ޚިޔާލު

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއްތަ؟

ރާއްޖޭގައި ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ދެ ބޭފުޅުން ހުވާ ކުރައްވަނީ: ރާއްޖޭގައި އަންހެން ފަނޑިޔާރުން ފުރަތަމަ އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި --- ފޮޓޯ/ރައީސް އޮފީސް

މައުމޫން އަބްދުލްގައްޔޫމް

09 މާޗް 2025 - 08:45

92 comments

އެޑިޓަރުގެ ނޯޓް:

މިއީ އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލިޔުއްވި އާޓިކަލެކެވެ. ރާއްޖޭގައި އަންހެނުންނަށް ފަނޑިޔާރުކަން ދެއްވަން ފެއްޓެވި ބޭފުޅަކީ ރައީސް މައުމޫނެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އައްޔަން ކުރެއްވި ފުރަތަމަ އަންހެން ދެ ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ ޖުލައި 11، 2007 ގަ އެވެ.

------------

މާތްވެގެންވާ އިސްލާމްދީނުގެ عقيدة ތަކާއި أصول ތަކާއި حكم ތައް ވަނީ ކީރިތި قرآن ގައްޔާއި رسول الله صلى الله عليه وسلّم ގެ ސުންނަތުގައި ބަޔާންކޮށްދެއްވާފަ އެވެ. އެހެންކަމުން، އެއްވެސް ކަމެއްގައި އިސްލާމްދީނުގެ حكم އޮތީ ކިހިނެއްތޯ ބަލަން ވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހެނީ މި މައިގަނޑު ދެ أصل އަށެވެ. އެ ވަރުގަދަ ދެ أصل ން ކުރެ أصل އަކުން އެ ކަމެއްގެ حكم ނުފެނިއްޖެ ހިނދެއްގައި ޖެހޭނީ، قرآن އާއި ސުންނަތުގައިވާ عامّ أصول ތަކާ ފުށު ނާރާ ގޮތެއްގެ މަތިން اجتهاد ކުރާށެވެ. މިގޮތުން ކުރާ اجتهاد ގައި ހުރިހާ علم ވެރިން އެއްގޮތަކަށް އެއްބަސްވެވަޑައިގެންފައިވާ ނަމަ އެއީ إجـماع އެވެ.

މި ކަން އޮތީ މިހެން ކަމުން، އަންހެނުން ފަނޑިޔާރުކަން ކުރުމުގެ އިސްލާމީ حكم ދެނެގަންނަން ޖެހޭނީ ވެސް ހަމަ މިأصول ގެ މަތިންނެވެ.

އެކި މައްސަލަތަކުގައި އިސްލާމްދީނުގެ حكم އޮތް ގޮތް ދެނެގަތުމުގައި އަންނަނިވި މައިގަނޑު أصول އަށް رعاية ކުރަން ޖެހެ އެވެ. އެ أصول އަކީ، އެ ކަމަކީ حرام ކަމެއް ކަމުގައި ކީރިތި قرآن ގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ސާފުކޮށް އޮޅުމެއް ނެތް ގޮތުގައި އަންގަވާފައި ނުވާހާ ހިނދަކު، ކޮންމެ ކަމަކީ ވެސް ހުއްދަ ކަމެއް ކަމެވެ. أصول الفقه ގެ علم ވެރިންގެ عبارة ން ދަންނަވާ ނަމަ اَلْأَصْلُ فِى ٱلْأَشْيَاءِ ٱلْإِبَاحَة ކޮންމެ ކަމެއްގެ ވެސް أصل އަކީ ހުއްދަ ވުމެވެ. މި أصول ސާބިތުކޮށްދޭ ހެކިތައް ކީރިތި قرآن ގައި ވެ އެވެ. މާތް الله وحى ކުރެއްވިއެވެ. ﴿ هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَـمِيعًا ؛ ثُـمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سـَمَـٰـوَٰتٍ ؛ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴾ (البقرة: 29) މާނައީ: [އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެ އެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވި އެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

[اَلْـحَلاَلُ وَالْـحَرَامُ فِـى الْإِسْلاَم] (އިސްލާމްދީނުގައި حلال ކަންތަކާއި حرام ކަންތައް) މިފޮތުގައި ޑރ. يوسف القرضاوى ވިދާޅުވެފައި ވެ އެވެ. [އިސްލާމީ شريعة ގައި حرام ކަންތައްތަކުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަދި حلال ކަންތައްތަކުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެހެނީ، قرآن އާއި ސުންނަތުގައި ސާފު ބަހުން ކަނޑައެޅިގެން ކަމެއް حرام ކަމުގައި އަންގަވާފައިވަނީ މަދު ކަންތައްތަކެކެވެ. އެ ކަމަކީ، حلال ކަމެއް ކަމުގައި ނުވަތަ حرام ކަމެއް ކަމުގައި ބަޔާންކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަވުމުގެ أصل ގެ މަތީގައި ވާ ކަމެކެވެ.] (صفحة : 21)

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަ ނޫން حرام ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ދައްކަވާ ދަލީލަކީ النّساء سورة ގެ 34 ވަނަ އާޔަތާއި البقرة سورة ގެ 228 ވަނަ އާޔަތާއި الإمام البخارى ގެ 4425 ވަނަ حديث އެވެ.

النّساء سورة ގެ 34 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. ﴿ ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِـمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ ؛ وَبِـمَآ أَنـفَقُواْ مِنْ أَمْوَٰلِـهِمْ ﴾

މާނައަކީ: [ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު الله މާތްކުރައްވައި، އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.]

قَوَّامُون ގެ މާނައަކީ، قِوَامَةُ ލިބިގެންވާ މީހުންނެވެ. قِوَامَةُ ގެ މާނައަކީ، عائلة ގެ خرد ބަރަދު ބެލެހެއްޓުމާއި عائلة ރައްކާތެރިކުރުމުގައި އިސް ދައުރެއް އަދާކުރުމެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ދެ ފަނޑިޔާރުން ކަމަށްވާ އާއިޝާ ޝުޖޫން އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސެޕްޓެމްބަރު 2019 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ފަނޑިޔާރުކަމުގެ ހުވާކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

البقرة سورة ގެ 228 ވަނަ އާޔަތުގައިވަނީ މިފަދައިންނެވެ. ﴿ وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰـثَةَ قُرُوٓءٍ ؛ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْأَخِرِ ؛ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓاْ إِصْلَـٰحًا ؛ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ؛ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ؛ وَٱللَّهُ عَزِيزٌ حَكِيمٌ ﴾

މާނައަކީ: [އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާ ހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهرއެވެ.) އަދި، އެކަނބަލުން، االله އަށާއި آخرة ދުވަހަށް إيـمان ވާ ކަމުގައިވާ ނަމަ އެކަނބަލުންގެ رَحِم ތަކުގައި الله އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުން ފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭ ނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރިންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެ ކަނބަލުންނަށް ވެސް حق ވެގެން ވެ އެވެ. އަދި ފިރިހެނުންނަށް އެ ކަނބަލުންގެ މައްޗަށް ދަރަޖައެއް ލިބިގެންވެ އެވެ. الله އީ، عزيزވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.]

ފިރިހެނުންނަށް އަނބިންގެ މައްޗަށް ދަރަޖައެއް ލިބިފައިވުމަކީ، عائلة ގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ފިރިހެނުން އުފުލަން ޖެހޭ މަސްއޫލިއްޔަތެއް އޮތުމުން، ފިރިންނަށް حقވާ قدر އާއި إحترام ދިނުމެވެ.

އެހެންކަމުން، މި ދެ އާޔަތާ މެދު ނަޒަރު ހިންގާލައިފި ކޮންމެ މީހަކަށް ވެސް ދޭހަވާނެ ފަދައިން، މި ދެ އާޔަތުގައި ބަޔާންކުރައްވާފައިވާ حكم ތަކަކީ، ދެމަފިރިންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ދެމަފިރިންގެ حق ތަކާއި ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާބެހޭ حكم ތަކެކެވެ. މި ދެ އާޔަތުގައި، އަންހެނުން ފަނޑިޔާރުކަންކުރުމާބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން، އަންހެނަކު ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދެއްކޭނެ އެއްވެސް شرعى حجّة އެއް މި ދެ އާޔަތުންކުރެ އާޔަތެއްގައި ނެތްކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

އެހެންކަމުން، ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ مقام ތަކެއް حوال ކުރެވިފައި ނުވަނީ، އެ ޒަމާންތަކުގައި އަންހެނުންނާ މެދު އަޅާނުލެވި تعليم حاصل ކުރުމުގެ فرصة އެއް ވެސް ނުލިބި ދިޔުމުގެ ސަބަބުން مقام ތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭނެތީ އެވެ. އެއްވެސް حال އެއްގައި طبيعى ގޮތުން އަންހެނުންގައި ناقابل ކަމެއް ނުވަތަ އުނިސިފަތަކެއް ހުރެގެނެއް ނޫނެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ވިދާޅުވާ ބޭފުޅުން حوالة ދެއްވާފައިވާ حديث އަކީ اَبُوبَكْرَة نُفَيعُ بْنُ الْـحَارِث ރިވާކުރައްވާފައިވާ އަންނަނިވި حديث އެވެ.

[ފާރިސް ކަރައިގެ އަހުލުވެރިން އެބައިމީހުންގެ ރަނިކަމަނާއެއްގެ ގޮތުގައި ކިސްރާގެ ދަރިކަނބަލުން އިސްކޮށްފި ކަމުގެ خبر رسول الله صلى الله عليه وسلّم އަށް ލިބިވަޑައިގެން ހިނދު، އެކަލޭގެފާނު حديث ކުރެއްވި އެވެ. އެ ބަޔެއްގެ ކަންތައްތައް އަންހެނަކާ حوال ކޮށްފި ބަޔަކު ކާމިޔާބު ނުވާ ހުށްޓެވެ.]

މި حديث އަކީ البخارى ގައިވާ حديث އެއް ކަމުގައި ވިޔަސް، މި حديث ރިވާކުރެއްވި ابوبكرة އަކީ އިތުބާރު ކުރެވޭ ރާވީއެއް ނޫން ކަމުގައި حديث علم ގެ ބައެއް علم ވެރިން ވިދާޅުވެފައިވެ އެވެ. ސަބަބަކީ، صحابـى ބޭކަލަކާ މެދު ابوبكرة އިތުބާރު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށްޓަކައި، الـخليفة عمر بن الـخطّاب ގެ އަމުރުފުޅަށް ابوبكرة ގެ ގައިކޮޅުގައި ހައްދު ޖަހާފައި ވާ ކަމެވެ. ހަމަ އެފަދައިން، އެހެން އެއްވެސް صحابـى ބޭކަލަކު މި حديث ރިވާކުރައްވާފައި ނުވާ ކަމެވެ. މީގެ އިތުރުން ابوبكرة މި حديث އެންމެ ފުރަތަމަ ވެސް ރިވާކުރެއްވީ، اَلْـجَمَل ހަނގުރާމައިގެ ދުވަސްވަރު، (އެބަހީ: ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ 25 އަހަރު ފަހުން) ކަމަށް ވާކަމެވެ.

ابوبكرة ގެ މި حديث އާ ބެހޭ ގޮތުން ބައެއް علم ވެރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅެއް ކަމުގެ އެއްވެސް ހަރުދަނާ ހެތްކެއް ނެތެވެ. އަދި ابوبكرة މި حديث ރިވާކުރެއްވީ أم الـمؤمنين السيّدة عائشة، معاوية ގެ ލަޝްކަރުގައި الـخليفة على بن أبـى طالب އާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ނުކުމެވަޑައިގަތުމާ ގުޅިގެން ސިޔާސީ ބޭނުމަކު އެ ކަމަނާ އަށް ފާޑުވިދާޅުވުމުގެ ގޮތުން ކަމުގައި އެ ބޭފުޅުން ވިދާޅުވެ އެވެ. މި ހުރިހާ ސަބަބަކަށްޓަކައި މި މައްސަލައިގައި މި حديث ނެގޭނެ އެއްވެސް حجّة އެއް ނެތެވެ.

މި حديث އަކީ حجّة އެއް ކަމުގައި ބަލާ ނަމަ އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. ސަބަބަކީ، ކޮންމެ ވަޒީފާއެއްގައި ހުންނަ މީހަކީ ވެސް ބަޔެއްގެ ކަމަކާ حوال ވެ ހުންނަ މީހަކަށް ވާތީ އެވެ. މި أصول ން ބަލާ ނަމަ އަންހެނަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެސް ނުވެވޭނެ އެވެ. ވަޒީރަކަށް ވެސް ނުވެވޭނެ އެވެ. މި ކަމަކީ، ކިތަންމެ ކުޑަ ނަމަވެސް ވިސްނުމެއް ހުރި އެއްވެސް މީހަކު قبول ކުރާނެ ކަމެއް ނޫނެވެ.

އަންހެނުން ފަނޑިޔާރުކަންކުރުމަކީ، އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން އިތުރު ވާހަކައެއް ވެސް ވިދާޅުވެ އެވެ. އެއީ، ސަލާމާއި صلوات ލެއްވި ރަސޫލާ އާއި އެކަލޭގެފާނުގެ މާތް ހަތަރު خليفة އިންނާއި، بنو أميّة ގެ خليفة އިން ވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވާ ކަމެވެ. حقيقة ގައި މިއީ قبول ކުރެވޭ ފަދަ حجّة އެއް ނޫނެވެ. އެހެނީ، މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ حرام ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ އެއްވެސް شرعى ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއް ވެސް ނެތެވެ.

ކޯޓުތަކަށް 2020 ގައި އައްޔަން ކުރެއްވި ބައެއް ފަނޑިޔާރުން މަގާމުގެ ހުވާ ކުރައްވާއިރު އޭގެ ތެރޭގައި ހިމެނުނު ދެ އަންހެން ފަނޑިޔާރުން.--- ފައިލް ފޮޓޯ: މިހާރު

އިސްލާމްދީނުގެ މައިގަނޑު ދެ أصل ކަމުގައިވާ ކީރިތި قرآن އާއި މާތް ރަސޫލާގެ ސުންނަތަށް ބަލައިލާއިރު، އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުން ތަފާތު ނުކުރައްވާކަން ވަރަށް ރަނގަޅަށް އެނގި ފެނިގެންދެ އެވެ. މާތް الله އަށް އީމާންވުމާއި ކައު އިތުރު مـحمّد ގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އީމާންވުމާއި ނަމާދު ކުރުމާއި ރޯދަ ހިފުމާއި حجّ عمرة ވުމާއި ޒަކާތް ދިނުމަކީ އެއްވެސް ތަފާތެއް ނެތި އެއް ހަމައެއްގެ މަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންކަމެވެ. ހަމަ އެހެންމެ އިސްލާމްދީނުގައި حرام ކުރައްވާފައި ކޮންމެ ކަމަކީ، ހަމަ އެއް ހަމައެއްގެ މަތިން ފިރިހެނުންނާއި އަންހެނުންގެ މައްޗަށް حرام ކުރައްވާފައިވާ ކަންކަމެވެ. ހެޔޮ عمل ތަކަށް آخرة ދުވަހުން ثواب ދެއްވުމާއި ނުބައި عمل ތަކަށް ޖަޒާ ދެއްވުމުގައި ވެސް، އަންހެނުންނާއި ފިރިހެނުންނާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.

النّحل سورة ގެ 97 ވަނަ އާޔަތުގައިވެ އެވެ. ﴿ مَنْ عَمِلَ صَـٰـلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ؛ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ ﴾ މާނައަކީ: [مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، صالح عمل އެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ.]

الأحزاب سورة ގެ 35 ވަނަ އާޔަތުގައިވެއެވެ. ﴿ إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَـٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَـــٰتِ وَٱلْـقَــٰـنِتِينَ وَٱلْـقَــٰـنِتَــٰتِ وَٱلصَّــٰدِقِينَ وَٱلصَّــٰدِقَـــٰتِ وَٱلصَّــٰبِرِينَ وَٱلصَّــٰبِـرَٰتِ وَٱلْـخَــٰشِعِينَ وَٱلْـخَــٰشِعَــٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَــٰتِ وَٱلصَّــٰۤـئِمِينَ وَٱلصَّــٰۤـئِمَـٰتِ وَٱلْـحَــٰــفِظِينَ فُرُوجَهُمْ وَٱلْـحَـٰــفِظَــٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًا وَٱلذَّٰكِرَٰتِ ؛ أَعَدَّ ٱللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴾

މާނައަކީ: [ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި مؤمن ފިރިހެނުންނާއި مؤمن އަންހެނުންނާއި ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނާއި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުންނާއި ބިރުވެތިވާ ފިރިހެނުންނާއި ބިރުވެތިވާ އަންހެނުންނާއި صدقات ދޭ ފިރިހެނުންނާއި صدقات ދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި އެއުރެންގެ فرج ތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކާތެރިކުރާ ފިރިހެނުންނާއި އެއުރެންގެ فرج ތައް ރައްކާތެރިކުރާ އަންހެނުންނާއި ގިނަގިނައިން الله ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި ذِكر ކުރާ އަންހެނުންނާއި އެ އެންމެންނަށްޓަކައި الله ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވި އެވެ.]

މި ދެންނެވި شرعى ދަލީލުތައް މިހާ صريح ކޮށް ހުރުމާ އެކު، މި މައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ، ދީނީގޮތުން ބަލާއިރު ހުއްދަވާނެ ކަމެއް ކަމަކަށް ނުފެނެ އެވެ. އެކިއެކި مقام ތަކާއި ވަޒީފާތައް ދިނުމުގައި ބަލަން ޖެހޭނީ، އެ ކަމަކަށް މީހާގެ ކުޅަދާނަކަމާއި قابل ކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެ މީހަކަށް ލިބިފައިވާ تعليم އާއި ތަޖުރިބާ އާއި އަދި އެ މީހާގެ تعليم އާއި ސުލޫކާއި، أخلاق ގެ މައްޗަށެވެ. އެހެންކަމުން، ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ مقام ތަކެއް حوال ކުރެވިފައި ނުވަނީ، އެ ޒަމާންތަކުގައި އަންހެނުންނާ މެދު އަޅާނުލެވި تعليم حاصل ކުރުމުގެ فرصة އެއް ވެސް ނުލިބި ދިޔުމުގެ ސަބަބުން مقام ތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭނެތީ އެވެ. އެއްވެސް حال އެއްގައި طبيعى ގޮތުން އަންހެނުންގައި ناقابل ކަމެއް ނުވަތަ އުނިސިފަތަކެއް ހުރެގެނެއް ނޫނެވެ.

ކުރީގެ علم ވެރިންގެ ތެރެއިން محمّد بن جرير الطبرى އާއި، ابن حزم އާއި الـحسن البصرى އާއި ابن القاسم ފަދަ ބޭފުޅުންނާއި އަދި މިޒަމާނުގެ علم ވެރިންގެ ތެރެއިން ޑޮކްޓަރ يوسف القرضاوى އާއި ޕްރޮފެސަރ عبد الكريـم زيدان އާއި ޑޮކްޓަރ مـحمّد سعيد رمضان البوطى އާއި ޑޮކްޓަރ سـمير عاليا އާއި ޑޮކްޓަރ عبد الـحليم أبو شقّة އާއި ޑޮކްޓަރ مـحمّد رأفت عثمان އާއި ޑޮކްޓަރ عبد الرحـمن إبراهيم الـحمسى ފަދަ ބޭފުޅުން إتّـفاق ވެ ވަޑައިގަންނަވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަމުގެ مقام ފުރުމަކަށް އިސްލާމްދީނުގައި އެއްވެސް ހުރަހެއް ނެތެވެ.

މި ގޮތުން، مصر، ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، ސޫދާން ފަދަ ވަރަށް ގިނަ އިސްލާމީ قوم ތަކުގައި މިހާރު ވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ކަމާއި މިހާރު މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރަކީ ވެސް އަންހެން ބޭފުޅެއްކަން މި فرصة ގައި ހަނދާންކޮށްލަން ޖެހެ އެވެ.

92 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިފަރު

10 March 2025

މައްސަލައަކީ އަންހެނުން ފަޑިޔާރުކަން ކުރުމެއްނޫން، އެފެންވަރަށް ތައުލީމު ލިބިފައިނެތްމީހުން މިޒަމާނުގައި ގިނަވީމަ، އެސައިންމެންޓް މީހުންލައްވައި ހައްދައިގެން ފާސްވެފައިތިބި ޕްލާސްޓިކް ޑިގްރީހޯލްޑަރުން ގިނަވީމަ، ގިނަމީހުންކަންކަމަށް ލޯހުޅުވިފައި ހުންނަނީ ހަމައެކަނި ޕްރައިމަރީ ރޯލަށް، ޓީޗަރުން ކޮންޓެންޓްއަށް، ފަޑިޔާރު ހަމައެކަނި އިސްލާމީސަރީއަތް، މިހެންގޮސް ކިޔާނެކަމެއްނެތް މަމިހިރީ ގޭގެ މައްސަލައިގާ އަންހެނަކު ކުރިހުކުމަކުން 10 އަހަރު ތާށިވެފަ

The name is already taken The name is available. Register?

މަކީންއަލީ

10 March 2025

އަރަބި އާޓިކަލްއެއް

The name is already taken The name is available. Register?

އާދަން ނަސީރު

10 March 2025

މިއީ ވަރަށް ޤައުމީ ލިޔުމެއް. އަދި ސަޅި ވީހީ ގުޅުވައިދޭ ބަސްތައްވެސް އަރަބި އަކުރުން ލިޔުނު ނަމަ.

The name is already taken The name is available. Register?

ރަހަފަތިގަނޑު

10 March 2025

ފާހަގަ ކުރެވުނު ކަމަކީ ބަގަރާ ސޫރަތުގެ 228 ވަނަ އާޔަތުގެ މާނަ ފަހު ބައިގައި “ފިރިހެނުންނަށް އެ ކަނބަލުންގެ މައްޗަށް ދަރަޖައެއް ލިބިގެންވެ އެވެ." މިގޮތަށް އޮތީމާ އެއިން ފިރިހެނުންނާ އަންހެނުން ހަމަހަމަ ނުވާކަން ސާފުނުވޭތޯ؟ މިގޮތަށް އޮއްވާ މި ލިޔުމުގެ ފަހަތުގައި އެބަބުނޭ އަންހެނުންނާ ފިރިހެނުން ހަމަހަމަ އޭ އެއީ ކިހިނެއް ވާކަމެއް ތޯ؟ އަންހެނުންނާ ފިރިހެނުން ހަމަހަމަ ނޫނޭ އަދި ހަމަހަމަ އޭ. އާޔަތުގެ މާނައޮތީ ހަމަހަމަ ނުވާ ގޮތަށް. ދެން ކިހިނެއް..؟

The name is already taken The name is available. Register?

ސުވާލެކޭ

10 March 2025

ސުވާލަކީ ގައިރު މުސްލިމު ގައުމުތަކުގަ އުޅޭ އިސްލާމެއްގެ މައްޗަށް އަންހެން ފަނޑިޔާރަކު ކުރާ ހުކުމަކަށް ނުވަތަ ދީނާ ފުށުއަރާ ހުކުމަކަށް ހުކުން ރައްދުވާ މީހާ އަމަލުކުރަންޖެހޭނެހޭ ނުވަތަ އޭނާއަކީ ކުއްވެރިއެއްކަމަށް ދެންތިބި މުސްލިމުން ގަބޫލުކުރަންޖެހޭނެހޭ؟

The name is already taken The name is available. Register?

ކޮމެންޓް

09 March 2025

މި ލިޔުމުގާ ފަށަމުންވެސް ބުނެފަ އިނީ ދީނީ ކަމަކާ މެދު ގޮތެއް ނިންމަން ބަލާއިރު ފުރަތަމަ ބަލަން ޖެހޭނީ ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތައް ކަމަށް. ސުންނަތަކީ ރަސޫލާ ކަން ކުރެއްވި ގޮތް. ވީމާ ރަސޫލާ އެއްވެސް އަންހެން ބޭފުޅެއް ގާސީ އަކަށް ނުވަތަ ވެރި އަކަށް ނުލުމުން މި ކަމުގަ ކަން ކުރަންވި ގޮތް އެއޮތީ އިނގެން. އިތުރު އެހެން ޒަމާނެއްގަ ކަން ކުރި ގޮތަށް ބަލާކަށް ނުޖެހޭ ވަރަށް ސާފު މައްސަލައެއް. އިތުރަށް ބަހުސްވެސް ނުކުރެވޭނެ މައްސަލައެއް.

The name is already taken The name is available. Register?

އަނާރާ

10 March 2025

ރަސޫލާގެ ޒަމާނުގައި އެކަލޭގެފާނު ސައިކަލު ވެސް ނުދުއްވާ. މިހާރު ދުއްވިގެން ނުވާނެ ތިބުނާގޮތުން ހަރާމް. މިކަމަށް ވެށ ބަހުސް ނުކުރެވޭނެ.

The name is already taken The name is available. Register?

ޒަރީރު

10 March 2025

އޯކޭ. ރަސޫލާ ދުވަހަކުވެސް ބޯވަ ފަރިއްނުކުޅުއްވާނަމަ އަހަރުމެންނަށް އެ ހަރާމް ވާނެތޯ؟ ނުވަތަ ކުއްޅަވަށް ފަރިއްނުކުޅުއްވާނަމަ އަހަރުމެންނަށް ކުއްޅަވަށް ހަރާމްވާނެތޯ؟

The name is already taken The name is available. Register?

ކޮޅުކެހި

09 March 2025

ޞަލަފު ޖަމާއަތަކީ , ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއް. އެމީހުން ދިވެހިންގެ ގިނަބަޔަކު ހަލާކުކޮށްފި.

The name is already taken The name is available. Register?

ޒަރީރު

10 March 2025

ސަލަފު ޖަމާއަތައް ވުރެ ބޮޑަށް ދީނުގެ މަދު ޢިލްމުކޮޅެއް ލިބިގެންވާ ޢަލީ ރަމީޒު ގެ ފިތުނަ މާބޮޑު

The name is already taken The name is available. Register?

ކޮސް

09 March 2025

ނޫނޭ . މައުމޫން ވިދާޅުވީ ހަމަ ރަނގަޅަށް. ސުވާލެއް ނެތް މިކަމުގަ.

The name is already taken The name is available. Register?

އަޒްހަރީ

09 March 2025

މިއާޓިކަލް އާ ދެ ކޮޅު ހަދާ "ޝެއިޚުން" ގޯހޭ ގޯހޭ ނުގޮވައި ޢިލްމީގޮތުން ނިކަން ރައްދު ދީބަލާށެވެ.

The name is already taken The name is available. Register?

ސުދީރު

10 March 2025

ތެދެއް ގުރުއާނާއި ރަސޫލާގެ ސުންނަތުގައިނެތް އަންހެނުންނަށް ގާޒީކަން ކުރެވޭނެ އެކޭވެސް ނުކުރެވޭނެ އެކޭވެސް، ހައްޖަތުލްވަދާއުގެ ހުތުބާގައި ރަސޫލާ ހަދީސް ކުރައްވާފައިވަނީ ތިޔަބައި ކީރިތި ގުރުއާނާއި ތިމަންކަލޭގެފާނު އުޅުއްވި ގޮތުގައިހިފާށޭ. ރަސޫލާގެ ގާޒީއަކަށް ވެސް އެހެން ވެރިކަމަކަށް ވެސް އަންހެން ބޭފުޅަކު އައްޔަން ނުކުރައްވާ. 4 ހަލީފާއިންވެސް އެކަން ނުކުރައްވާ. މިއަދަށްވުރެން މާބޮޑަށް ދީން އެނގިގެންތިބި އިލްމްވެރި އަންހެން ބޭފުޅުން ތިއްބެވި.

The name is already taken The name is available. Register?

ހިނޫ

09 March 2025

ވަރަށް ސާފު. ނުކުރުވޭނެ! މާތް ރަސޫލާ ޒަމާނުގަވެސް އެކަން އެގޮތަކަށްނޯވޭ. ރަނގަޅުގޮތަކީ ނުކުރުން. ދެން ކިޔާނެ އެއްޗެއްމަށަށް ކިޔާ! ހެޔޮ!

The name is already taken The name is available. Register?

ޒަރީރު

10 March 2025

ދަލީލުތަކާއެއްކޮށް ބީތާއަކައްވެސް ވިސްނޭނެވަރަށް މި އާޓިކަލްގަ ބުނެދީފަ އެއޯތީ. ގޮތްދޫނުކުރަން ހަރާމޭ ކިޔުމަކީ ސަވާބު ލިބޭނެ ކަމެއް ނޫން. ރައްދު ދޭނަމަ ޢިލްމީގޮތުން ރައްދެއް ދީ

The name is already taken The name is available. Register?

އިތުބާރު

10 March 2025

އެހެންވީމާ މިޒަމާނުގެ ފޯނާއި ލެޕްޓޮޕް ވާންވާނީ ތިޔަބުނާ ހެންވިއްޔާ ވިހަ ޒަހަރަކަށްތާ. މައުމޫނުމެން އިލްމު އުނގެނުނީ އުޅެމުންދާ ދުނިޔެއަށާ އަދި އުހްރަވީ ހަޔާތަށް ފައިދާ ކުރާނެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454