ފާލަމާ ދިމާ ބޮޑުތަކުރުފާނު މަގު: އެ ސަރަަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން ވަނީ ނިންމާފައި
27 ފެބުރުއަރީ 2025 - 21:25
ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯދަ މަސް ނިންމުމާ އެކު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައި، ތަރައްގީކޮށްފަ އެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރު އަޅާފައެއް ނުވެ އެވެ.
އިއްޒުއްދީން ފާލަން ތަަރައްގީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއު ރޯދަ މަސް ނިމުމަށްފަހު ފަށާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ. މަގު ތަރައްގީ ކުރާނީ ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ލޭނު އިތުރު ކުރަން މަގު ފުޅާކުރުމަށްޓަކައި، ޝީޓްޕައިލްކޮށް ފަޅުން ބައެއް ހިއްކާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. އެ މަސައްކަތް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީއާ ހަވާލުކުރަން ވެސް ނިންމާފައިވެ އެވެ. ނަމަވެސް، އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.
މި ސަރުކާރުން ވަނީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަަހައްދު ވެސް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި ގުޅީފަޅަށް ބަނދަރު ބަދަލުކޮށް، މިހާރު މާލޭ ނޯތު ހާބަރު ހުރި ސަރަހައްދު ވެސް ތަަރައްގީ ކުރަން ނިންމާފައިވެ އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި މާލޭގެ އެހެން ހުރިހާ މަގަކާއި ވިލިމާލޭގެ ހުރިހާ މަގެއް ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަމް
01 March 2025
ވަރަށް އުފާވެއްޖެ. އޭރަށް މިލާހިކު ފަސޭހަވާނެ ދެން ބުރު ޖަހަންވެސް. ޔާމިންއިރުގަވެޒް ރައިސް މުއިއްޒްގެ މޭސްތެރިކަމުގަ ހުރިހާ ކަމެއް ނިންމީ. މީ ހަގީގަތަކީ
އަޒާން މުހައްމަދު
01 March 2025
އިބޫމެންނަށް މަގު ހަދާނެ ގޮތް މިދައްކަނީ. އަލުން އަމީމީ މަގުވެސް ހަދާ ނިންމާނެ. ޗައިނާގެ އެހީގައި މާލެ ވިލިމާލެ މަގުތައްވެސް ނިންމާނެ. ފެންބޮޑު ނުވާހެން
މަފާޒް ސަލީމް
01 March 2025
އެއްވެސް ސަރުކާރަކަށް ނެހެދުނު މާލޭ މަގު ރައީސް މުއިއްޒްގެ ސަރުކާރުން ހަދާ ނިންމާނެ.
ހުސެމް ވަހީދު
01 March 2025
ހަގީގީ ބާރު ސްޕީޑުގައި މިގައުމަށް ތަރައްގީ ރައީސް މިގެންނަނީ ބަލަނަތިބޭ
ހުނެއިފާ
01 March 2025
އިބޫމެން ސްލޯކޮށް ކަންކަން ގެންދިޔައަސް މިސަރުކާރު ފާސްޓްވާނެ
ޓިނު
28 February 2025
ދައުރު ނިމުމުގެކުރިން ތިކަންވެއްޖެނަމަ ރަގަޅު
ޟފހ5
28 February 2025
އަނެއްކާ ވެސް ބޮޑެތި ހުރިހާ ގަހެއް ނެތިކޮށްލަނީ... ދެން ޖަހަނީ ވެސް 2 ފޫޓު ހޯލިކޮޅުކޮޅު... ބޮޑެތި ގޮފި ޖަހާނަމަ ވެސް ތަންކޮޅެއް އަވަހަށް ހިޔާ ލިބުނީސް ދޯ. އެކަމަކު މޫލާނެ ޖާގަ އަޑިއަށް ނުދީ،ގަސް ބޮޑެއް ނުވާނެ.
ހަމްދާ
28 February 2025
އައްޑޫގެ ލިންކް ރޯޑު ހަދަނީ ކޮންއިރަކުތޯ
ރާވެރިބެ
28 February 2025
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައި ތަރައްގީ ކުރުމަކީ އޭގެ ޒާތުގަ ވަރަށް މުހިއްމު ރަގަޅު ކަމެއް. އެކަމަކު މާލޭ އުތުރު ފަޅުތެރެ ޝީޓުޕައިލް ކޮށްގެން މަގަށް ބައެއް އިތުރު ކުރާ އިރު މިހާރުވެސް ތޮށްޖެހިފަ އޮތް ފަޅަށް ވާނީ ކިހިނެތް؟ ކައިރި ކުރާ ލޯންޗްފަހަރާ ފެރީ ތަކަށްް މުސްކުޅިންނާ އަނެނުންނާ ކުޑަ ކުދިން އަރާ ފައިބަން ޖެހެނީ އެއް އުޅަދަށް ފުއްމާފަ އަނެއް އުޅަދަށް ފުއްމައިގެން. މިނޫން ގޮތަކަށް މިކަން ހައްލު ނުކުރަނީ ނުފެންނާތީތޯ؟
ހާސަރު
28 February 2025
ކޮބާ ޗައިނާއިން މުޅި މާލެ އާއި ވިލި މާލޭގެހުރިހާމަގެއްހަދާނޭ ހިލޭއެހީގައި ކިޔާފަ ދެއްކި ވާހަކަ!؟