ހޮޅުދޫ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: ހަޒާ ހަޒާ / ފޭސްބުކް
25 ފެބުރުއަރީ 2025 - 12:36
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އޭނާގެ މަރާ ގުޅިގެން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމަކު ފަސް މަސް ވިއިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމަށް ކަންބޮޑުވުންފާޅުކޮށް ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. މިހާތަނަށް މީހަކު ހައްޔަރު ނުކުރުމަކީ ތަހުގީގުގައި އިހުމާލުވުން ކަމަށް މުޒާހަރާތަކުގައި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ރައްޔިތުންގެ މުޒާހަރާތަކަށް ހަފްތާއެއްވާން ކައިރިވެފައި ވަނިކޮށް އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ސައްތާރު މުހައްމަދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނާ ޝުޖާއު ވަރަށް އަވަހަށް އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޒަކިއްޔާ މޫސާ.
ޒަކިއްޔާގެ މަރުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެ މަރުގެ މައްސަލަ އެޗްއާރްސީއެމް އާއި އެންއައިސީން ވެސް ވަނީ މި ހަފުތާގައި ވަނީ ބަލަން ފަށައިފަ އެވެ.
އެންއައިސީން ބުނީ، އެ މައްސަލައިގައި ރައްޔިތުން ފުލުހުންނަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ، އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފުވެފައި ވޭތޯ ބެލުމަށް ނިންމާފައި ވާކަމަށެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ހައްޔަރުކުރަން ވެސް ދަނީ ގޮވާލަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
އެ މައްސަލާގައި، ޕްރެސް ކޮންފަރެންސް ބޭއްވުމާ ހަމައަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި، އަދި ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމަކު، މިދިޔަ މަހު ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި އެފްބީއައިގެ އެހީ ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮއް
25 February 2025
ރައްޔިތުން މިވަރުކުރީމައި ތޯ ކަމިޝަނަރ އޮފް ޕޮލިސް އާއި ހޯމްމިނިސްޓަރ އެރަށަށް ގޮސް އެކަމަށް ހައްލު ހޯދައިދޭން ޖެހެނީ؟ ކަމިޝަނަރ އޮފް ޕޮލިސް އާއި ހޯމްމިނިސްޓަރަކީ އަބަދުވެސް މުޤައްދަސް މާލޭ ފަސްގަނޑުގައި ތިބެންޖެހޭ ބައެއް ތޯ؟
އަފްރާސިޔާބު
25 February 2025
ނ. ހޮދޫ އަކީ ސުލްހަވެރި ބަޔަކު ދިރިއުޅޭ ރަށެއް. އެމީހުންގެ ހިތްހެޔޮކަމުގެ ފައިދާ ނެގިބަޔަކު ނެގީ. ފުލުހުން ބަލްނީޔޯ އެމީހުން ހުށަހެޅި މައްސަލަ.
ހޮޅުދޫކުއްޖެއް
25 February 2025
މިޚަބަރު ލިޔާ ކޮންމެ ފަހަރަކު ޒަކިއްޔައްތަގެ ފޮޓޯ މިގޮތަށް ނުޖަހަދީފާނަންތޯ. މިމައުސޫމް މޫނު މިގޮތަށް ފެންނަ ކޮންމެފަހަރަކު ހިތަށް ވަރަށް އުނދަގޫވޭ.
ކީއްޔާ
25 February 2025
އޭރުވެސް އަހަރުމެން ކިއިން އޮޓޮޕްސީ ހަދާށޭ. ޢޮޮޓޕްސީ ނަހަދާ ނުވަތަ ހަދަން ދެކޮޅު ހެދިބަޔަކު ތިބިއްޔާ އެމީހުނާ ސުވާލުކުރޭ. ޢާއިލާއިން އޮޓޮޕްސީ ހަދަން އޭރު ދެކޮޅު ހެދިއްޔާ މިހާރު މުޒާހަރާ ކުރުމުގެ އެއްވެސް ހައްގެެއް ނޯންނާނެ.
ސެއްޅި
25 February 2025
ވާނުވާ ނޭންގި މޮޒަންބީކުގަ ހުރެގެން ހޮޅުދޫގަ ހިނގާ ކަމަކަށް ކޮމެންޓް ކުރުމަކީ ވަރަށް ދެރަ ކަމެއް. އޮޓޮޕްސީ ހަދަން ދެކޮޅުހެދީ އެންމެފުރަތަމަވެސް އެއީ ސުއިސަޑެއް ކަމަށް މީހުންގެ ބޮލަށް ވައްދައިދޭން އުޅުނު މީހާ. މުޒާހަރާ ކުރަނީ އެއީ ސުއިސަޑެއް ނޫންކަމަށާ އޮޓޮޕްސީ ހަދަން ދެކޮޅު ހެދި މީހާއަކީ ޒަކިއްޔައްތަގެ ގާތިލުކަމަށް ގަބޫލުކުރާ މީހުން.
އެޗް.އާރ.ސީ.އެމް
25 February 2025
ރައްޔިތުންނަށް ހައްޤު އޮންނާނެ.
ޢަލްޓިކޯ
25 February 2025
ކުޑަކުދިންނަށް މިނިސްޓަރ ކަން ދިނީމަ ވާނެ ގޮއި މިފެންނަނީ...
ސީޒަން ޖެކްޝަން
25 February 2025
ރައީސްވެސް ގޮވައިގެންދިޔަނަމަ.
ދޯ؟ ދޯ
25 February 2025
އޭރުން އެކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވާނެ.
ރާވެރިބެ
25 February 2025
ވެސްޓް ޕޮއިންޓުން ޓްރެއިންވެފަ ހުރި ހޯމްލޭންޑް މިނިސްޓަރާ ޗީފް އޮފް ޕޮލިސް ހޮޅުދުއަށް ގޮސް ޒަކިއްޔާގެ ގާތިލުން ހޯދާނެކަމާ މެދު ޝައްކެއްނެތް!. އެހެނީ އެބޭފުޅުންނަކީ ފުލުހުންގެ އިދާރާގެ އެންމެ ޓޮޕް ދެ ބޭފުޅުން ކަމަށްވެފަ މިހާތަނަށް އެއްވެސް ބަޔަކަށް މިގަތުލު ސިއްރު ފަޅާ އަރުވާލެފި ނެތީމަ. މިހާރު ހޮޅުދުއަށް އެދަނީ ރާއްޖޭގެ އެންމެ މޮޅު ދެ ޑިޓެކްޓިވް.