އިންޑިއާގެ ކޯސްޓްގާޑާއި ޑީއާރުއައި އިން ހިންގި އޮޕަރޭޝަނުގައި ޓަގު ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފައި.
09 މާޗް 2025 - 13:06
ރާއްޖެއަށް 30 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެ ތަކެތި އިންޑިއާއިން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
އެ ތަކެތީގެ މަގުމަތީ އަގަކީ 33 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) އެވެ.
އިންޑިއާގެ ކޯސްޓްގާޑާއި ޑީއާރުއައި އިން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި.
ރިޕޯޓުތައް ބުނާ ގޮތުގައި އެ އޮޕަރޭޝަނަކީ ޓުޓިކޮރިން އިން މާލެއަށް އަންނަން އޮތް ޓަގު ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައުލޫމާތު ލިބިގެން އެ ގައުމުގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެކެވެ. އެ ބޯޓު ހުއްޓުވީ ގަލްފް އޮފް މަންނާރު ސަރަހައްދުންނެވެ.
އިތުރު ތަހުގީގަށް ބޯޓު އަނބުރާ ޓުޓިކޮރިންގެ ބަނދަރަށް ގެންގޮސްފައިވާއިރު އެ މައްސަލާގައި އެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނީ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވެސް ޑީއާރުއައި އާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު ޑީއާރުއައި އިން އަތުލައިގެންފަ އެވެ. އެ ފަހަރު ވެސް ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުން ރާއްޖެއަށް ފުރަން އޮތް އެ ޔޮޓުން 12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
10 March 2025
"އެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނީ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްކަން ޔަޤީން ކޮށްދީފައެވެ." ހެހެހެ ރާޖޭގައި ޝައްކު ކުރެވެނީ މަސްތުވާ ތަކެތިކަމަށް. ޔަޤީނެއްނުވޭ
ނަސްރު45
10 March 2025
ހެޑްލައިން ކިޔާލުމުން ހީވީ މިރާއްޖެއިން ކޮށްގެން އުޅޭ ކަމެއްހެން. ތިޔަތަކެތި މިހިސާބަށް ފޯރި ނަމަ އެތެރެ ވީސް.
އިސްލާހު
09 March 2025
އިންޑިއާ އިން ރާއްޖެ އަންނަ ލަކުޑި ބޯޓުތައް ވަރަށް ރަނގަޅަށް މޮނިޓަ ކުރަންޖެހޭ..........؟؟؟؟!!!!
ޑރ ވާންޗޯ
09 March 2025
ހަމަޔަގީނުންވެސް ތިޔަތަކެތި މިރާއްޖެއަކުން އަތެއްނުވީސް، އެއީ ތިޔަކީ މިހާރު ގަބޫލުކުރެވޭގޮތުން ރާއްޖެއަށް ނޭގިއެތެރެވާ އެއްޗެއްނޫން. ފުލްސެކިއުރިޓީގަ ވަކިބައެއްގެ ޑިއުޓީގަ ކަސްޓަމުން ނެރެވޭތަކެތި.
ނަޖިސް
09 March 2025
އެ ޓަގްބޯޯޓަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ބޯޓެއް. އެބޯޓް ފުރީ އިންޑިއާގެ ސޫތުކުޅީ ބަނދަރުން. ދެން އާންމު ދިރިއުޅުމުގައި އިންޑިއާ އިންނޭ ލިޔުނީމާ އެބަހަކީ އިންޑިއާ ސަރުކާރެކޭ އެއްވެސް މީހަކު ނުބުނާނެ.
ކަޝިޝް
09 March 2025
"އިންޑިއާ އިން ރާއްޖެއަށް 30 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި" މިހެން ލިޔެފަ އޮތީމަ ހީވަނީ މިއީ އިންޑިޔާއިން ކުރި ކަމެކޭ. އާންމު ދިރިއުޅުމުގައި ވާހަކަ ދައްކާހެން ލިޔުނީމަ ކިޔާ ނުކިޔާއެއް ނޭނގޭނެ. ޚަބަރު ލިޔާއިރު މިކަހަލަ ކަންކަމަށް ވިސްނަން ޖެހޭނެ. *"ރާއްޖެއަށް 30 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅެނިކޮށް އިންޑިއާއިން އެތަކެތި އަތުލައިގެންފި".
ހސހސވ
09 March 2025
އޮއިލް އަތުލައިގަތަސް ކަމަކު ނުދާނެ. ގެންނަ މީހުން ކޮބާ
ހަމްދާ
09 March 2025
ގެންނަނީ މަތިން ގުޅިގެންނެވެ
އަފްރާސިޔާބު
09 March 2025
ގެންނަނީ ރޭވިގެން މަތިން ގުޅިގެންނޭ ބުނިނަމަ.