ސަލްޓަން ޕާކް: ބޯލިން ފަދަ ކުޅިވަރުތަކާ އެކު ސަލްޓަންޕާކް އަލުން ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
27 ފެބުރުއަރީ 2025 - 22:47
ދިވެހިވަންތަކޮށް، އާ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްމީ ފަލަން އަލުން ތަރައްގީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަލްޓަން ޕާކު އޮތީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައި ކަމަށާއި ސަރުކާރުން މިހާރު އެތަނާ ހަވާލުވެފައިވާ ކަމަށެވެ. މީގެކުރިން އެ ތަން ބަލަހައްޓަމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަލްޓަން ޕާކު އަލުން ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީކުރާނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށެވެ.
"ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޅަ ދަރިންނަށް ޒުވާނުންނަށް އެ ފަރާތްތައް ހިތްހަމަޖެހޭ ޝައުގުވެރިކަމާ އެކު ދަސްވާނެ ގޮތަށް ބައްޓަން ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އަދި ކުޑަކުދިންނާ އެކު ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ގޮތްތައް ޕާކަށް އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން ބޯލިން ފަދަ ކުޅިވަރުތައް ކުޅެވޭ ތަންތަން ވެސް ޕާކް ތެރޭގައި ހަދާނެ ކަމަށް ވިދާޅުވި އެވެ.
ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ހަ މަސް ތެރޭގައި ފެށޭނެ އެވެ. އެ މަޝްރޫއު ނިމުމުން ސަލްޓަން ޕާކު ސަރަަހައްދަކީ ވަގުތު ހޭދަކޮށްލަން އެންމެ ހިތްފަސޭހަ އެންމެ ގިނަ ކަންކަން ކުރެވޭ ސަރަަހައްދަށް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަލްޓަން ޕާކު މިހާރު އޮތް ގޮތަށް ތަރައްގީ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. އެ ތަން ތަރައްގީ ކުރީ ސްނޯ ޕާކަކާ ވެސް އެކު އެވެ. ނަމަވެސް، މިހާރު އެ ތަން ވަނީ ބަންދުކޮށްފަ އެވެ.
މިފަހުން ރައީސް ވަނީ ސަލްޓަން ޕާކު އޮތް ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން އެ ތަނާ ހަވާލުވެފައިވަނީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިހާޒް މުހުސިމް
01 March 2025
އިގްތިސާދުން ޑޮލަރ މީގެ ސަބަބުން ބޭރުވުން ހުއްޓުވޭނެ. ސަބަބަކީ މިކަހަލަ ކުޅިވަރު ކުޅެން އެތައް ބަޔަކު ބޭރަށް ދޭ. ޒުވާނުން
އަކްޝަމް.
01 March 2025
ދެން ނުޖެހޭނެ ލަންކާއަށް މެލޭއަށް މިކުޅެން ދާން. ސީދާ ރާއްޖެއިން
މަފާޒް ސަލީމަ
01 March 2025
ރައީސް މުއިޒް މިދަމީ އެކި ގޮތްގޮތުން އަމަލީ ގޮތުން އެމަނިކުފާނަކީ ޒުވާނުންގެ ރައީސްކަން ދައްކަމުން. މިކަހަލަ ކަންކަން ޒުވާނުން ބޭނުންވަނީ
ސިފަތުﷲ
01 March 2025
މީ ވަރަށް މުހިއްމު ކަމެއް. ޒުވާނުން ނުލާހިކު ބޭނުންވާ ކަންކަން މައީ
ލިހާޒަ މުހުސިން
01 March 2025
ސާބަހޭ ރައީސް. އެހެން ވެެރިންނަ ނުވު ހުރިހާ ކަމެއް ކޮށްދޭތި
އަހްމަދު ޒާން
28 February 2025
މިގައުމުގަ ކުޅިވަރު ކުޅޭނެ ގިނަ ތަންތަން ބޭނުން އެބަ ވޭ
އިކޫ
28 February 2025
ޔެސް ވަރަށް ސަޅި. ބޯލިންގް ކުޅޭ ތަނެއް ނެތުން އެއީ ވަރަށް ބޮޑު ވެއްޓުމެއް. ބޯލިންގް ކުޅެން ބޭނުން ނަމަ ދާން ޖެހޭނީ ގައުމު ދޫކޮށްފަ.
ފެނަކާނި
28 February 2025
އައިސް ސްކޭޓިންގ ރިންކު ހުޅުވަބަލަ އައިސް ކޭޓިންގ. ހުރި އެއްޗެއް މަރާމާތުކުރާކަށް ނޫޅެންތަ؟
ޥަތު
28 February 2025
އަނެއްކާ އަނެއް ދޮގު.
ނާނުު
28 February 2025
ރައީސް މުއިއްޒަކީ ދޮގު ހައްދަވާ ރައީސް އެއް ނޫން
ރާވެރިބެ
28 February 2025
ޕާކުތަށް ހަދަން ލާރި ހުރޭ! ގެދޮރު، އާސަންދަ ފަދަ ރައްޔިތުންގެ އަސާސީ ޙިދުމަތަށް ފައިސާ ނުހުރޭ! ކީއްކުރާނީ!