ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.
25 ފެބުރުއަރީ 2025 - 12:21
ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދެއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެެވެ. އެހެންވެ، އެކަމަށް އޮތް ގާނޫނީ ހުރަސްތައް ނައްތާލައި މި އަހަރަކީ ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މީހުންނަށް އިނާޔަތް ލިބޭ އަހަރު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރޯދަ އިނާޔަތް ދިނުމަށް ކައުންސިލުތަކަށް ވެސް އަންގައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް ތަފާތު ކުރުމުގެ ވިސްނުމަކީ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތެއް ނޫނެވެ.
ރައީސް ވިދާޅުވީ މި ރޯދައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބުނަސް އެމަނިކުފާނު ބޭނުންފުޅުވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވަން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެހެން ފަންނުތަކުގައި ތިބި ފަރާތްތަކަށް ވެސް، މިސާލަކަށް ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑު ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން،" ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ދާއިރާއަކީ މަސްވެރިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް ވެސް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަނީ ގާނޫނީ ގޮތުން ބަލައިގަންނަ ދާއިރާއަކަށް އެކަން ހެދުމަށް ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުން ގޮސް އަޅުގަނޑު އުއްމީދުކުރަނީ، އަޅުގަނޑު ދެކެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް [މަސްވެރިން] ހަމަޖެއްސޭނެ ކަމަށް. ހަމައެއާ އެކު ދެން ހުރި ދާއިރާތައް ވެސް،" ރައީސް ވިދާޅުވި އެވެ.
އެ ދަފްތަރުގައި ޖެހޭ މީީހުންނަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު އުއްމީދަކީ ރޯދަ އިނާޔަތް ވެސް އެ ފަރާތްތަކަށް ލިބުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތަކީ ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މީހެއް ވިއްޔާ، ދިވެއްސެއް ވިއްޔާ، މުސްލިމެއް ވިއްޔާ ރޯދަ އިނާޔަތް ދޭން ޖެހޭނެ. އެކަމަށް ވާސިލުވުމަށް ކުރެވޭނެ ކަންކަން ކުރަމުން މިދަނީ." ރައީސް ވިދާޅުވި އެވެ.
މިމަހުގެ 18 ގައި ރައްޔިތުންގެ މަޖިލީހުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އެ އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް އިސްލާހުގައި ވެ އެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރާ
25 February 2025
ރޯދަ އިނާޔަތް ދައުލަތުން ދޭން އެންމެ ހައްގު ކަންބޮޑީ ވަޒީފާއެއް ނެތް މާބޮޑު އާމްދަނީއެއް ނުލިބޭ މީހުބްނާއި ނިކަމެތިންނަށް. ވަޒީފާގެ އާމްދަނީ ލިބޭ ތަނަވަސް މީހުންނާއި ބިދޭސީންނަށް ދައުލަތުން ރޯދަ އިނާޔަތުގެ ނަމުގައި ހާހުން ފައިސާ ދީފަ ނިކަމެތިންނަށް ނުދީ ބާކީ ކުރުމަކީ ބޭއިންސާފު. ފާޅުކަން ބޮޑު ގޮތުގައި ހިންގާ ކޮރޮޕްޝަން ކަމުގައި ވެދާނެ. ބޭއިންސާފާ ތަފާތު ކުރުން ރޯދަ އިނާޔަތުގެ ނަމުގައި ދީނުގެ އަޅުކަމާއި ގުޅުވައިގެން ކުރުމަކީ މުޑުދާރުކަމެއް.
ކަނބިލި
25 February 2025
ސަރުކާރުގެ މަސައްކަތްތަކުގައި ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތެއް ދޭތީ މަސްވަރިންނަށް ވެސް އިނާޔަތް ދިނުން. މިހެންވެއްޖިއްޔާ ދަނޑުވެރިންނާއި ޓޫރިޒަމް ސެކްޓަރގައި އުޅޭ މީހުންނަށް ވެސް ދޭން. ރައްޔިތުންގެ ވެރިކަމެއް ކުރުމަކީ ރައްޔިތުން ބުނާހާ ކަމަކަށް އާއެކޭ ބުނުމެއް ނޫން. ރުއްސުމުގެ ސިޔާސަތުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނީ
މެމްބަރުން
25 February 2025
މަސްވެރިންނަށް ރޯދަ އެލަވަންސް ދޭން ވެއްޖެއްޔާ ބޮޑު ބައެއް ލިބޭނީ ބިދޭސީންނަށްހެން ހީވަނީ މިހާރު، މިހާރު މަސްދޯނިތަކުގައި ގިނައިން ތިބީ ބިދޭސީން، އެހެންވީމާ އެމީހުންނަށްވެސް މި އިނާޔަތް ލިބޭނެގޮތް ހަދަންޖެހޭނެ،
ފިލިއޯނިސް ޕޮލީނޯ
25 February 2025
އަޑުގަދަ އެންމެނަށްވެސް ދޭން ބޭނުންވާނެ. ކުރާ މަސައްކަތުގެ އުޖޫރަ ހަމަޔަށް ވަގުތުން ދެވޭތޯ ބަލަންވީނޫތޯ ފުރަތަމަ އެންމެނަށް. ނަމަވެސް ހަނދުމަފުޅު ބަހައްޓަވަންވީ އަޑު މަޑު މީހުން ނަތީޖާ ދައްކާނީ ވޯޓުންކަން.
ރޯދަ ރޯދަ
25 February 2025
ކޮބާ ނެއްތަ ޓިކުސީޱުރައިވަރުންނަށް ތިޔަ ރޯދަ އިނާޔައްލިބޭކަށް އަދި ހަމަ ކަންމަތީ ފިހާރަ ހިންގާމީހުންނާއި މާރުކޭޓްގަ ގޮޅިހިންގާމީހުން އިތުރުކުރެވޭނެގޮތެއް. ހަމަ މަސްވެރިންނަށް ސަބުސިޱީސް ޱީސަލް ހިލޭ އައިސް އަދިހަމަ އެމީހުންބާނާ މަސް އެވެރިން ބޭނުންއަގެއްގަ ގަތުން.
ސީޒަން ޖެކްޝަން
25 February 2025
އަންހެނަކަށްވިއަސް ފިރިހެނަކަށްވިއަސް ތަފާތުކުރުމެއް ނުގެންގުޅޭނަމޭކިޔާފާ މަސްވެރިންނަށް އިނާޔަތް ދިނީމާ އެޖެހުނީ ކޮންތާކު؟ ކޮބާ ދަނޑުވެރިން ވަޑިން ތިލޭރުކުރާމީހުން ފެންވައިރުކުރާމީހުން؟
ސަލީމު އިދުރީސް
25 February 2025
އެހެންވީއިރު ރިސޯޓުތަކާ ގެސްޓު ހައުސްތަކުގަ މަސައްކަތް ކުރާމީހުނައްވެސް ދޭންޖެހޭނެ އެއީވެސް އަމިއްލަ ވިއަފާރިތައް އަދި މަސްވެރިނައް ވުރެ މާކުޑަ އާންމުދަނީ ލިބޭ މުއައްޒަފުން ތިބޭ ދާއިރާއެއް
މޮޑަން
25 February 2025
ދައްކާ ވާހަކަ. މަސްވެރިންނަކީ ދައުލަތުގެ މުވައްޒަފުންތަ ދައުލަތުން އެލަވަންސްދޭން. ބަލަގަ މަސްވެރިންނަކީވެސް ބައެއްގެ ވަޒީފާގަ ތިބޭނެ ބައެއް. އޮޑިވެރިން ޖެހޭނެ މިހާރުވެސް އެމީހުންގެ މުވައްޒަފުންނަށް ރޯދަ އެލަވަންސްދޭން . އެކަން ކުރޭތޯ ބެލިއްޔާ މާރަނގަޅެއްނު. ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ.
މުހައްމަދ
25 February 2025
އަޅެ. އޭޖީއެއް ނެތް ގައުމެއްތަ މިއީ. މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫނޭ. އޮޑިވެެރިންނަކީ މަސްވެރިންނަށް ވަޒީފާ ދޭ ފަރާތް. އެފަރާތުން މަސްވެރިންނަށް ރޯދަ އިނާޔަތް ދޭންޖެހޭނެ. ވަޒީފާއާއި ބެހޭ ގާނޫނު ތަންފީޒުކުރީމަ މިކަން ނިމުނީ. ދައުލަތް ބަގުރޫޓު ވާއިރުވެސް ވެރިޔާ މިއުޅެނީ ލާރި ބެހޭތޯ.
ރާވެރިބެ
25 February 2025
އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހުންނަށް ރޯދަ އިނާޔަތް ސަރުކާރުން ދެއްވަން ބޭނުންވާތީ ދަންނަވަން. މަސްވެރިންގެ އިތުރުން ދަނޑުވެރިންނާ މިނޫންވެސް އަމިއްލަ މަސައްކަތުން ދިރި އުޅުން ހަމަ ޖައްސާ އެންމެނަށް ރޯދަމަހުގެ އިނާޔަތް ހަމަ ޖައްސަވައިދެއްވާ ޕްލީޒް. އަދި ކޮންމެ މިފަދަ މީހަކަށް މަހު މުސާރައެއް ނުވަތަ އެލަވަންސެއް ހަމަ ޖައްސަވައި ދެއްވައިފިއްޔާ ވަކިން ހެޔޮފުޅު.
މުދިސްޓިކް
25 February 2025
ބަލަ ސަރުކާރުން ބަހާ ކާޑާއި މަސްދަޅާއި މި އެއްޗެއްސަކީވެސް ރޯދަ އިނާޔަތެވެ، އަދި ކަރަންޓު ބިލުން ރޯދައަށް ދޭ ޑިސްކައުންޓްވެސް ހިމެނޭނީ ރޯދަ އިނާޔަތަށް، އެހެންވީމާ މިހާރުވެސް ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރެއްގެ އެލަވަންސް އެބަދެވޭތާ، ދެރަކަމަކީ ހަމަހަމަ ނުވާކަން،