މުހައްމަދު ލުބާން ގައްހާރު.
26 ފެބުރުއަރީ 2025 - 11:32
ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން މީހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު ހިޔާ ފްލެޓަށް ވަދެ، ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. މަރަދޫ، ފިޔާތޮށިގޭ މުހައްމަދު ލުބާން ގައްޔާރު އެވެ. އުމުރުން 26 އަހަރުގެ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސާލަގައި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަކޮއި
26 February 2025
ދިވެހިރާއްޖޭގަ ވެސް ފިލްމު ކުޅޭ މީހުން ހާދަ ގިނަވަމުންނޭ މިދަނީ.
ބެލެނިވެރިން
26 February 2025
މިހާރު ދެންނެންނު މިގައުމުގަ އުޅެވޭކައް ،
ކަތީލާ
26 February 2025
ދޫކޮށްލާ! އޭނައަށް ސިޔާސީ ވަޒީފާއެއް ދީ! 35،000ރ މަހު މުސާރަ ދީފަ މީހުންނަށް ފުރައްސާރަ ކުރަން އެމްއޭސީއެލް ކަހަލަ ކުންފުންޏަކުން ބޮޑު މަގާމެއް ހަދާލާ! ބޯހަލާކު
ޙައްލަކީ އުމަރު
26 February 2025
މިގައުމުގަ ގޭންގުތަކާ ދެކޮޅައް ކެރިގެން ނިކުންނަން ކެރުނު ވެރިޔަކު ނެތޭދޯ ހާދަ ބިރުވެރި ކަންކަމޭ މި ގޭންގުތަކު މީހުން ކުރަނީ އެތައްބަޔަކު ނަފްސާނީކޮށްލާ އެތައް ޖަރީމާއެތް އެބަހިންގާ ގޭންގުތަކުން
1 ރަން އުމަރު
26 February 2025
އުމަރަށް ވޭތޯ ބަލާލަންނަމަވެސް ގެންނަ ކަހަލަ
އޮަޓޯ
26 February 2025
ބޭރު ފުށުން ފެންނަ ފެނުމުގައި ސުންނަތަށް ތިބޭ ގޮތަށް ފެންނަ މީހުންނަށް ކުރިން ވަރަށް ބޮޑު އިޙްތިރާމެއް ކުރަމުން އައީމެވެ. ނަމަވެސް، އިހަކަށް ދުވަހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ފެނުނު މީހަކާއި، މިއަދު މި ފެނުނު މީހަކާއި އަދިވެސް ބައެއް މީސްމީހުން އުޅޭ ގޮތުން ސުންނަތަށް އުޅޭ މީހެއް އެހެން މީހެއް ވަކިނުވާ ދަރަޖައަށް ހިނގައްޖެއެވެ. މިއީ ހިތާމަހުރި ކަމެކެވެ.
ކަތީލާ
26 February 2025
މީހާގެ ބޭރުފުށުގެ ސިފައަށް ވުރެ މުހިއްމީ އެ ސިފަތަކާއި އެކު އުޅުން، އަހްލާގު. އެކަން މަނިކުފާނަށް ނޭގޭ ނަމަ އަލުން ދިރިއުޅުމާއި މެދު ފުންކޮށް ވިސްނާލާ
ޢާދަނުބެ
26 February 2025
މިހާރު ގޭންގުތަކުން ހަދަނީ މިހެން އެމީހުން ނާ ދެކޮޅު މީހެތްވިއްޔާ ނޫނީ ސައްކުވާ މީހަކު ވިއްޔާ އުޅޭ އެޕާޓުމެންޓް އަކަށްގޮސް ބިރުދައްކަނީ