މީގެ ކުރިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަފަނޑިޔާރު މުއުތަސިމް އާއި މަޖިލީހުގެ ރައީސް ނަޝީދު އަދި ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
27 ފެބުރުއަރީ 2025 - 12:45
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލައި، ގާނޫނުގެ ވެރިކަމަށް އަނބުރާ ރުޖޫއަވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެންމެ މަތީ ކޯޓުގައި ދުސްތޫރީ މައްސަލައެއް ކުރިއަށް ދަނިކޮށް އެކަމަށް ސިޔާސީ ނުފޫޒު ފޯރުވައި، ހުރިހާ މުއައްސަސާތަކެއްގެ މުސްތަގިއްލުކަން ނަގާލައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ހުތުރު އަމަލުތަކެއް ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
އެހެންވެ، އެކަންކަން ހުއްޓާލައި ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް އިބޫ ވަނީ ދައުލަތުގެ ވެރިންނަށް ގޮވާލައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިއްޔެ ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ޖޭއެސްސީން ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ފަހުން، ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީން ވެސް ވަނީ އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފަ އެވެ.
މިއަދު މި ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި, ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު, ހުތުރު ޢަމަލުތަކެއް.…
— Ibrahim Mohamed Solih (@ibusolih) February 27, 2025
އެ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ. އިބޫ ވިދާޅުވީ ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ކަމަށެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބު ކުރަމުން ދަނީ ރައީސްގެ މުށުތެރެއަށް ބާރުތައް އެއްކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
27 February 2025
އިބޫ އަކީ ކާކު؟ އެއްވެސް މިހެއް ދަންނަ މީހެއްތަ އެއީ؟
ޑރ ވާންޗޯ
27 February 2025
އެއީހަމަ އިބޫތަ؟. 5 ފަނޑިޔާރުންތިއްބާ ބޭރުކޮށްފަ 7 މީހުން ޕާޓީ އެކްޓިވިސްޓުންނާއެކު އެތަނަށްލާފަ ލަދުގެ ކަންފުޅެއްހުރިނަމަވެސް އަނގަ ހުޅުވާލަން ނުކެރުނީސް.
ނަމެއްނެތި
27 February 2025
ލަދެއްވެސް ގަންނަ މީހެއް ނޫން މީކީ. ހާދަހާ ހަޔާތެއް ނެތޭ.
ރައްޔިތެކެވެ
27 February 2025
މީ އެއްކަލަ ފުލެޓްއަށް ލާން ޖެހޭ ޑޮކިއުމަންޓްސް ވެސް ނުލާ މީޙުންނަށް ފުލެޓް ދިން ބޭފުޅާ ދެއްތޯ، ލަދެއްވެސް ހަމަ ނެތީތޯ؟
އަލީ ފާއިފު2
27 February 2025
ފައުޅުވެއްޖެ! ފައުޅުވެއްޖެ! މަނިކްފާނުގެ ބާރު ކަނޑުވާލާތީ ދަރަފުޅުވެ ހިއްޕުޅުގަ ޖެހުނީތޯ! މާފުކުރައްވާ! މާފުކުރައްވާ! ވެރިކަން ނިމުންފަހުން ރިއެކްޓް ކުރައްވަނީތޯ!
އޮނަރަބަލް ކުރިސީގެ ބަކުރޭ
27 February 2025
ގައުމު 17 އަހަރު ފަހަތަށް . ތިންބާރު މިއޮތީ އަލުން ވަކިކުރަން ޖެހިފައި .
ކިހިނެއްދޭނީ
27 February 2025
އެމްޑީޕީގެ 5 އަހަރު ނުކުރާ ކަމެއް އަދި ނުކުރެވޭނެ
ހަނދާން ނެތޭ
27 February 2025
ދިވެހިންނަކީ ހަނދާންނެތޭ ބަލި ހުންނަ ބައެއްކަން އިބޫއަށް އެނގޭ.
ގާނޫނީ
27 February 2025
ސްޕްރީމް ކޯޓްގެ 5 ފަޑިޔާރުން އެއްކޮއްވަކި ކުރީ ވެސް ހަމަ އިބޫ ވެރިކަމުގަ މިހާރު އުޅެނީ 3 މީހުން ވަކިކުރަން އެއީ ތަފާތަކީ. އޭރު އެއީ ގާނޫނީ ވެރިކަމެއްތޯ މިހާރު ގާނޫނީ ނުވާއިރު
ޖެއްސު
27 February 2025
ކަލޭމެން ނުކުރާކަމެއް އަދި މިސަރުކާރަކުން ނުކުރޭ. އެންމެ ބޮޑައް ނުފޫޒު ފޯރުވީ އިބޫ ސޯލިހުގެ ސަރުކާރުން. 5 ފަޑިޔާރުން ވަކިކޮއް އަދި ކަލޭމެން ބޭނުންވާ ގޮތައް ހުކުމްކުރާ މީހުންލީ
ނިބޫ
27 February 2025
އަޅޭ! އެހެން އެ ވިދާޅުވީ އިބޫތަ؟ ހީވެސް ނުވޭ!