ތ. މަޑިފުށި: ރޭޕްގެ ތުހުމަތުވި މީހަކު މަރުވުމުން ރަށުގެ މަސްލަހަތު ވަނީ ގެއްލިފައި
27 ފެބުރުއަރީ 2025 - 09:28
ތ. މަޑިފުށީގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ރޭޕްގެ ތުހުމަތު ކޮށްފައިވަނިކޮށް، އެ މީހާ ދަންޖެހިގެން އިއްޔެ ރޭ މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަޑިފުށީގެ އަންހެނަކު، އުމުރުން 63 މީހެއްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް ވެސް ހާޒިރުކުރި އެވެ. އެ ފިރިހެންމީހާ އޭގެ ފަހުން އަމިއްލަ އަށް ދަންޖެހިގެން މަރުވީ އެވެ. ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ދަންޖެހުނު ރޭ ވާގަނޑެއް ހިފައިގެން އެ ރަށުގައި އުޅޭ ބަޔަކަށް ފެނިގެން އެ މައްސަލަ ވެސް ފުލުހުންނަށް އެންގި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޭޕްގެ ތުހުމަތުކުރި އަންހެން މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެމީހާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ، މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ވެސް އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭ އެ އަންހެން މީހާ އަމިއްލައަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. އެކަން ހިނގާފައިވަނީ އެ ގޭގައި އިތުރު މީހަކު ނޫޅޭ ވަގުތެއްގަ އެވެ.
އެ ރިޕޯޓާ ގުޅިގެން އަންހެން މީހާ މެޑިކަލް ޓެސްޓްތަކެއް ހަދާފައިވެ އެވެ. އަންހެންމީހާއަށް ޖިންސީ ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށް އަންހެނުންގެ ޑޮކްޓަރު ފުލުހަށް އަންގާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ފިރިހެން މީހާގެ މަރާ އެކު މަޑިފުށީގައި އޭނާގެ އާއިލާ މީހުންނާއި ބައެއް ރައްޔިތުން ނުކުމެ އެކަމާ އިއްޔެ ހަވީރާއި ރޭގައި އިހުތިޖާޖު ކުރި އެވެ. އެމީހުން އެއްވީ ރޭޕްގެ ތުހުމަތުކުރި އަންހެން މީހާ ގޭ ކައިިރިއަށެވެ. އެ މީހާ ހައްޔަރުކުރަން ވެސް ގޮވާލާފައިވެ އެވެ.
މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިން ވެސް އެ އަންހެން މީހާ އެގޮތަށް ބައެއް މީހުންގެ މައްޗަށް ރޭޕްގެ ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް، ފަހުން އެއީ ދޮގެއް ކަމަށް ބުނެ ރަށު ތެރޭގައި ވާހަކަ ދައްކާފައިވެ އެވެ.
"އެ މީހާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހެއް މިހާރު ވެސް ޖަލުގައި އެބަހުރި،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މީހާ ބުނިގޮތުގައި ރަށު ތެރޭގައި ކަންބޮޑުވުން އޮތީ ދެ މީހުންގެ ރުހުމުގައި ކުރި ކަމެއް ކުރުމަށް ފަހު، ރޭޕްގެ ތުހުމަތުކޮށް ބޮޑެތި މައްސަލަތައް ރަށު ތެރޭގައި އުފެދި މަސްލަހަތު ގެއްލޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްމިރުސް
27 February 2025
މިބައިމީހުން ލަދެއް ނުގަނޭތަ މި ފިރިހެންމީހާގެ ފަހަތުގައި ތިބެން؟ ކަލޭމެން ކޯއްޗެއް ބޮއެގެންތަ ތިތިބީ؟
ވަހިދު9ިް
27 February 2025
ދެ މީހަކު ރުހިގެން ޒިނޭކޮށްފައި އެކަކު އަނެކަކަށް ރޭޕުގެ ތުހުމަތު ކުރާކަމަށްވާނަމަ ފަހަތުގައި ވެސް ތިބެންވީ
ޢިބޫ
27 February 2025
ވާގަނޑު ހިފައިގެން އުޅެނިކޮށް ފެނިގެން ފުލުހުންނަ އެންގިކަމަށް މީގައެބައޮތް، އެކަމާ ފުލުހުން ކީކޭތޯ ބުނަނީ؟
ހަސަނު
27 February 2025
ރަށުގެ ރައްޔިތުން ތަންކޮޅެއް ވިޔާނުދާ ކަމަށް ފެނެ
ރޭޕްގެ ވާހަކަ މީހުން ނުދައްކަނީ މިހެންވެ
27 February 2025
ނުކުޅެދޭ އަންހެނާއަށް ގޯނާކޮށްފައިވާކަން ޑޮކްޓަރުގެ ރިޕޯޓުން އެންގެން އޮތްއިރު އެ އަންހެން މީހާގެ ގޭ ކުރިމަތޯ މުޒާހަރާ ކުރުމަކީ ވ ބޮޑު ގޯހެއް.
އަކްމެޑް
27 February 2025
އަދި ހަމަ މީހަކު ވާގަނޑެއް ހިފައިގެން މަގެއްގަ ހިނގާލާފަ ދިޔަތަން ފެނުނަސް، ޕޮލިހަށް އެއީ މައްސަލައެއް ގޮތުގަ ރިޕޯޓުކުރަންވީ ކީއްވެބާ؟ މާލޭގެ މަޖީދީމަގުންވެސް މީހުން ވާގަނޑާ، ހޮޅިއާ، ފިލާ އަދި އުދަލި ހިފައިގެންވެސްދޭ. ބަޔަކު ރިޕޯޓެއް ނުކުރޭ.
ދިލް
27 February 2025
ރޭގަ އަހަރެން މަސްކަނޑާ ބޮޑު ވަޅި އަކާ ކުޑަ ދެ ވަޅި ގަނެގެން މަޖީދީމަގުން ލާފައި ދިޔައިން. މީހަކު ރިޕޯރޓް ކުރިބާ؟
އަކްބަރު
27 February 2025
އިއްޔެ ދެކުނިން އަމީނީ މަގުން ސައިކަލް ފަހަތު ޝީޓުގައި ޕްލާސްޓިކް ގޮނޑި ބަރިއެއް އައްސައިގެން މީހަކު ދުއްވަނިކޮށް. އެވާހަކަވެސް މީހަކު ރިޕޯޓެއް ނުކުރޭ.
ދަލޭކަ ދައިތަ
27 February 2025
ޒިނޭގެ ބޮޑު ފާފައާ ދުރުވެގެންތިބޭ! ދުނިޔެ ނުނިމުނަސް ތިމާއަށް ދުނިޔެ ނިމިދާނެ!! ޒިނޭކުރަން އޯކޭވެފަ ރޭޕޭ ކިޔާފަވެސް ބޭޒާރުވެއްޖެއްޔާ ދެންމިވަނީ ބޮޑުކަމަށް؟ ހެޔޮރަނގަޅު މީހަކު ޒިނޭއާ ގާތްނުވާނެކަން ދަނޭ، އެފަދަ ނުބައިމީހަކު ތިމާ ބޭޒާރުކުރަން ފަހެއްނުޖެހޭނެކަންވެސް ދަނޭ.
ޝަރީޕް
27 February 2025
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވ ގިނަ ފަހަރު ރޭޕްގެ ޝިކާރައަކަށް ވާ މީހުން. ގިނަ ބަޔަކު އޭނާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމަކީ ހައިރާނަވާ ކަމެއްނޫން. ޑޮކްޓަރުގެ ރިޕޯޓުން އޭނާއަށް ގޯނާކުރިކަން އެނގެންވެސް އެބައޮތް
އެޑްމުންޑޯ
27 February 2025
ރުހުމުގައިވެސް ނުރުހުމުގައިވެސް ކައިވެނިން ބޭރުން ނުކުޅެދޭ އަންހެނާކާއި އެކު ގުޅުންހިންގުން އެއީ ޖަރީމާއެއް ، ދީނުގައިވެސް ބޮޑު ހަރާންކަމެއް ، ޑަކްޓަރ ގެ ރިޕޯޓްންވެސް އެގެނީ ޖިންސީ ގުނަވަނަށް އަނިޔާވެފައިވާކަން ، މާނައަކި ގަދަކަމުން ގުޅުން ހިންގިކަން ،
ދުރުމި
27 February 2025
މި އާޓިކަލްގެ އެންމެ ފަހު ޕްރެގްރާފުން މަޑިފުށި ރައްޔިތުންގެ ވިސްނުން ހުރިގޮތް އެބައެނގޭ. މިވިސްނުން ގޯސް ނޫންކަމަށް ދެކުމަކީ ވަރަށް ދެރަވަރު ކަމެއް. ރުހުމުގައި ކުރާ ކަންތަކުން އަނިޔާ ގޮތަކަށް މެޑިކަލް ގޮތުންވެސް ނުދައްކާނެ، އަނިޔާއެއް ލިބިފަ ހުރިކަމަށް ދައްކާނީ އެގޮތަށް އެކަންވީމަ. ރުހުމުގައިވިޔަސް ކައިވެނިން ބޭރުން ކޮށްގެންނުވާނެ ކަންތައް "އޯކޭ" ވާކަަަށް ނުޖެހޭ.
ކުޅަނދޭ
27 February 2025
މަޑިފުށި އެކަންޏެއްނޫން ރާއްޖެތެރޭ އެންމެންގެވެސް ހާލަތު…ހަމަ ގަމާރީ އަދިވެސް….
ހަބީބު.
27 February 2025
ރާއްޖޭގަ މިއޮތީ ވަރައްނުރައްކާތެރި މާހައުލެއް އަންހެންމީހާ ކޮންމެފަދަ ވަސީލަތެއް ބޭނުންކޮއްފަވެސް އެމީހަކު ބޭނުންވާ މީހަކު ދުވަސްދުއްވާލެވޭގޮތައް މިކަން އޮތުމަކީ ވަރައް ދެރަވަރު ކަންކަން
ޗީޑި
27 February 2025
އާރޓިކަލް އެއްފަހަރުވެސް ކިޔާލިންތަ؟ ތިކަހަލަ ވިޔާނުދާ ވާހަކަދައްކާ މީހުންނަށް އާހިރަތުގައި އޯތީ ނަރަކައިގެ އަލިފާން. ކަލޭ ވާހަކަ ހުރިގޮތުން ހީވަނީ ތީ ވަރަށް ރޭޕްކުރާ ހިތުން އުޅޭހެން، އެ ފުރުސަތު ގެއްލިދާނެތީ ތި ހިތާމަކުރަނީ