ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި އެއްވުމުގެ ތެރެއިން
27 ފެބުރުއަރީ 2025 - 16:06
ނ. ހޮޅުދޫގައި މިދިޔަ އަހަރު ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެ ރަށުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަން ގެއްލުން ދިން ދެ މީހެކެވެ. އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މިދިޔަ ހޯމަ ދުވަހު ހޮޅުދޫގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވެ އެވެ. މުޒާހަރާގެ ކުރިން މީހުން ވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެ ރޭ ވަރަށް ލަސްވަންދެން ވެސް އެ މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގައި ހޮޅުދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެވެ އެވެ. އޭނާ ހައްޔަރު ކުރަން ވެސް ގޮވާލާފައިވެ އެވެ.
ނަމަވެސް، މިހާތަނަށް ޒަކިއްޔާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މަރާ ގުޅިގެން ފުލުހުން އެންމެ ފަހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް އެރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. ޒަކިއްޔާ އޮޓޯޕްސީ ނުހަދައި، އޭނާ ވަޅުލާފައިވުމަކީ ފުލުހުން ހެދި ގޯހެއް ކަމަށް މިނިސްޓަރު އިހުސާން ވެސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިުް2
27 February 2025
މީހެއްގެ މަރުގެ ތުހުމަތު މިގޮތަށް މީހަކަށް ކޮށް މުޒާހަރާ ކުރުމަކީ ވަރަށް ގޯސްކޮށް ކުރާ ކަމެއް. ހެކިިހުރިއްޔާ ނުވަތަ ޝައްކުވާ ކަމެއް ހުރިއްޔާ ތަހުގީގު އިދާރާތައް އެބަހުރި. އެތަންތަނަށް ހުށަހަޅަންވީނޫންތޯ؟
މުއިއްޒު އައުޓް
27 February 2025
އިންސާފަށް އެދި މުޒާހަރާ ކުރި މީހުން ހައްޔަރު. އެކަމު ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުރީ. ސާބަހޭ އިހުސާން. ޝުކުރިއްޔާ ސީޕީ. މިއޮތީވާ ގައުމެއް ކަލޭނޭ!؟
ޑިދި
27 February 2025
އެއީ މިގައުމުގަ ކަން އިންނަ ގޮތް. ކުށްކުރާމީހާ އަބަދުވެސް ހުންނާނި ސަލާމަތުން. އަނިޔާލިބޭ މީހާ އަށް އިންސާފު ނުލިބޭނެ
މަޖިލިސް11
27 February 2025
ހޮޅުދޫ މީހުންނަކީ ގަދީމީ ބައެއް. ފިތުނަޔާއި ހަސަދައިން އަނދައަނދާ އޮތް ރަށެއް. މާތް الله އެބައިމީހުންނަށް ތެދުމަނގު ދައްކަވާށި. އާމީން.
ވޮޗްމޭން
27 February 2025
ހޮޅުދޫ ރައްޔަތުންނަށް ސާބަސް. ތީ ހިތްވަރުގަދަ ބައެއް. މަރާލާ މީހުންގެ ކަންތަކާ އަޅާނުލާ ހަދާންނައްތާލާ އިންސާފު ނުލިބޭނެ ކަމަށް ބަލައި ހެދިގޮތަކަށް ހެދިގެން ތިބޭތީ ކަންތަތައް ގޯހުން ގޯހަށް ދަނީ. އިންސާފަ އެދި ކުރެވުނު ކޮންމެ ކަމެއް ކުރަންޖެހޭ.
އަފްރާސިޔާބު
27 February 2025
ދިޔަމީހުން ދިޔައީ މައްސަލަ ބަލާކަށް ނޫން. އަދި އެ މައްސަލައަށް ހައްލެއް ހޯދާކަށްވެސް ނޫން. ދިޔައީ އޭގެ ތެރޭގައިތިބި ރައްޔިތުން ގޮވައިގެން މަސައްކަތް ކުރަން އިސްކޮށް އުޅޭ ބަޔަކީ ކޮބައިތޯބަލައި އެމީހުންގެ ހައްޔަރުކުރަން.
އަޅި އަލި
27 February 2025
"ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ" ކުރިއަށް އޮތް ދެ އަހަރު ދެން ދާނީ މިކަން ތަހުގީގު ކުރުމަށޤ