނެއްކާ 7 އިން 5 އަށް، ދަށް ކުރަނީ، ހުރިހާ އެންމެންވެސް މި ކުރަނީ އެއްކަމެއް، ވެރިކަން ކުރާ ބައެއްގެ މެޖޯރިޓީ ސްޕްރިމް ކޯޓްގައި އޮތްކަން ކަށަވަރު ކުރަނީ،
ޗޯރުބޭބެ
24 February 2025
ތިބޭފުޅުން ބުނީ ނުފޫޒެއްނުފޮރުވާނަމޭ އެކަމަކު ތިވެސް ނުފޫޒެށްނޫތަ
ގުއިއްޒު
24 February 2025
މަށަށް ފެނޭ މިހުރިހާ ކޯތުތައްވެސް މަދުކޮށްލާފައި އެއްމެ ކޯޓަކަށް ހަދާލަން. ޕްލީޒް ރައީސް.
ބިލިބިލި މިލި
24 February 2025
ކޮންމެ މީހަކު ބުންޏަސް ހަޤީޤަތަކީ ހަޤީޤަތް. ބުނި މީހަކަށް ނޫން ބަލަނީ ބުނި ވާހަކަޔަކަށް. މިހާރުގެ ސުޕްރީމް ކޯޓަކީ މިއިން ސަމާނަކުވެސް ރައްޔިތުން އިތުބާރު ނުކުރާވަރުގެ އިތުބާރެއް ލިބިފައި އޮތް ސުޕްރީމްކޯޓު. އަދުލި އިންސާފު ހޯދުމުގެ މަގުގައި ހުރި ހަމަ އެކަނި އަލިކޮޅު. ހަމައެކަނި އުންމީދު. މި ވަރުވީ، ތަޢުލީމީ، ޤާބިލު، ޙިކުމަތްތެރިކަމުގެ ސަބަބުން ނިންމުންތަކުގެ. އަދި ރައްޔިތުންނަށް އެއީ ތެދުކަން ޤަބޫލުކުރެވޭ ފެންވަރަށް ކަންކަން ނިންމާތީ
ށަލޮމާ
24 February 2025
ފެށީ ކަލޭމެން ދަސްކޮށްދިނީ ވެސް ކަލޭމެން، ދެން ތިބޭ އަތް ޖަހަން
ބުރަތޭރީ
24 February 2025
މީގެކުރިން ވެރިކަމުގައި ތިބިއިރު ސްޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުކުރީ ހަމަ އެމްޑީޕީން. މިހާރު އެފެންނަނީ އެކަމުގެ އަސަރު...ގުދޯގުދޯ ގޮވުން ހުއްޓާލައްވާ
ބަދަން ސިތާރާ
24 February 2025
ދެން މާދަން ބުނާނެ ޖުޑިޝަރީ ބަދަލުކުރެވޭނީ ރައްޔިތުންނަށޭ
ދަނޑި މޮކްސް
24 February 2025
މިމީހުން ނުކުރާ އާކަމެއްތަ މި ސަރުކާރުން މިކުރަނީ. މިމީހުން ސްޕްރީމް ކޯޓްގައި ތަޅު އެޅުވި މީހުން. ފަނޑިޔާރުން ވަގަށް ނަގައި ނިޒާމުން ގެއްލުވައލީ. ފަނޑިޔާރުންގެ ބެންޗް އެއްކޮށް ބަދަލުކުރީ. ދަށު ކޯޓްތަކުން ފެށިގެން އެންމެ މަތީ ކޯޓާ ހަމައަށް މެޖިސްޓްރޭޓަރުންނާއި، ޤާޟީންނާއި، ފަނޑިޔާރުންނަށް ބިރު ދައްކައި ބަދަލުކުރީ. އެވަރުން ނުވެގެން ސިވިލް ސާވިސް ކޮމިޝަން ފަދަ މިނިވަން މުވައްސަސާތައް ވެސް ބަދަލުކުރީ.
ގުދޯގުދޯ
24 February 2025
އެމްޑީޕީއަކީ، ސްޕްރީމް ކޯޓްގައި ތަޅު އެޅުވި މީހުން. ފަނޑިޔާރުން ވަގަށް ނަގައި ނިޒާމުން ގެއްލުވި މީހުން. ފަނޑިޔާރުންގެ ބެންޗް އެއްކޮށް ބަދަލުކުރި މީހުން. ދަށު ކޯޓްތަކުން ފެށިގެން އެންމެ މަތީ ކޯޓާ ހަމައަށް މެޖިސްޓްރޭޓަރުންނާއި، ޤާޟީންނާއި، ފަނޑިޔާރުންނަށް ބިރު ދައްކައި ބަދަލުކުރި މީހުން. އެވަރުން ނުވެގެން ސިވިލް ސާވިސް ކޮމިޝަން ފަދަ މިނިވަން މުވައްސަސާތައް ވެސް ބަދަލުކުރި މީހުން.
މުރީދުލް ބަހަބަރު
24 February 2025
ސަރުކާރު ފަޅީގެ މެންބަރަކަށް މަޖްލިސްގަ ފޮޑިއެއްޖެހުނަސް އިދިކޮޅު މެންބަރުންނަށް ހީވާނެ އެމީހުންގެ އަޑުކަނޑުވާލަން ކުރިކަމެކޭ، ގަޅިކަމުން ނޭގޭނެ އެއްކޮޅު މެންބަރުންގެވެސް ނޭފަތް ހުރިކަމެއް.